ކިމްބާލީ ނޮއެލް ކާޑަޝިއަން ވެސްޓު ނުވަތަ އާއްމު ނަމުން ނަމަ ކިމް ކާޑަޝިއަން މާ ބޮޑަށް "ސެކްސީ" ވާން ބޭނުން ނުވާ ކަމަށް އޭނާގެ ފިރިމީހާ ކަންޔޭ ވެސްޓު ބުނެފިއެވެ.

"ކީޕިންގް އަޕް ވިތް ދަ ކާޑަޝިއަން" ޝޯގައި ވާހަކަ ދައްކަމުން މި ހަފްތާގެ އާދިއްތަ ދުވަހު ކަންޔޭ ބުނެފައި ވަނީ އޭނާގެ އަންހެނުން މާ ސެކްސީކޮށް އަދި ގަޔަށް ބާރުކޮށް ހެދުން އަޅާތީ އޭނާގެ ހިތަށް ވަރަށް ތަދުވާ ކަމަށެވެ.

މި އަހަރުގެ މެޓް ގަލާ އަށް ކާޑަޝިއަން އެތައް މަހެއް ކުރިން ހެދުމެއް ތައްޔާރު ކޮށްގެން އެ ލާން އުޅެނިކޮށް ކަންޔޭ ބުނެފައި ވަނީ އެ ހެދުން ހީވަނީ ޖަންގިޔަލެއް ހެން ކަމަށެވެ. އަދި ކިމް އެ ހެދުން ލާން ހިތްހަމަނުޖެހޭ ކަމަށްވެސް ކަންޔޭ ވަނީ ބުނެފައެވެ.

" މިހާރު އަހަރެންގެ އަންހެނުންނާއި ކަސްބީ އަންހެނުންނާއި މެދު ތަފާތެއް ނެތް ކަންނޭގެ އަސްލު. އެމީހުންވެސް ހެދުން އަޅަނީ ތަންތަން ހާމައަށް ފެންނަހެން މީހުންނަށް ދައްކަން. އަސްލު ވަރަށް ހިތަށް ތަދުވޭ ފިރިއަކާއި ބައްޕައެއްގެ ހައިސިއްޔަތުން. ކިމް އެ ޝޯ އަށް ލީ ކޯސެޓަކީ ފާޑެއްގެ ޖަންގިޔަލެއް. އެ ރީތިވެގެން އުޅެނީ ކާކަށް؟" ކިމް ސުވާލު ކޮށްފައި ވެއެވެ.

މިއާއި އެކު ޝޯގެ ތެރެއިން ކިމް ވަނީ ކަންޔޭ އަށް ރައްދު ދީފައެވެ. ކިމް ބުނެފައި ވަނީ އޭނާ މިހާރު އެ ހުރި ފަދަ ކާމިޔާބު އަދި ކެރޭ މީހަކަށް ހަދައިދިނީވެސް ކަންޔޭ ކަމަށާއި ދެން މިހާރު އެފަދަ ވާހަކަތައް ނުދެއްކުމަށެވެ.