ކޮންމެ މަންމަ އަކާއި ބައްޕަ އަކީ ވެސް އެމީހުންގެ ދަރިފުޅަށް މީހެއްގެ ފަރާތުން ގޯނާ އެއް ކުރިމަތިވެއްޖެ ނަމަ އެކަމެއް ކުރި މީހަކަށް ބޮޑު އަދަބެއް ދޭން ބޭނުންވާނެ މީހެކެވެ.

ވޮލްޓާ ރޮޑްރިގޭޒް އަކީ އާޖެންޓީނާ މީހެކެވެ. އޭނާ އަކީ ވެސް އޭނާގެ 11 އަހަރުގެ އަންހެން ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ. ވޮލްޓާގެ އަންހެން ދަރިފުޅު އެއްދުވަހަކު ބުނީ މީހަކު ވަޓްސް އެޕް މެދުވެރިކޮށް މެސެޖްތަކެއް ކުރާ ކަމަށެވެ.

އެމެސެޖްތަކުގައި ޖިންސީ ކަންތައްތަކަކަށް ހިތްވަރުދޭ ފޮޓޯތަކާއި ވާހަކަތައް ހުއްޓެވެ. އެހެންކަމުން ނަމްބަރު ބްލޮކް ކޮށްލައިގެން މައްސަލަ ނިންމާލާކަށް ވޮލްޓާ ބޭނުމެއް ނުވިއެވެ. ވޮލްޓާ އޭނާގެ ދަރިފުޅަށް ވެގެން މެސެޖް ފޮނުވާ މީހާ އާއި ވާހަކަދެއްކިއެވެ.

އެވާހަކަތަކުން އޭނާގެ ނަމާއި އުމުރު ވެސް ހޯދިއެވެ. އެއީ 29 އަހަރުގެ ފިރިހެނެކެވެ. ވާހަކަދެއްކުން ކުރިއަށް ގެންދަން ފެށުމުން ބައްދަލު ވުމަށް އިސްވެ ދައުވަތު ދިނީ މެސެޖް ކުރާ ޒުވާނާ އެވެ. އޭނާގެ ދައުވަތު އަންހެން ދަރިފުޅަށް ވެގެން ހުރެ ވޮލްޓާ ގަބޫލު ކުރިއެވެ.

ބައްދަލު ކުރަން އޭނާ ބޭނުންވީ ވޮލްޓާގެ ގެއަށް އަންނާށެވެ. ވޮލްޓާ އަށް ރަނގަޅީ އެގޮތެވެ. އެހެންކަމުން ގޭގެ އެޑްރެސް އޭނާ އަށް ދީގެން ވޮލްޓާ އިނީ ތައްޔާރުވެގެންނެވެ. ހަމަޖެހިފައި އޮތް ގަޑިއަށް އޭނާ ގެއަށް އައެވެ. ގެއަށް އައިސް ދޮރު ހުޅުވާލުމާއި އެކު ފުރަތަމަ ހަމަލާ އޭނާގެ މޫނަށް އެރިއެވެ.

ވޮލްޓާ ވަނީ އޭނާގެ ދަރިފުޅަށް މެސެޖް ކުރި މީހާގެ އަނގަމައްޗާއި ނޭފަތް ފަޅާލާފައެވެ. އަދި އޭނާ ފުލުހުންނާއި ހަވާލު ކޮށްފައެވެ.

ފުލުހުން މިހާރު ގެންދަނީ އަންހެން ކުއްޖާ އަށް މެސެޖް ކުރި މީހާގެ މައްޗަށް ދައުވާ ކުރަން ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިސްދޫ މީހާ

    ގަދާ??

    38
    1
  2. ށަހިންޑާ

    ރާއްޖޭގަނަމަ ހައްޔަރުކުރާނީ ބައްޕަ. އޭނަގައިގަ ޖެހީމަ އެއީ ޓެރަރިޒަމޭ ކިޔާފަ.

    37
    2
  3. އިއްސެ

    ޔަގީން ކުއްވެރި ކުރާނީވެސް ދަރިފުޅާއި ބައްޕަ.ޒުވާނާދާނީހެވިފަ އެއީ އޭނަގެ ހައްޤޭ ބުނެ..

    17
    2
  4. މަޒް

    ދިވެހިރައްޖެ ނަމަ ވޮލްޓާ އާއި ވޮލްޓާގެ ދަރިފުޅު ހައްޔަރުކޮއް އެމީހުންގެ މައްޗައް ދައުވާކުރާނެ. އަދި މައުސޫމު މީހަކަށް އޮޅުވާލައިގެން އޭނާ ގެއަށް ގެނެސް ދިން ހަމަލާގައި ދެމީހުންގެ މައްޗައް 5 އަހަރުގެ ހުކުމެއް އަންނާނެ.. މީވާ ގައުމެއް..

    17
  5. ީކިމާން

    ގަދަ ????