ލޭގެ ކެންސަރާއި ހަނގުރާމަ ކުރަމުންދިޔަ އުމުރުން 14 އަހަރުގައި ހއ. ބާރަށަށް އުފަން ރާސިހު މުހައްމަދު ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައި ވަނީ އިންޑިއާގެ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލްގައި އެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ރާސިހުއަށް ލޭގެ ކެންސަރު ޖެހިފައި ހުރިކަން އެނގުނީ، ރަށު ސިއްހީ މަރުކަޒަށް ދެއްކުމަށްފަހު، ލޭގެ ޓެސްޓު ހަދާ، ކެންސަރު ހުރިކަން އެނގުމުން، އިތުރު ފަރުވާ ހޯދުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ދެއްކުމުންނެވެ.

އޭގެ ފަހުން އޭނާއަށް ދިޔައީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ރާސިހު ނިޔާވުމުގެ ހިތާމައިގައި "ވަގުތު" އިން ބައިވެރިވެއެވެ. "ވަގުތު" މުވައްޒަފުންނާއި ކިޔުންތެރިންގެ ދުއާ އަކީ ރާސިހުއަށް ހެޔޮ ރަހުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވައި، އާއިލާ އަށް ކެތްތެރިކަން ދެއްވުމެވެ. އާމީން...

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޟ

    އާމީން

    71
    1
  2. ކައުންސެލަރު

    އާމީން.

    51
  3. ވަހީދުބެ

    އާމީން

    46
  4. Anonymous

    ޢަާމީން

    32
    1
  5. ގައުމު

    ރާސިހު އަށް ސުވަރުގޭގެ ދާއިމީ ނިޔުމަތް ލެއްވުން އެދި ދުވާ ދަންނަވަން.އަދި އާއިލާޔަ މި ހިތާމަ ވެރިވަގުތު ކެއްތެރިކަން ލެއްވުން އެދި ދުވާ ކުރަން.

    59
  6. ސިރާޖް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    29
  7. ރަހްމަތްތެރިޔާ

    މި އާއިލާގެ އެންމެންނަށް ކެތްތެރިކަން ދެއްވާދޭވޭ.. މަރުހޫމަށް ސުވަރުގެ ދެއްވާ ފާފަފުއްސަވާއިދެއްވާދޭވެ....ރަށުގެ އެންމެހާ ރަތްޔިތުން މިއާއިލާއަށް ދިމާވެފައިވާ ބޮޑެތި ކަންތައްތަކުގައި ފިސާރި ރަގަޅަށް އެހީތެރިކަން ދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާތީ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރުދައްނަވަމެވެ. ކުރިއަށް އޮތްތާގައިވެސް މިފަދަ ކަންތައްތަކުގައި ރަށުގެ ރައްޔިތުންގެ ލޯތްބާއި އެހީތެރިކަން ލިބޭނެކަން ޔަގީނެވެ. އިންޝާﷲ

  8. ޖާޒީރާ ބޯއީ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ. އަހަރުމެން ދިވެހިންނަށް ދިމާވާ މިފަދަ ބޮޑެތި ސިއްހީ މައްސަލަތަކުގައި މިއަށްވުރެ ހަރުދަނާކަމާއެކު ސިއްހީ ކަންކަމަށް ފަރުވާހޯދޭނެ ނިޒާމެއް ސަރުކާރަށް ގާއިމް ކޮށްދެވޭނެ. މިފަދަކަމެއްގައި އުޅެފައިވާ ބަޔަކަށްނޫނީ މިހާރު މިއޮންނަ ނިޒާމުގެ ދޯހަޅިކަމާއި ނުކުޅެދުންތެރިކަމާއި އިންސާފުންއެއްކިބާވެފައިވާ މިންވަރު އެގޭނީ. ނަންކިޔާ ބޮޑެއް ވެއްޖެއްޔާ އާސަންދައިން ނުވާކަންކަން އެންސްޕާގެ ދަށުން ކޮށްލާނެ އެވަރު ނުވީއްޔާ ސިންގަޕޫރުންވެސް ކޮށްލާނެ. ނިކަމެތި ރައްޔިރުމީހާ ޖެހޭނީ ސަލާންޖަހާގެން ފޯމުސެޓު ފުރުނިއްޔާ ސަރުކާރު އެހީގައި އިންޑިޔާގެ ކޮންމެވެސް އަވައްގަނޑަކަށްދާން. މިނާއިންސާފު ކަންޑުވާލާނެ ވެރިޔަކު އަދި ނުފެނޭ.