ރާއްޖޭގެ ރައްޔިތުންނަކީ "ހަށިހެޔޮ ދުޅަހެޔޮ" ބަޔަކށް ހެދުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ފިޓްނަސް އެމްބަސެޑަރަކަށް ބޮލީވުޑްގެ ތަރި އަދި ފިޓްނެސް ގުރޫ ސުނިލް ޝެޓީ ހަމަޖެއްސުމުން، ރާއްޖޭގައި "ފިޓް ފާޒިލް"ގެ ނަމުން މަޝްހޫރު ފިޓްނެސްގެ ދާއިރާގައި ގިނަ ބަޔަކު ދަންނަ ފާޒިލް އިސްމާއިލް ނުރުހުން ފާޅުކޮށްފިއެވެ.

އެކަން ފާހަގަކޮށް ފާޒިލް ވަނީ ރާއްޖޭގައި އެމަގާށް ޝަރުތުހަމަވާ މީހުން ނެތްތޯ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފާއި ސުވާލު ކޮށްފައެވެ. އަދި ސުނިލް ޝެޓީފަދަ ބޭރުގެ ފަރާތެއް އެފަދަ މަގާމަކަށް އައްޔަން ކުރުމަކީ "ފިޓްނެސް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންގެ މޫނުގައި "އެތިފަހަރެއް އަޅާލުން" ފަދަ ކަމެއް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

ނުރުހުންވުމާއެކު ފާޒިލް ކުރި ޕޯސްޓުގައި އޭނާ ބުނެފައިވަނީ، ރާއްޖޭގެ ފިޓްނެސް ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުގެ އަގު ސަރުކާރުން އަދާކުރަން ޖެހޭނެ ކަމަށާއި އަދި އެމީހުން ކުރަމުންދާ ބުރަ މަސައްކަތަށް އިހުތިރާމްކޮށް ބަލައިގަންނަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނެފައި ވަނީ ސުނިލް ޝެޓީ އެފަދަ މަގާމަކަށް އައްޔަން ކުރުމަކީ ރާއްޖޭގެ ފިޓްނެސް ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދެވޭނެ ވަރަށް ދެރަ ހަބަރެއް ކަމަށެވެ.

ފާޒިލް ފޭސްބުކުަގައި ކޮށްފައިވާ ޕޯސްޓުގެ ސްކްރީން ޝޮޓެއް

މިނިސްޓަރ މަހުލޫފް ފިޓްނެސް އެމްބަސެޑަރަކަށް ސުނިލް ޝެޓީ އައްޔަން ކޮށްފައި ވަނީ އިންޑިއާގެ ބޮލީވުޑުގެ އެތައް ތަރިންނަކާ ބައްދަލުކުރުމަށް ކުރެއްވި ދަތުރަށް ފަހު މިއަދުގެ ވަގުތެއްގައެވެ. ސުނިލް ޝެޓީ އެމަގާމަށް އައްޔަން ކުރުމަށް ދިން ދައުވަތު އޭނާ ވަނީ އުފަލާ އެކު ބަލައިގެންފައެވެ. އަދި ރާއްޖެ ފަދަ ގައުމެއްގައި އެފަދަ ހިދުމަތެއް ފޯރުކޯށްދިނުމަށް ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށް ސުނިލް ޝެޓީ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އެލެކްސަ

    ހަހަހަ މި ދެން ހިތުން މި ގައުމުގަ ހުރި އެންމެ ފިޓް މީހާ. ކުޑަ ކުޑަ މަދިރިއެއް

    74
    105
    • ސަކްލެއް

      މީ ދިވެހިންނަށް މަލާމާތް ކުރާ ސަރުކާރެއް. މިސަރުކާރު ނިސްބަތްވަނީ އިންޑިއާގެ ރައްޔިތުންގެ މައްޗަށް. މިއީ އެއްގޮތަކަށްވެސް ދިވެހި ރައްޔިތަކަށް ރަނގަޅުގޮތް ވުމަށް އެދޭ ސަރުކާރެއްނޫން. ވަރަށްގިނަ ސަބަބުތައް ފެނިގެން ހިނގައްޖެ. ތިމާމެންގެ ތެރެއިން ކަންކަމަށް ރަނގަޅު މީހުން ދާއިރާތަކަށް އައްޔަން ކުރުމުގެ ބަދަލުގައި އިންޑިއާއިން މީހުންގެނަސްގެން ބޮޑެތި ޚަރަދުތައް މިކުރަނީ އެހާވަރަށް އެމީހުންގެ ދަށުވެވިފައިވާތީ. ގިނަ ވަޒީފާތައް އުފައްދާ އިންޑިއާ މީހުންނަށް ވަޒީފާދީ.!!.

      4
      1
  2. އުަސދ

    މިސާލަކަށް ބަލަމާ ހިނގާ ފަޒީލަށް މިކަން ހަވާލުކޮށްގެންތޯ ރާއްޖެއަށް ބޮޑަށް ފައިދާކުރާނީ .
    މިކަހަލަ ކަމެއް ކުރާއިރު އެކުރަނީ ވަރަށް ގިނަ ގޮތް ގޮތަށް ބަލާފައި.

