ސިންގަލްކޮށް ނުވަތަ ލޯބީގެ ގޮތުންވެސް އަދި ކައިވެނީގެ ގޮތުންވެސް މީހަކާއި ނުުގުޅި އުޅޭ މީހުން މި ޒަމާނުގައި މަދުވާނެއެވެ. ބައެއް މީހުންގެ ނަޒަރުގައި ސިންގަލްކޮށް ހުރުމަކީ ނުކުޅެދިންތެރިކަމެކެވެ. ނަމަވެސް ފަހުގެ ހޯދުން ތަކުން ދައްކާ ގޮތުގައި ސިންގަލް ކޮށް ހުރުމަކީ އެކަމުން އެތަކެއް ފައިދާއެއް ވާކަމެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ސިންގަލްކޮށް ހުންނަ މީހުން އާއިލާއާއި އޮންނަ ގުޅުން ވަރުގަދަ ވުމެވެ.

އެމެރިކާގެ ޔުނިވާސިޓީއެއްގެ ސައިކޮލޮޖިސްޓުން ކުރި ދިރާސާއެއްގައި ވާ ގޮތުން ސިންގަލް މީހުން އެމީހުންގެ އާއިލާއާއި އޮންނަ ގުޅުން ވަރުގަދަ ވަނީ ސިންގަލްކޮށް ހުންނަ އިރު އާއިލާއަށް ދޭ ވަގުތު އިތުރުވުމުންނެވެ. އެކަމުގެ ސަބަބުން އާއިލީ ގުޅުން ވަރުގަދަ ވާކަމަށްވެސް އެ ދިރާސާއިން ދައްކައެވެ.

ދުނިޔޭގެ މަޝްހޫރު ސައިކޮލޮޖިސްޓެއް ކަމަށްވާ އެރިކް ކްލިނެންންބާޖް ބުނެފައިވާ ގޮތުގައި ސިންގަލް ކޮށް ހުރުމަކީ އެކަމުގެފައި އެތަކެއް ފައިދާއެއް އެކުލެވިގެންވާ ކަމެކެވެ، އެގޮތުން އޭނާވެސް ފާހަގަ ކުރާ އެންމެ ބޮޑު ފައިދާއަކީ އާއިލީ ގުޅުން ވަރުގަދަ ވުމެވެ.

މީގެ އިތުރުން ސިންގަލްކޮށް ތިބޭ މީހުން ދިރިއުޅުމުގައި މާ ކާމިޔާބުކަމަށްވެސް އޭނާ ބުނެފައިވެއެވެ. ސަބަބެއް ކަމުގައި އޭނާ ބުނެފައިވަނީ ސިންގަލް ކޮށް ހުރުމުގެ ސަބަބުން ތިމާގެ ނިންމުންތަކަށް ބާރު ފޯރުވޭނެ ދެވަނަ ފަރާތެއެް ނުހުރުމުގެ އިތުރަށް އެހެން މީހުންނަށް ތިމާ ދޭން ޖެހޭ ވަގުތު މަދުވުމެވެ. މިކަމުގެ ސަބަބުން ތިމާއަށް ތިމާކުރާ މަސައްކަތަށް އިތުރު ވަގުތު ދެވޭނެ ކަމަށްވެސް އެރިކް ބުނެއެވެ. އަދި ސިންގަލްކޮށް ހުރުމަކީ ޑިޕްރެޝަން ފަދަ ކަންކަމުން ދުރުކޮށްދޭ ކަމެއް ކަމަށްވެސް އެރިކް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެރީ

    އެހެންވެ ދޯ އަޒޭ އާއި ޖުމާ ވެސް އެހާ ހަމަޖެހިފަ އުފަލުގަ އުޅެނީ

  2. ޒީ

    ކޮމެންޓް ކުރަންވެސް ލަދުގަނޭ! ތިމީހުން ލިޔާ އެއްޗެހި މީހަކު ލައްވާ ކުއްފިލުވައިގެން އާއްމު ކުރަން ވެއްޖެއްނު! އެއްމެ ލިއުމެއްވެސް ނެތޭ ދިވެހި ބަހަށް ފެތޭ ހިތައްއަރާ ތިމީހުން ކޮންރަށެއްގެ ބަހަކުން ބާވައޭ މި ލިއުން ތަކާއި ޚަބަރުތަށް ލިޔަނީ ތަންކޮޅެއް ފަރުވާ ބަހަޓަން ވެއްޖެ ކަންނޭގެ!!!!