އިންޑިއާގެ އިޑުއްކީ ރަޖަމަލާ މަގުގައި ރޭގަނޑުގެ ވަގުތެއްގައި ދުއްވާފައި ދިޔަ ޖިޕަކުން ވެއްޓުނު ކުއްޖަ ސަލާމަތް ކުރަން ޖަންގަލި ބަލަހައްޓާ އޮފިޝަލުން ދެކޮޅު ހެދީ، އެއީ ޖިންނިއެއްކަމަށް ހީކޮށް ކަމަށް އިންޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

މިދިޔަ މަސް ތެރޭގައި، މި ހާދިސާ ހިނގާދިޔައިރު، މި ހާދިސާގެ ވީޑިއޯ މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ މަގުމައްޗަށް ވެއްޓިފައި ވަނީ، މަންމަގެ އުގުގައި އޮއްވާއެެވެ.

ކުރިން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ކުއްޖާ ސަލާމަތްކޮށްފައި ވަނީ، ޖަންގަލި ބަލަހައްޓާ އޮފިޝަލުން ކަމަށެވެ. ނަމަވެސް ފަހުން މީސް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯއިން އެނގުނުގޮތުގައި، އެ ކުއްޖާ ސަލާމަތް ކުރަން ޖަންގަލި ބަލަހައްޓާ އޮފިޝަލުން ތިބީ ބިރުންނެވެ. އެއީ އެ ކުއްޖާއަކީ ޖިންނިއެއް ކަމަށް ވެދާނެތީއެވެ.

އެ ކުއްޖާ އެ ޖިޕުން ވެއްޓުމާއެކު މަގުމަތީގައި ފިރުކެމުންދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި އެ ކުއްޖާ ސަލާމަތް ކުރަން ގޮސްފައި ވަނީ މަގުމަތިން ދުއްވާފައި ދިޔަ އޮޓޯ ޑްރައިވަރެކެވެ. އެ ކުއްޖާ ސަލާމަތް މަގުމަތިން ނަގާފައި ވަނީ އެ ޑްރައިވަރެވެ. އެ ކުއްޖާ ނެގުމަށްފަހު، އޭނާ ވަނީ އެ ކުއްޖާ ޖަންގަލި ބަލަހައްޓާ އޮފިޝަލުންނާއި ހަވާލުކޮށްފައެެވެ.

އެ ވީޑިއޯ ކުރިން ނެރުނީ، ޖަންގަލި ބަލަހައްޓާ އޮފިޝަލުންނެވެ. އެ އޮފިޝަލުން އެ ވީޑިއޯ ނެރެފައި ވަނީ ބައި ބައި ކަނޑާލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ީިިުހހއޖޖައއ

    ޙުސު ފެެކު

    5
    3
  2. ޖިންނި

    ޖިންނިއެއްވީމަ ކީއްވެތަ ސަލާމަތްނުކުރަނީ.. އެކަމް އަހަރެމެން އެތަކެއް އިންސީންނެއް ސަލާމަތްކޮއްދެން.. ތީ ވަރަށް އަމިއްލަ އެދުން ބޮޑުބައެއް..

    21
    2