އަހަރެންނަކީ ރާއްޖެތެރޭ ރަށަކަށް އުފަން އާދައިގެ އާއިލާއެއްގެ ދެވަނަ އަންހެން ދަރިއެވެ. އަހަރެންގެ ބައްޕައަކީ މަސްވެރިއެކެވެ. ބައްޕަ މަސްވެރިކަން ކޮށްގެން ލިބޭ ކުޑަކުޑަ ފައިސާކޮޅުން އަހަރެންގެ އާއިލާގެ ހުރިހާކަމެއް މެދުމިންވަރެއްގައި ކުރެވެއެވެ. އަހަރެންގެ މަންމައާ ބައްޕަގެ އެންމެ ބޮޑު އެއް އުއްމީދަކީ އަހަރެމެން ކިޔަވާ މޮޅެތި ކުދިންނަށްވުމެވެ.

ރަށު ސްކޫލްގައި ހޭދަކުރި 7 އަހަރު ކިޔެވުމުގައި އަހަރެންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ޓީޗަރުންގެ ފަރާތުން އެންމެ ފުރިހަމައަށް އެއްބާރުލުން ނުލިބުމާއި، ޓީޗަރެއްގެ އާޢިލާ ކުއްޖެއް ނުވަތަ ދަރިއެއް ކްލާހުގައި ކިޔަވަމުންދާނަމަ، ޓީޗަރުންގެ ފުރިހަމަ އެއްބާރުލުން އަދި ހުރިހާ ސަމާލުކަމެއް އެދަރިވަރުންނަށް އުގަންނައި ދިނުމުގައި އުޅޭތަން ފެނި އަހަރެންގެ ކިޔެވުމަށް އެކަމުން އަސަރުކުރަން ފެށިއެވެ. މެދުމިންވަރެއްގެ ނަތީޖާއެއް ލިބި ކްލާސް ބަދަލުވީކަމުގައިވީނަމަވެސް އެނަތީޖާއާމެދު އަހަރެން ހިންހަމަ ނުޖެހެން ފެށިއެވެ. ރިޕޯޓްދޭ ދުވަހު ނަތީޖާއާމެދު ހިންހަމަ ނުޖެހިގެން ދެރަވެ އެކަހެރިކަން އިޙްސާސް ކުރެވެއެވެ. މިހުރިހާކަމެއް މައިންބައިންނާ ހިއްސާ ކުރެވުނެވެ. އެކަމަކު މައިންބައިންނަށް މިކަމުގައި ކޮށްދެވޭނެ ކަމެއް ނެތެވެ. މިއީ ރަށު ސްކޫލްގައި މަސައްކަތް ކުރާ ޓީޗަރުން ފެށުނީއްސުރެ ކިޔަވައިދެމުން އަންނަ ގޮތެވެ.

ނަތީޖާއެއްގެ ގޮތުން އަހަރެންގެ ކިޔެވުން ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް ބަދަލުކުރެވުނެވެ. އޭރު އަހަރެންގެ އުމުރުން 13 އަހަރެވެ. އަހަރެންގެ ބައްޕަ ފަރާތު ބޮޑުދައިތަ އޭނާގެ ދަރިންނަށް ކިޔަވައި ދިނުމަށްޓަކައި އަތޮޅު ވެރިކަން ކުރާ ރަށުގައި ގެއެއް ކުއްޔައް ހިފައިގެން ދިރިއުޅެމުންދާތީވެ، އަހަރެން ދިރިއުޅެމުން ދިޔައީ އެގޭގައެވެ. ކުދިން ބަހައްޓާ އުސޫލުން ކޮންމެ މަހަކު އެގެއަށް ބައްޕަ ފައިސާ ދެއެވެ. އެގޭގައި ބޮޑުދައިތަގެ ދެ ފިރިހެން ދަރިންނާއި ދެ އަންހެން ދަރިން ދިރިއުޅެމުންދިޔައެވެ. އެކުދިންވެސް ކިޔަވަމުން ދިޔައީ އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

