ރާއްޖޭގެ ފިޓްނެސް ދާއިރާ ކުރިއެރުވުމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ "ދުޅަހެޔޮކަމުގެ އެމްބެސެޑަރ" އަކަށް ބޮލީވުޑުގެ ސުޕަ ސްޓަރ އަދި ފިޓްނެސް ގުރޫ، ސުނިލް ޝެއްޓީ ހަމަޖައްސަވައިފިއެވެ.

ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ އެމްބެސެޑަރަކަށް ވުމަށް އެދި ސުނިލް ޝެއްޓީއަށް ހުށަހެޅުމުން އޭނާ އެ ދައުވަތު ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، "މިޝަން ފިޓް މޯލްޑިވްސް"ގެ ނަމުގައި ހަރަކާތެއް ބާއްވަން ސަރުކާރުން ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެ ހަރަކާތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފިޓްނެސްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ހަރަކާތެއް ކަމަށްވެސް ބުނެފައިވެއެވެ.

"ރާއްޖޭގެ ދުޅަހެޔޮކަމުގެ އެމްބެސެޑަރ ގެ ހައިސިއްޔަތުން، ސުނިލް ޝެއްޓީއާއި އޭނާގެ ޓީމު މަސައްކަތް ކުރާނީ ރާއްޖޭގެ ފިޓްނަސް ދާއިރާގެ ޕްރޮފެޝަނަލުންނާއެކު އަޅުގަނޑުމެންގެ ހަރަކާތުގައި ބައިވެރިވެ، ދުނިޔޭގެ އެންމެ ސިއްހަތު ރަނގަޅު ގައުމުތަކުގެ ތެރެއިން ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަމުން،" ޔޫތް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

"އެމްބެސެޑަރ އޮފް ފިޓްނެސް" ގެ މަގާމު ސުނިލް ޝެއްޓީއަށް ދީފައިވާއިރު، މީގެ ކުރިން މިނިސްޓަރ މަހުލޫފް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބޮލީވުޑްގެ ގިނަ ތަރިންތަކަކާ ވަނީ ބައްދަލުކުރައްވާފައެވެ. އޭގެ ތެރެއިން އެއް ތަރިއަކީ ސުނިލް ޝެއްޓީއެވެ. އަދި އެފަހަރު އޭނާ އާ ބައްދަލުކޮށް، ރާއްޖޭގެ ފިޓްނެސް ދާއިރާއަށް އޭނާގެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެމްބަސަޑަރުކަން ސުނިލްއަށް ލިބުމާ އެކު މަހުލޫފް ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ސުނިލް ޝެއްޓީވެސް ވަނީ ޓްވީޓެއް މެދުވެރިކޮށް ދިވެހި ސަރުކާރާއެކު ދިވެހިންނަށް ޚިދުމަތް ކުރުމަށް "މިޝަން ފިޓް މޯލްޑިވްސް" ގައި ބައިވެރިވުމުގެ ފުރުސަތަކީ ލިބުނު ޝަރަފެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހެހެހެ

    ބޭކާރު ސަރުކާރެއް.

    20
    1
  2. Anonymous

    މިއީ ލާދީނީ ސަރުކާރެކޭ އަހަރެމެން މިކިޔަނީ އެހެންވެގެން. މަހްލީފް ކަލެޔަކީ ތަންދޮރު ނުދަންނަ މހއް

    15
    1
  3. ޢަހުރނ

    ޜާއްޖޭގަ ފިޓުނަސް އިސްޓްރަކްޓަރުން ނެތީތަ.. ތިއަށްވުރެ ލޖ އަށް ދިނަސް މާ ރަނގަޅު.. ގައުމުގެ ރުފިޔާ ގައުމުގަ ހުނނާނެ ވިއްޔަ

    13
    2
  4. ވާނުވާ

    އަޅެފަހެ!!! ބޯ ހަލާކު ހުވާ!!??

    12
    1
  5. ހުސޭނުބޭ

    އާން........ ސުނިލްސެޓީ ނައިސްގެން އަހަރެމެން ދުޅަހެޔޮނުވެފައި މި ިތބީ! ދެން ބަލަންތިބޭ! ހުރިހައި އެންމެން އެއްފަހަރާ ދުޅަހެޔޮވާނެ! ދެތިކިޕީ!

    5
    1