ފުލުހެއްގެ ބޮލުގައި ހުރި އުކުނުތައް ހޮވާ ދޭން ރާމާ މަކުނެއް އޭނާގެ ކޮނޑު މައްޗަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯ އެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މިކަން ހިނގާދިޔައީ އިންޑިޔާގެ އުއްތަރް ޕްރަދޭޝްގެ ޕޮލިސް ސްޓޭޝަންގައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އިންޗާޖަކަށް ހުރި ފުލުސް މީހާގެ ކޮނޑު މައްޗަށް އެ ރާމާ މަކުނު އަރައި އިސްތަށިގަނޑު ހާވާތަން ފެނެއެވެ. އަދި ހާވާފައި އޭނާ އުކުނު ނަގައެވެ. މި ވީޑިއޯ މީސް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކަށް ވަނީ މަޖާ ކަމަކަށް މިކަން ވެފައެވެ.

އިންޑީއާގެ ނޫހެއް ކަމަށްވާ އޭއެންއައި އާއި ވާހަކަ ދައްކަމުން ފުލުސް މީހާ ބުނެފައިވަނީ، އެ މަކުނު އެތަނުން ފައްސާލަން އުޅުމުން ހަމަލާ ދީފައިވާ ކަމަށާއި އޭނާގެ އިނގިލީގައިވެސް ދަތް އަޅާފައިވާ ކަމަށެވެ.

އަދި އެ ވީޑިއޯ އިން ފެންނަ ގޮތުގައި މަކުނު ފުލުސް މީހާގެ އިސްތަށިގަނޑު ހާވަމުން ދިޔަ އިރުވެސް އޭނާ އިނީ މަކުނު އަށް އެކަން ކުރަން ފުރުސަތު ދީގެން އޭނާގެ މަސައްކަތުގައި ބުރަވެގެންނެވެ.

މަންޒަރު ފެނުނު ފަރާތުން ބެނެފައިވަނީ އެ މަކުނު ސްޓޭޝަނަށް ވަދެފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އެއްވެސް ގޮތަކަށް އެތަން ދޫކޮށް ދާ ގޮތަކަށް ނޫޅޭ ކަމަށެވެ. އެހެންވެ އެ ފުލުސް މީހާވެސް އޭތި އެތަނަށް ދޫކޮށްލައިގެން ހުރީ ކަމަށް މަންޒަރު ފެނުނު މީހަކު ބުންޏެވެ.

ބައެއް ފަރާތްތަކުން ވަނީ ދޮންކެޔޮވަކެއް ދީގެން އޭތި ހައްދާލަނިކޮށް މަކުނު ކޮނޑުން ފައިބައިގެން ހިނގައިދާނެ ކަމަށް ބުނެފައެވެ،

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާމު

    ބޯ ހޭވުމަކީ ރާމަމކުނުގެ ޠަބީޢަތުގައިވާކަމެއް! އެއީ އެސޮރުމެން އެސޮރުމެންގެ ދަރިންގެވެސް ބޮލާ ކެހެރި ހާވައިގެން ސޫފިތައްހޮވައިކާނެ!

    12
  2. ރައްޔިތުން

    ރާމާމަކުނު އޮޅުކޮށްގެން އެސޮރު ލައްވާ މަސައްކަތް ކުރުވާ ފުލުހުންގެ މީހެއް އެއީ ވީމާ އޭނާ ބުނާކަންކަން އަދި ނުބުނިކަމުގައި ރާމާމަކުނަށް ސާހިބު މީހާއަށް ކޮށްދޭން ޖެހޭނެ ކަމަށް އެ ސޮރަށް ފެންނަ ކަންކަން އެސޮރުކުރާނެ.