އަތޮޅު ތަޢުލީމީ މަރުކަޒައް ބަދަލުވިފަހުން އަހަރެންގެ ކިޔެވުން ވަރަށް ރަނގަޅުވާން ފެށިއެވެ. ޓީޗަރުންގެ ފަރާތުން އަހަރެންކިޔެވުމުގައި އެންމެ ފުރިހަމައަށް އެއްބާރުލުން ލިބެމުން ދިޔައެވެ. އަހަރެންގެ އެންމެ ބޮޑު އުންމީދަކަށްވީ އަހަރެންގެ ތަޢުލީމީ ހަޔާތް އެހެން ކުދިންގެ ތަޢުލީމީ ހަޔާތާއި އެއްގޮތައް އުޖާލާވެ، މަންމައާ ބައްޕަ ފަހުރުވެރިވާނެފަދަ ނަތީޖާއެއް ގެނައުމެވެ.

އެހެންނަމަވެސް އަހަރެން ކުރަމުންދިޔަ އުންމީދުގެ ހުރަހަކަށް އަހަރެންގެ ދެބެންގެ ދެދަރި ބޭބެ ވިއެވެ. އާދައިގެމަތީން އަހަރެންގެ ފިލާވަޅުތައް ހެދުމަށްޓަކައި އިންޓަރނެޓްއިން އެއްޗެއް ހޯދަމުން ދަނިކޮށް ދެބެންގެ ދެދަރި ބޭބެ ކޮމްޕިއުޓަރކައިރިއަށް ގުދުވެލާގައި ގޫގްލް ހުޅުވުމަށް ބުންޏެވެ. ގޫގުލް ހުޅުވުމުން "ފަށްކާ އެއްޗެއް ޖަހައިދެންހޭ ކިޔާފައި އޭގައި ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ ބަހެއް ޖެހުމަށް ފަހު ސަރޗްކުރިއެވެ. ކޮމްޕިއުޓަރުން ފެންނަން ފެށި މަންޒަރުތަކުން އަހަރެންގެ ދެފައި ތުރުތުރުލާ ގައިން ބާރުދޫވެ މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. އަހަރެން ވަގުތުން އެތަނުން ދުރަށް ދިޔައީމެވެ. އެވަގުތުން ފެށިގެން އަހަރެންނަށް ބުނަން ނޭގޭފަދަ ބިރުވެރިކަމެއްގެ އިޙްސާސް ކުރެވުނެވެ. އަހަރެންގެ އެއްބަނޑު އެއްބަފާ އެއްވެސް މީހެއް ނެތްތަނެއްގައި އަދި މައިންބަފައިންނާ ދުރުގައި އަހަރެން ދިރިއުޅެމުންދާ އެއީ ފުރަތަމަ ފަހަރެވެ. ކައިރީގައި މިފަދަ ވާހަކައެއް ޙިއްސާ ކޮށްލާނެ މީހެއްވެސް ނެތެވެ. އެކަނިވެރިކަން އިޙްސާސް ކުރެވުނުވަރުން ރޮވެން ފެށިއެވެ. އަހަރެންނަށް އެފަދަ މަންޒަރެއް ފެނުނީތީވެ އެމަށް ތަޢުބާވެ ﷲ ގެ ހަޜްރަތުގައި އެދުވަހު ދުޢާ ދެއްނެވުނު އަދަދައް ނޭގެއެވެ.

އަނެއް ދުވަހަކީ އަހަރެންގެ ޓެސްޓެއް އޮންނަ ދުވަހަކަށް ވާތީވެ، ފަތިހު ހޭލައިގެން ފޮތްކިޔުމުގެ ނިޔަތުގައި އެހެންދުވަސްތަކަށް ވުރެ އަވަހަށް ނިދަން އޮތީމެވެ. ނިދިފައި އިރުކޮޅެއް ނުވެ އަހަރެންގެ ބުރަކަށިން ފެށިގެން ގައިގެ ލަދުވެތި ގުނަވަންތަކުގައި އެހެން މީހެއްގެ އަތް ހިނގާ ކަމުގެ އިޙްސާސްވެގެން ހޭލެވުނެވެ. ހޭލެވުމާއިއެކު ގުޑިލަންވެސް ނުކެރި 4 ވަރަކަށް މިނިޓް އޮތީމެވެ. ބިރުން މީހާ ތުރުތުރު އަޅަން ފެށިއެވެ. ގަނެފައި ހުރި ބިރު ކަރުނައިގެ ސިފައިގައި ދެލޮލުން ފައިބަން ފެށިއެވެ. ހިތްވަރުކޮށްފައި ކުއްލިއަކަށް ތެދުވީމެވެ. ތެދުވިއިރު ކައިރީގައި އިށިއިނދެގެން އިނީ އަހަރެންގެ ދެބެންގެ ދެދަރި ބޭބެއެވެ. އަހަރެން ބަލާލުމުން އޭނާ އެތަނުން ދުރަށް ދިޔައެވެ. އަހަރެން އަނެއްކާވެސް ނިދޭތޯ މަސައްކަތް ކުރީމެވެ.

