ރޫހާނީ ކަމެއްގެ ސަބަބުން ދުއްވަމުން ދިޔަ ކާރެއްގެ ކޮނެޓްރޯލް ގެއްލި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.
ބޭރުގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބްރާޑްލޭ ޑިޔުކް ނަމަކަށް ކިޔާ އެ ފިރިހެން ކުއްޖާ އިން ކަމަށް ވަނީ ދުއްވާފައި ދިޔަ ކާރުގެ ފަހަތު ޝީޓުގައެވެ. އޭރު އޭނާގެ މަންމަ މިސްރާބު ޖަހައިފައި ވަނީ ސުކޫލާއި ދިމާލަށެވެ. އެ ހާދިސާ ހިނގާފައި ވަނީ ހަމަ ކުއްލިޔަކަށް ދުއްވަމުން ދިޔަ ބީއެމްޑަބްލިއު ކާރުގެ ކޮންޓްރޯލުން ނައްޓާލައިގެން ގޮސް މަގުގެ އެއްފަރާތުގައި ޖެހިގެން ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
އޭނާ ،މަންމަ ބުނެފައިވާ ގޮތުގައި ކާރު ދުއްވަމުން ދިޔައީ ފުދޭވަރަކަށް މަޑުންނެވެ. އެހެން ނަމަވެސް ކޮންޓްރޯލުން ނެއްޓިގެން ދިޔައީ ކުއްލިޔަކަށް ކަމަށާއި އަދި އެމީހުން ކާރު ދުއްވި މަގަކީ މީގެ ކުރިންވެސް ބިރުވެރި ހާދިސާތަކެއް ހިނގައިފައިވާ މަގެއް ކަމުން، ބޮޑަށް ބެލެވޭ ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވީ ރޫހާނީ ކަމެއްގެ ސަބަބުންނެވެ. ފުލުހުން ދަނީ އިތުރައް އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އެއީ ޖިންނިއެއް ކާރު ކޮންޓްރޯލް ކުރަމުން ދިއުމުން ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.
އެ އެކްސިޑެންޓުގައި އަނިޔާ ވެފައި ވަނީ ބްރާޑްލޭގެ ބޮލުގެ ކަށިގަނޑަށް ކަމަށާއި އޭނާ މަރުން ސަލާމަތް ކުރެވުނީ ހަމަ ކިރިޔާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެެވެ. ކާރުގޮސް މަގުގެ އެއްފަރާތުގައި ޖެހުމާއެކު އޭނާގެ 40 އަހަރުގެ މަންމަ ކާރުން ބޭރަށް ވެއްޓިފައިވާކަމަށާއި އޭނާ ހޭވެރިކަން ވިއިރު އަންހެނެއްގެ އަޑު ކަންފަތަށް އިވެމުން ދިޔަކަމަށް އޭނާ ވަނީ ބުނެފައެވެ. އޭގެ ފަހުން އެތަނަށް އެއާ އެމްބިޔުލާންސެއް އައިސް އެމިހުންނަށް ވަނީ ފަރުވާ ދީފައެެވެ.
އެ އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހުންގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިހާތަނަށް ރޫހާނީ ކަންކަމުގެ ސަބަބުން އެތަކެއް އެކްސިޑެންޓުތަކެއް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައެވެ. އެ އެކްސިޑެންޓުތަކުގައި ކަމަކާ ނުލައި ކާރު އެއްލައިގެން ދިއުމާއި، ކާރުގެ ކޮންޓްރޯލް ނެއްޓިގެން ދިޔުމާއި، ދުއްވާފައިދާ ކާރުގައި ތިބޭ މީހުންނަށް ވާނުވާ ނޭންގި ތަންތަނުގައި ޖެހި އެކްސިޑެންޓުވުންފަދަ ހާދިސާތައް ވަނީ ހިނގައިފައެވެ.
އެއީ ވެސް އުޅޭ އެއްޗެއް އިންސާނުންގެ ތެރޭ ރަނގަޅު މީހުންނާ އި ނުބައި މީހުން އުޅޭ ގޮތަށް އެވެރިންގެ ތެރޭގައިވެސް އުޅޭ އިބުން ތައިމިއްޔާގެ ފޮތްތައް ކިޔާލަބަލަ
ކޮންޓްރޯލުން ނައްޓުވާނެ ކާރު ގިނަވާނެ ކަމުގެ އިންޒާރެއް ވަކުތުން ދީފި. ޖިންނި ގަބޫލު ކުރަންތަ