ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ޕްރިޔަންކާ ޗޯޕްރާއަކީ އޭނާގެ ހަންގަނޑަށް ވަރަށް ބޮޑަށް ސަމާލުންދޭ ތަރިއެކެވެ. އަދި އޭނާގެ ހަންގަނޑު އިރުގެ ނުރައްކަލުން ސަލާމަތް ކުރުމަށް ވަރަށް މަސައްކަތް ކުރެއެވެ. ހާއްސަކޮށް ޝޫޓިންގތަކުގައި ވަކިން ހަންގަނޑަށް ސަމާލުކަންދޭކަމަށް ވެއެވެ.

އެގޮތުން ޕްރިޔަންކާ ހަންގަނޑު ރައްކާތެރި ކުރުމަށް ކުރާ މަސައްކަތްކޮށްގެން ތިމާގެ ހަންގަނޑުވެސް ސަލާމަތް ކުރަމާ ހިނގާށެވެ.

https://www.instagram.com/p/BhJ5tyfAYeK/?utm_source=ig_embed&utm_campaign=embed_profile_upsell_control

އަޅާ ހެދުމާއެކު ތިމާ ރައްކާތެރިކުރެވޭ މިންވަރަށް ނިވާވޭތޯ ޔަގީންކުރަން ވާނެއެވެ. ވަކިން ހާއްސަކޮށް ފަޔާއި ކަރެވެ. އަދި މާބޮޑަށް ހޫނުގަދަ ނަމަ ކުޑައެއްގެ އެހީ ހޯދާށެވެ. އަދި އިރުގެ އަލިކަމުގެ ތެރޭގައި ވަގުތު ހޭދަކޮށްލަން ބޭނުންވާނަމަ އެންމެ ގިނަވެގެން ހޭދަކުރާނީ 15 މިނިޓެވެ.

https://www.instagram.com/p/BfY360Egv7i/?utm_source=ig_embed&utm_campaign=embed_profile_upsell_control

ބޭރަށް ނުކުމެ އުޅޭއިރު އަވި އައިނު ބޭނުން ކުރާށެވެ. އަވިއައިނަކީ ލޮލަށް ވަރަށް މުހިންމު އެއްޗެކެވެ. އަދި އަވިއައިނެއް ބޭނުންކުރާއިރު، މީގެ ލޯ ފޮރުވޭ އަދި އިރުގެ ހަކަތައިން ރައްކާތެރިވާފަދަ އައިނެއް ބޭނުން ކުރާށެވެ.

https://www.instagram.com/p/BWwvNjsAk-R/?utm_source=ig_embed&utm_campaign=embed_profile_upsell_control

ހޫނުގަަދަ ދުވަހެއް ނަމަ އެންމެ މުހިންމު އެއް ކަމަކީ އަބަދުވެސް ހައިޑްރޭޓްވެފައި ހުރުމެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 10 ތަށި ފެން ބުއިމަށް ހަނދުމަ ބަހައްޓާށެވެ. އެއިރުން ތިމާގެ ހަންގަނޑަށްވެސް ވަރަށް ބޮޑު އެހީއަކަށްވެގެންދާނެއެވެ.

https://www.instagram.com/p/BhJ5m3Ig2FT/?utm_source=ig_embed&utm_campaign=embed_profile_upsell_control

ހަންގަނޑަށް ބޭނުންވާ ކްރީމް ފަދަ ތަކެތި ހާކާއިރު، އެއީ އިރުގެ އަލީގެ ސަބަބުން ހަންގަނޑު އަދާ ކަހަލަ އެއްޗެެއްތޯ ބަލާށެވެ. އަދި ބޭރަށް ދާއިރު، ސަންކްރީމް ލޯޝަން ފަދަ ތަކެތި ހާކާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިމީ

    މޫނު ބުރުގާ އެޅީމަ ތިހުރިހާ ކަމެއްގެ ހައްލު ލިބުނީ..

    • ރޯނުއެދުރު

      ސޯ ޓްރޫ

  2. Anonymous

    މޫނު ބުރުގާ އެޅީމަ ތިހުރިހާ ކަމެއްގެ ހައްލު ލިބުނީ.. ހުރިހާކަމެއްގެ ހައްލު އިސްލާމްދީނުގަ