ލޯމެރޭއިރަށް ބުރަކަށީގައި މީހަކު އަތްލާހެން ހީވާން ފެށިއެވެ. ނިދަން އުދަގޫވިއެވެ. ނުނިދި އެރޭގެ ފަތިސްނަމާދުވަންދެން އަހަރެން ހޭދަކުރީ އެފަދަ ހާލެއްގައެވެ. ފަތިސް ނަމާދުކޮށްގެން ފޮތްކިޔަން އޮއްވައި އަހަރެންނަށް ކުޑައިރުކޮޅަކު ނިދުނެވެ. ނިދިފައި މާގިނައިރެއް ނުވެ އަހަރެން ނިދަން ލައިގެން އޮތް ހެނދުން މީހަކު ހިއްލާހެން ހީވެގެން ހޭލެވުނެވެ. ކައިރީގައި އަހަރެންގެ ހަށިގަނޑަށް ބަލަހައްޓައިގެން އިނީ ދެބެންގެ ދެދަރި ބޭބެއެވެ. ވަގުތުން އަހަރެން ހެދުމުން ގައި ފޮރުވާލީމެވެ. ގަތް ބިރުން ރޮވެން ފެށިއެވެ. އަދި ހިތައް ނޭގޭފަދަ ލަދުވެތިކަމެއް ވަނެވެ. އޭނާ ފެންނަ ހިސާބުގައި ހުންނަން ބިރުގަންނަން ފެށިއެވެ. ވަގުތުން މަންމަ އަށް ގުޅީމެވެ. މިފަދަ ކަމެއް ހިނގިވާހަކަ ކިޔާދިނުމުން މަންމަ ހަމަ އެދުވަހުން އެދުވަހަށް އަހަރެން އެގެއިން ބަދަލުކުރިއެވެ. ގެ ބަދަލުކުރަން ޖެހުނު ސަބަބު ބޮޑުދައިތަ އަދި ބޮޑުދައިތަގެ ފިރިމީހާއަށް އަހަރެންގެ މަންމަ ވަރަށް ސާފުކޮށް ކިޔައިދިނެވެ. އެހެންނަމަވެސް އެމީހުން ބޭނުންވީ އަހަރެން އެގެގައި ބަހައްޓާށެވެ. އަދި މިވާހަކަ ރަށުތެރޭގައި ނުދެއްކުމަށާއި، އަހަރެންގެ ކިޔެވުގެ ހުރިހާ ޚަރަދެއް ކޮށްގެން ބަލައިދޭނެކަމަށް ޝަރުތުކުރިއެވެ. ވާނީވެސް އެހެންތާއެވެ. އެމީހުންނަކީ ކުއްތައް ކުރަމުން އެކުއްތައް ފޮރުވައިގެން ތިބި ރަށުގައި ގަދަރުހިފޭ އާއިލާއެކެވެ.

