ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަމުން ގެންދާ މި ދުވަސްކޮޅުގައި ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މިއިން އެއް ރަށަކީ ފުވައްމުލައް ސިޓީއެވެ. ނަމަވެސް އެ ސިޓީގެ ޒުވާނުން މަގުތަކުގައި ފެންބޮޑުވެފައި އޮތުމުން ކަންތައް ކުރަނީވެސް ވަރަށްވެސް ތަފާތުކޮށެވެ.

ފޮޓޯ އިން އެ ފެންނަނީ އެ ސިޓީގެ ޒުވާނަކު މަގެއްގެ މަތީގައި ފެންބޮޑުވެފައި އޮތުމުން ވޭކްބޯޑު ކުރާ މަންޒަރެވެ. ސައިކަލެއްގައި ވާ އައްސައިގެން މި ޒުވާނާ ވޭކް ބޯޑު ކުރާ ވީޑިއޯ އެއް މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، އާއްމުންގެ ބޮޑު ސަމާލުކަމެއް އެއަށް އަންނަނީ ލިބެމުންނެވެ.

މީގެ ކުރީ އަހަރުތަކުގައިވެސް އެ ސިޓީގައި ފެންބޮޑުވާއިރަށް ޒުވާނުން ނިކުމެ މިފަދަ ކަންކަން މަޖަލަކަށް ކުރެއެވެ. އެގޮތުން މިދިޔަ އަހަރު ދައުރުވި ވީޑިއޯ އެއްގައި ވަރަށް ކުޑަ ކުއްޖަކުވެސް މަގެއްގެ މަތީގައި ވޭކް ބޯޑު ދުއްވާ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

މިގޮތަށް ކަންތައް ކުރި ނަމަވެސް، މަގުމަތި ބޭނުން ކުރާ އެހެން ފަރާތްތަކަށް އުނދަގުލެއް ނުވާނެ ފަދަ ގޮތަކަށް މިކަން ކުރުން މުހިއްމެވެ. ތިރީގައި އެވަނީ އެ ޒުވާނާ ވޭކް ބޯޑު ދުއްވާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެކެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ސަރަހައްދުގެ ހުރިހާ މަގުތަކެއްގައި އޮތީ ފެންބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހަސަން ދީދީ (ހަސަން ގިވް ގިވް)

  ކުރާނެކަމެއް ނެތި ޒުވާނުން ގިނަވީމަ ވާގޮތް.. ތިހެންވީމާ ހެނދުނު ނާސްތާ ދިނަސް އެބަ ހަކުރު ގިނަވޭ

  46
  6
 2. މޮޑް

  މަޖަލެއް ނޫން! ސަޅިއެއް ވެސް ނޫން! މީހެއްގެ ފުރާނަ ދަނަދެން ތެޅޭ

  13
  4
 3. ނަޖީބު އައްބާސް

  ނިކަން މޮކަމެއްކަމައްދޯތި މަގުމަތީގަ ރައްކާތެރިކަމައް ނުބަލަ ހަމަޔެއް ލަމަޔެއް ނެއްތަނެގަ ކޮންމަމެއްކުރެވިދާނެ! ރިޒުނުނައް ނޯންނާނެ ޓުރެފިގަވައިދެއް

  16
 4. ޮލޮލް

  އެކުވެރިޔާ ތީ ވަރަށް ދެރަކަމެއް!
  ތިކަމުގެ ސަބަބުން ބޮޑު ހިތާމައެއް ކުރިމަތިވެދާނެ!
  މަގުމަތީގަ އެހެންމީހުންވެސް ބޭނުންކުރާނެ ވީމާ އެންމެންނަށް ރައްކާތެރި ތަނަކައް މަގުމަތި ހަދަމާތޯ!

 5. ހަފުސް

  ނޯވޭ????