އިންޑިއާގެ އުއްތަރް ޕްރަދޭޝް ގައި ވިހައިގެން މާ ގިނައިރު ތަކެއް ނުވަނީސް މަރުވެފައިވާ ތުއްތު ކުއްޖަކު ވަޅުލާން ކުއްޖާގެ ބައްޕަ ކޮނުނު ވަޅަކުން ދިރިހުރި ކުއްޖަކު ފެނިއްޖެއެވެ.

މަރުވެފައިވާ އެތުއްތު ކުއްޖާ އަކީ ވިހަން ކަނޑައަޅާފައިވާ ދުވަހުގެ ކުރިން ވިހެފައިވާ ކުއްޖެއް ކަމަށް އެކުއްޖާގެ ބައްޕަ ބުންޏެވެ.

އެކުއްޖާގެ ބައްޕަ ބުނެފައިވަނީ ދިރިހުރި ކުއްޖާ ފެނިފައިވަނީ 3 ފޫޓަށްވެސް ވަޅު ނުކޮނެވެނީސް ކަމަށެވެ. އަދި ކުއްޖާ އެވަޅުގަނޑުގައި އޮންނަތާ ކިހާ އިރެއްވޭތުވެގެން ދިޔަކަމެއް ނޭނގެއެވެ. އެހެން ނަމަވެސް ދިރި ހުރީކަމަށް އޭނާ ޝުކުރުއަދާ ކުރައެވެ. އެކުއްޖާ ވަޅުލާފައި އޮތީ ފޮއްޓަކަށް ލާފައެވެ.

އެކުއްޖާ ނަގައިގެން އޭނާ ވަނީ އޭނާގެ އަންހެނުން އެޑްމިޓް ކޮށްފައިވާ ޕްރައިވެޓް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މިހާރު ކުއްޖާއަށް ދޭންޖެހޭ ހުރިހާ އެހީއެއް ދެމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާގެ އަންހެނުންނަކީ ފުލުހެކެވެ. އޭނާ ވަނީ އެމައްސަލަ ފުލުހަށް ހުށަހަޅާފައެވެ. އަދި އޭނާގެ ފިރިމީހާގެ ބަޔާނެއްވެސް މިހާރު ވަނީ ނަގާފައެވެ. ކަމާބެހޭ ފަރާތްތަކުން ކުއްޖާއާއި ހަވާލު ވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފުލުހުން މިހާރު އަންނަނީ ކުއްޖާ ލާފައި އޮތް ފޮށި އެއީ ކޮންތަނަކުން ކާކު ގަނެފަ އޮތް އެއްޗެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކުއްޖާގެ މަންމަ ހޯދުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މިހާރު ދަނީ ކުރެވެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަަަަަާހަނާ

    ދެން އެމީހުނައް ތި ކުއްޖާ ދޭންވީނު..

    28
  2. ކަޑަ

    އިންޑިއާ މީހުން ދައްކާ ވާހަކަ ގަބޫލުކުރެވޭތަ. ތީހަމަ ސީދަ ރޭވުމެއް. ސުޕޯޓް މިނިސްޓަރު މަހޭ ޤަބޫލުކޮށްފާނެ ފަހަރެއްގައި.

    8
    1