އަހަރެމެންނަކީ މެދުމިންވަރެއްގެ އާއިލާއެއްކަމުގައި ވީނަމަވެސް އަހަރެންގެ މަންމަ އެމީހުންގެ ޝަރުތައް އެއްބަހެއް ނުވިއެވެ. ކިޔަވައިދިނުމުގެ ޚަރަދުގެ ނަމުގައި އަހަރެންގެ އަބުރާއިއްޒަތައް އެމީހުން އަގު ކީއިރު އެމީހުންގެ ހިތުގައި އިންސާނިއްޔަތުކަމުގެ އެއްވެސް ކުލުނެއް ނެތެވެ. އަހަރެން އެގޭގައި ކިޔަވަން ހުންނަންވީ ކީއްކުރަންހެއްޔެވެ. އެމީހުން ބޭނުންވަނީ އަހަރެން އެގޭގައި ބަހައްޓައިގެން އެމީހުންގެ ދަރިފުޅު ލައްވާ އެމުޑުދާރު ޢަމަލު ހިންގުވަން ބާއެވެ. ކޮންކަހަލަ އިންސާނުންތަކެއް ހެއްޔެވެ. އާއިލާގެ ނަމަށް ހުތުރެއް ލިބިދާނެތީވެ ދަރިފުޅު ކުރި ހަޑިމުޑުދާރު ޢަމަލު ފޮރުވުމަށްވެސް އަގުކިޔަންވެސް ލަދެއްނުގަތެވެ.

އަހަރެންގެ މަންމަ ހީކުރީ ގެ ބަދަލުކުރުމުން އަހަރެންނަށް އެކަމުން ސަލާމަތް ވެވޭނެކަމަށެވެ. ނަމަވެސް ކަންތައްވީ އެއާ ޚިލާފަށެވެ. ސްކޫލަށް ދާ ކޮންމެ ދުވަހަކު އަހަންނަށް އޭނާ ފެނެއެވެ. އޭނާގެ މޫނުމަތިން ކަމެއްވީކަންވެސް ނުދައްކާ ހުންނަނީ ވަރަށް ހަމަޖެހިގެންނެވެ. އޭނާ ފެންނަ ކޮނެމް ފަހަރަކު އަހަރެން ބިރުން ތުރު އަޅައެވެ. ސްކޫލްގައި އިންނަން ބޭނުންނުއެވެ. ކިޔެވުމަށް ދެވުނު ސަމާލު ކަން ގެއްލެން ފެށިއެވެ. ކޮންމެ ރެއެއްގެ ނިދިން އަހަރެން މަޙްރޫމްވިއެވެ. ނިދަން އޮންނަ އިރަށް އޭނާގެ މުޑުދާރު ދެއަތުން އަހަރެންގެ ހަށިގަނޑުއަތްލިގޮތް ހަދާންވެ ބިރުގަންނެ މީހާ ތުރުތުރުލާ، ރޮވެ ރޭގަނޑުއެއްކޮށް ހޭދަކުރަންޖެހުނެވެ. މިކަމުގެ ނަތީޖާ ވަރަށް ހިއްޗެވެ. ނިދި ހަމަނުވެ އަހަރެންގެ ކިޔެވުމަށް އެކަމުގެ އަސަރުކޮސް ދުވަހެއް ދުވަހަކަށް ކިޔެވުން ދަށަށް ދިޔައެވެ. އަހަރެންގެ ތަޢުލީމީ ޙަޔާތުގައި ކުރި އުންމީދު ފުޑުފުޑުވެގެން ދިޔައެވެ. އަހަރެންނަށް ލިބުނު ނަތީޖާއަކީ އަހަރެން ހީކުރި ވަރުގެ ނަތީޖާއެއް ނޫނެވެ. އަހަރެންގެ ބައްޕަ ދުވާލުދާ ހަތަރުދަމު އަވީގައި ނުވަތަ ވާރޭގައި ހުރެގެން ކުރިމަސައްކަތުން އަހަރެންނަށް ކިޔަވައިދިނުމަށްވި ޤުރުބާނީގެ އަގު އަހަންނަށް އަދައެއް ނުކޮށްދެވުނެވެ.

