އެއްފަހަރު ބޮއެފައި އެއްލާނުލައި "ރީ-ފިލް" ކޮށްގެން ބޭނުން ކުރާ ފެންފުޅިއަކީވެސް ހަށިގަނޑަށް ނުރައްކާތެރި އެއްޗެއް ކަމަށް އެން.އައި.ޔޫ ލެގޯން މެޑިކަލް ސެންޓަރުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އެ ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި މައިކްރޯ ބައޮލޮޖިސްޓު ޑރ. ފިލިޕް ޓިއާނޯ ވިދާޅުވީ އެފަދަ ފެންފުޅިތަކުފައި އުފެދޭ ޖަރާސީމު އެންމެ ވައްތަރުވާނީ މޫދުގައި ހުންނަ ދާގަނޑު ފަދަ ތަކެތީގައި ގިނަ ދުވަސް ވުމުން ޖަހާ ބޮލި ޒާތުގެ އެއްޗިއްސާކަމަށެވެ. އަދި އެފަދަ ޖަރާސީމުގެ ސަަބަބުން އިންސާނާގެ ހަށިގަނޑަށް އެތައް ގެއްލުމެއް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ޖަރާސީމުގެ ޒަރިއްޔާއިން ފެންފުޅިތައް ރައްކާތެރިކުރުމަށް ކޮންމެ ދުވަހަކު އާދަވެގެން ފެންފުޅިތައް ހޫނުފެނުން ދޮތުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފެންފުޅިއަށް އަޅާ ފެން ބަދަލުނުކޮށް ބޭނުން ކުރާނަމަ އޭގައި ޖަރާސީމު އުފެދުމުގެ ފުރުސަތު ބޮޑުކަމަށް އެ ދިރާސާއިން ދައްކައެވެ.

ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ގޮތުގައި ގިނަ ދުވަހު ފެންފުޅި ނުދޮވެ ބޭނުން ކުރުމުގެ ސަބަބުން އެމީހުންގެ ފެންފުޅިތަކުގައި ކަޅު ކުލައިގެ ކުދިކުދި ސޫފިތަކެއް ފެނުނެވެ. އެ ސޫފިތަކުގެ ޒަރިއްޔާއިން ކުޑަކަމުދާ ނިޒާމުގައި އިންފެންޝަން އުފެދުމަށް މަގުފަހިވެއެވެ.

އެ ދިރާސާައި ބުނެފައި ވަނީ ފެންފުޅިއަށް ކިތަންމެ ތާޒާ ފެނެއް އެޅި ނަމަވެސް އޭގެ ތެރޭގައި ޖަރާސީމު އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ކަމުން އެންމެ ރައްކާތެރި ގޮތަކީ ކޮންމެ ފަހަރަކު "ރީފިލް" ކުރުމުގެ ކުރިން ތާފަނާ ފެންކޮޅަކުން ފެންފުޅި ދޮވެލުމެެވެ.