    93
    26
  3. ސަމޭދާން

    ބޭތުލްމާލަށް ހަމަލާގެ އެތަށް އެތިފަހަރެއްދީ މުޅި މާލުވަނީ އިންދިރާސްކޮށްލާފާ. މީ ހިތާލޮލާބޮލާ ފަޅައިންދާވަރު ކަންކަން.

    22
    8
  4. ހަސަން

    ކަލޯ ! ޑަންބެލްގަ ހިފަން ފިޓްވިއަކަސް އަދި ފިޓްވީއެއްނޫން. މީހާ މެންޓަލީ ވެސް ފިޓްވާން އެބަ ޖެހޭ. އެފަދަ ކަމަކަށް އަދި ކުފޫ ހަމަނުވާކަން ތިދައްކުވައިދިނީ. ތިކުދިން ނެރެގެން އެކަން ކޮށްގެން ވާފައިދާ އަށްވުރެން ދުނިޔޭގެ އެތަންމިތަނުން މީހުން ދަންނަ މީހަކު ލައިގެން ކުރުމުން އެބަލާނެ މީހުން މާގިނަ ވާނެ. އެހެން ނޫނަސް ތިޖިމްގައި ދުވާލަކު 20 ވަރަކަށް މީހުން ހެންޑްލް ނުކުރެވޭ އަދި. އެފެންވަރަށް ދެވޭތޯ މަސައްކަތް ކުރަންވީ ބޮޑާ ކަމާއި ބޮޑުކަން ދޫކޮށްލާފައި.

    51
    15
  5. ޥިޔާނުދާ އެލަކްސަ

    ޢޭބަލަ މީހުން ކުރުވީމާ ތިޔަ މަލާމާތް ކުރަނީ މަގޭ ކައިރީ އައިސް މަޑުކޮށްލަބަލަ މަގޭ ހުރޭ 6 ފޫޓު 3 އިންޗި ކަލޯ އަށް އަމިއްލަ އިހުސާސް ކުރެވޭނެ މަދިރިއެއްހެން،

    16
    21
    • އެލެކްސަސް

      ގައިގަ 6 ފޫޓު އަނގައިގަ 20 ފޫޓު ދީ

      14
      2
  6. ާއަހަރެން

    ޢަމިއްލަ އެދުން ބޮޑުވީ ދޯ.. މީ މަށަކު ދަންނަ ފާޒިލެއް ނޫން ގާމު ، މިސޮރު އަޅޭ ހިލޭތަ މީހުނަށް ކަސްރަތު ކޮއްދެނީ

    38
    5
  7. ނޫރާ

    މިއުޅެނީ ފަހުތަޅާލުންގަނޑަށް ދާންތަ؟؟؟

    ސާބަހޭ... މީދެން ކާކުތަ؟؟ ހިހިހި

    32
    7
  8. ޙދދ

    ފިޓް ފާޒިލް... ޖޭ ވީ ތޯއްޗޭ

    34
    10
  9. މަހުލޯ

    ނުރުހުން ފާޅުކުރަންޖެހޭ، މިމީހުން ދެކޭގޮތުގައި ދިވެހީންނަކީ އެއްވެސް ބައެއްނޫން ހަމަ އެކަނި މިމީހުންނަށް ވޯޓް ދޭން ތިބޭބައެއް ދިވެހިންނަކީ

    22
    11
  10. މޫސާ ނަސީރު / ގއ.މާމެންދޫ

    ފާޒިލް އެވެ.. މަހުލޫފު އެވެ. ތި ދެމީހުންނަކީ އާޢިލީ ގޮތުން ވަރަށް ތިމާގެ ދެމީހުންނެވެ. ދެމީހުންގެ "މަންމަ" ކައިރިން އަހާ އޮޅުން ފިލުވާށެވެ. ދެމީހުންގެވެސް މައި ފުށުގެ ޢާއިލާ އަކީ ގއ.މާމެންދޫ ޢާއިލާއެކެވެ. އަރައިރުން ނުވާށެވެ. ރަޙީމުގެ ގުޅުން ދަމަހައްޓާަށެވެ.

    17
    7
  11. ސުނިލް ޝެޓީ

    ފާޒިލްމެންނަށް ނުވެގެން އަހަރުމެން މި ގައުމަށް މި އަންނަން ޖެހުނީ

    19
    1
  12. މަހެބުރާނޗު

    އެމްބަސަޑަރަކު އައްޔަންކުރިއަސް ހިންދޫކަރައަށް.. ދިވެހިން ހޭލާކަށް ނުވޭތޯއެވެ

    3
    3
  13. މުސްލިމް

    މަހުލޫފް އަކީ ވަރައް ބޮޑާ މީހެއްހެން ހީވަނީ މަށައް ވެސް މޮޅުކަމެއް ކޮއްލެވުނުކަން ދައްކާލުމުގެ ގޮތުން ކޮއްލިކަމަކައްވާނީ

    3
    2
  14. ހެލޯ

    ތިވާހަކަ ދޯ. ދެންމިތާގަ ކިޔަވާނެ ފެންވަރު ނެތިގެން ްް އިންޑި އާ އަށް ކިޔަވަންދާން ހަމަ އޯކޭ ދޯ

    2
    1