އާފަލަކީ ދުނިޔޭގެ ހުރިހާ ހިސާބެއްްގައިވެސް ވަރަށް އާންމު އެއްޗެކެވެ. އާފަލަކީ ފައިދާއިން ފުރިގެންވާ މޭވާއެކެވެ. އެގޮތުން ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި އާފަލުގެ ތޮށި ކެއުމަކީ ހުޅުހުޅުގައި ރިއްސުމުން ދުރުކޮށްދޭކަމެކެވެ.

ގިނަ މީހުންނަކީ ހުޅުހުޅުގައި ރިއްސުމުގެ މައްސަލަތަށް ކުރިމަތިވެފައިވާ މީހުންނެވެ. އެހެންކަމުން އެފަދަ މީހުން އާފަލުގެ ތޮށި ގިނައިން ކެއުމަކީ އެދެވިގެންވާ ކަމެކެވެ. އެއީ އާފަލުގެ ތޮށީގައި އެކުލެވޭ ވިޓަމިން ސީ އަދި ވިޓަމިން އީ އާއި އެނޫންވެސް ވިޓަމިން އަދި މިނަރަލްސްގެ މާއްދާތަކުން ހުޅު ހުޅުގައި ރިއްސުމަށް ލުޔެއް ގެނެސްދީ ކަށިތަށް ވަރުގަދަކޮށްދޭތީއެވެ. އަދި ކަށި ފީމުން ފަދަ ކަންމުން ދޮރުކޮށްދެއެވެ.

ހުޅުހުޅުގައި ގަދައަށް ރިއްސާނަމަ އާފަލުގެ ތޮށިން ފަނި ގިރުމަށް ފަހު އެ ބުއިމުންވެސް ވަރަށް ފަސޭހައިން ތަދު ރަނގަޅުވެއެވެ. އެގޮތުން މި ބުއިން ތައްޔާރުކުރުމަށް ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ 3 އާފަލުގެ ތޮށި ކޮށުމަށް ފަހު ރަގަނޅަށް މުގުރާނީއެވެ. އެއަށް ފަހު ކުޑަކޮށް ހުނުކޮށްލުމަށް ފަހު އެއަށް ކުކުޅު ބިހަކާއި ކުޑަ ފެންފޮޮދެއް އަޅައި ކުޑަކޮށް އެއްކޮށްލާނީއެވެ. މިގޮތަށް ބުއިމެއް ތައްޔާރުކޮށް ދުވާލަކު ދެއިރު ބުއިމުން ވަރަށް ފަސޭހައިން ހުޅުހުޅުގެ ރިހުން ފަސޭހަވެއެވެ.

އާފަލުގެ ތޮށްޓަކީ ހަޖަމުކުރުމަށްވެސް އެހީވެދޭ އެއްޗެކެވެ. އެގޮތުން އާފަލުގެ ތޮށީގެ ސަބަބުން ބަނޑު ހަރުވުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު