ދަރިމައިވުން ހުއްތުޓުވުމަށް ދޭތެރެދުރުކުރާ ބޭސްކަމޭ ބުނެ އޮޅުވާލުމުން އަނބި މީހާ ވަރި ކުރުމަށް ފިރިހެނަކު ނިންމައިފިއެވެ.

މި މައްސަލަ އަކީ ކޮން ގައުމެއްގެ ކޮން ބައެއްގެ ދެމެދުގައި ޖެހިފައި ވާ މައްސަލައެއް ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވިނަމަވެސް މީޑިއާތަކުގެ ނަޒަރު ވަނީ މި މައްސަލަ އަށް ހުއްޓިފައެވެ. އޭނާގެ އަނބިމީހާ ބަނޑުބޮޑުވިކަން އެނގުނު ހިސާބުން ފެށިގެން ދަރި ވައްޓާލުމަށް އަންހެން މީހަގެ ކިބައިން އެދެމުން ދާކަމަށާއި އޭނާ އެކަން ކުރުމަށް ނުރުހިއްޖެ ނަމަ ވަރިކުރުމަށް ނިންމައިފައިވާ ކަމަށް އޭނާ ބުނާ ކަމަށް ޚަބަރުތައް ބުނެއެވެ.

31 އަހަރުގެ އެ ފިރިހެން މީހާ މީގެ ކުރިން ވެސް ވަނީ ދަރިޔަކު ބޭނުން ނުވާކަމަށް އެތައް ފަހަރެއްގެ މަތިން އޭނާގެ އަންހެނުން ކައިރީ ބުނެފައި ކަމަށާއި އެހެން ނަމަވެސް ދަރިއަކު ހޯދުމަށް އަންހެން މީހާ ބޭނުންވާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

"މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަހަރެންގެ އަންހެނުން ވަނީ ދޭތެރެ ދުރުކުރާ ބޭސް ކެއުން ހުއްޓާލައިފައި. އޭނާ އަދި ވެސް ބޭނުންވަނީ ދަރިޔަކު ހޯދަން. އެކަމާ އަހަރެން ވަރަށް ދެކޮޅު. އޭނާ އަދިވެސް ބޭނުން ދަރި އެކަމު އަހަރެން މީގެ ކުރިން ހީކޮށްގެން ހުރީ އޭނަޔަކީވެސް އަހަރެންހެންނަކީވެސް ދަރިޔަކު ބޭނުން ނުވާ މީހެއް ކަމަށް" އޭނާ ބުނެފައިވެއެވެ.

އޭނާ މިހެން ބުނެ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓަށް ވަނީ ގިނަ އަދަދަކަށް ކޮމެންޓު ލިބިފައެވެ. ކޮމެންޓު ކޮށްފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ބުނެފައި ވަނީ އޭނާ ދަރިޔަކު ބޭނުން ނޫންނަމަ އަނބިމީހާ ވަރިކުރުން ބުއްދިވެރި ކަމަށާއި އެކަން ކުރަން ހައްގު ކަމަށެވެ. އޭގެ ތެރެއިން އެކަކު ބުނެފައި ވަނީ އެފަދަ ކަމެއް އޮޅުވާލުމުން ސާބިތުވަނީ އޭނާގެ އަންހެނުންނަކީ ބޭވަފާތެރިއެއް ކަމަށް ކަމަށެވެ. އަދި ދަރިޔަކު ހޯދުމަކީ އެދެމީހުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމެއް ކަމަށާއި އެފަދަ ކަމެއް އޮޅުވާލައިގެން ނުވާނޭ ކަަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު