ކޮރެއާގެ މަޝްހޫރު ތަރި ޗޮއި ޖިން-ރި އާއްމުން ކިޔާ ނަމުން ނަމަ ސުލީ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ކޮރެއާގެ މަޝްހޫރު އަންހެން އެންޓަޓެއިންމެންޓް ގްރޫޕެއް ކަމަށްވާ އެފްއެކްސް އިން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދުމަށްފަހު، އެ ގުރޫޕުން ވަކިވެ، އަމިއްލައަށް އެންޓަޓެއިންމެންޓް ދާއިރާގައި ފިޔަޖަހަމުން އައި ސުލީ މަރުވެފައި އޮއްވާ ފެނިފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ، ސުލީގެ ހަށިގަނޑު ފެނިފައި ވަނީ، ސިއޯލްގައި އޭނާ ދިރިއުޅެމުންދާ ގޭގެ ތެރިން ކަމަށެވެ. އޭނާގެ މަރާއި ގުޅޭގޮތުން ބައެއް ހަބަރުތައް ބުނާގޮތުގައި، އޭނާ މަރުވީ އަމިއްލައަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ، އޭނާގެ މެނޭޖަރަށް އޭނާއަށް ރެއިން ފެށިގެން ނުގުޅިގެން އުޅޭތީ، އޭނާގެ ހާލު އެންމެ ފަހުން އެ ގެއަށް ގޮސް ބެލުމުންނެވެ.

ފުލުހުން ބުނީ، އުމުރުން 25 އަހަރުގެ ސުލީ އުޅެމުން ދިޔައީ ޑެޕްރެޝަންގައި ކަމަށެވެ.

ސުލީ އަކީ އެކްޓަރެކެވެ. އަދި ލަވަކިޔުމާއި، ލަވަ ލިޔުމާއި، އަދި މޮޑެލް ކުރުމުގައިވެސް އޭނާ އުޅުނީ ވަރަށް ކުރީގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހަނާ

  މީހުންގެ މަލާމަތުގެ ސިކާރައަކަށް ވީމާ ވާނީ މިހެންތާ މީހުންނަށް އެއްޗެކޭ ނުކިޔަ ނުހުރެވޭ ވިއްޔަ ?

  21
  8
 2. އަޅުގަނޑު

  ކޮންމެ މަރަކީ ދިރިތިބީންނަށް އިބުރަތެއް ނޫންތޯ.. ލޮބުވެތި އަޙުންނާއި އުޙުތުންނޭވެ އަދިވެސް ދުނިޔޭގަ ލިބެމުންދާ ފުރުސަތުތަކަށް އަލްހަމުދް ލިﷲ. މާޝާﷲ.
  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

  23
  1
 3. ކީއްކުރާނީ

  ތިޔައީ އެސްފީނާގެ އަސަރު.