މިހާރު އަހަރެންގެ އުމުރުން 23 އަހަރެވެ. އަހަރެން ޒަވާޖީ ޙަޔާތެއް ފަށައިފީމެވެ. މިބިރުވެރިކަމުން އަދިވެސް އަހަރެން ސަލާމަތެއް ނުވެއެވެ. އަހަރެންނަށް އަދިވެސް ނިދަން އުދަގޫވެއެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން އާއިލާއާ ދުރުގައި ހޭދަކުރަންޖެހުނު އިރު އަހަންނަށް ހިމާޔަތް ދޭންހުރި ބޭބެ އެއްމެ ދުވަހަކުން އަހަރެންގެ ތަޢުލީމީ ހަޔާތް ފުޑުފުޑުކޮށްލީއެވެ. އަހަރެން ސަރުކާރުގެ އޮފީހެއްގައި ވަޒީފާ އަދާކުރަން ފެށިތާ މާގިނަ ދުވަހެއް ނުވެއެވެ. އަހަންނަށް ނިދަން އުދަގޫވެ، ވަޒީފާއަދާކުރަން ހުރަހަކަށްވެ މިއަދު އަހަރެން މިހުރީ ވަޒީފާއިން ކެނޑިގެން ގޭގައެވެ.

އޭނާގެ މައިންބަފައިން މިކަން ސިއްރިކުރުމަށް އެއްބާރުލުންދިނުމުގެ ނަތީޖާ ވަރަށް ހިތްޗެވެ. އޭނާގެ ހަޑިމުޑުދާރު ޢަމަލު ހުއްޓައެއްނުލައެވެ. އަހަރެންފަދަ އެތައް ކުދިންނަކަށް އޭނާ ދަނީ ޖިންސީ ގޯނާކުރަމުންނެވެ. އޭނާއަކީ ބ. ގޮއިދޫ ސްކޫލްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ. ވޭތުވެދިޔަ އަހަރުވެސް ޓިއުޝަން ނަގައިދޭން ގެއަށް ގެންގޮސް އޭނާ ވަނީ އެތައް ކުދިންނަކަށް ޖިންސީ ގޯނާކޮށްފައެވެ. އަންހެން ކުދިންތަކެއްގެ އަބުރާ އިތްޒަތް ނަގާލަމުންދާއިރު، އެކަން ސިއްރުކުރަން އެއްބާރުލުންދޭއިރު އެމީހުންގެ ހިތުގައި އިންސާނިއްޔަތުކަމެއް ނެތީބާއެވެ. އަހަރެންގެ ދުޢާއަކީ މިހަޑިމުޑުދާރު ޢަމަލުކުރަމުންދާ މީހާގެ ފަރާތުން އަހަރެންފަދަ އަންހެމްކުދިން ސަލާމަތް ކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ައީފަ

    ތިވަރު މީހެއްގެ ވަނަވަރު ސިއްރުކުރާނެ ކަމެއްނެތް. ހިތްވަރާއި އެކު ކެރިގެން ކަމާބެހޭ ފަރާތަށް ރިޕޯޓްކުރޭ...ސިއްރުކުރުން އެއީ އެމީހުނަށް ދެވޭ ހިތްވަރެއް

    90
    1
  2. ދިދަ ދަނޑި

    މިއޮތީ މަބުނާ ވާހަކަ.. ފަލަ ސުރުހީގަ އަބަދުވެސް އޮންނާނީ ރާއްހެތެރެއިން މާލެ އައިސް ކިޔަވަން ތިބޭ ކުދިންނަށް މިވަނި ކަމެއްކުރޭ އެވަނި ކަމެއްކުރޭ... މިއޮތީ އެބުނާ ރާއްޖެތެރޭ މީހުންގެ ފެންވަރު.. ހުރިހާ ތަނެއްގަވެސް ގޯސް މީހުނާއި ރަނގަޅު މީހުން އުޅޭނެ...

    37
    35
  3. ކަމަނަ

    ހާދަ ނުލަފަޔޭ ދޯ. ދެރަވެއްޖެ.

    56
    1
  4. ބުނަން

    ރަނގަޅު ވާހަކަ އަކަށް ވެދާނެ ކަންނޭގެ.
    އެކަމަކު މިފަހަރުގެ ރޫހަކީ ބަދަލު ހިފުން. މައެހާ ލައިކެއްނޫން.

    10
    23
  5. ދުނިޔެ

    ދެން ތިބި ކުދިންތައް ސަލާމަތް ކުރުމަކީ މުހިންމު ކަމެއް.

    30
    1