ކޮންމެ މީހަކާއި ވެސް މަރު ބައްދަލު ކުރާނެއެވެ. މަރުވުމުން ދެން އިތުރަކަށް އެއްވެސް މީހަކަށް ދެއްކޭނެ ވާހަކައެއް، ކުރެވޭނެ ކަމެއް ނޯވެއެވެ. ނަމަވެސް އަޔަލޭންޑްގެ މީހަކު މިވަނީ މަރުވުމުން ކައްވަޅުގައި އޮވެ އާއިލާ މެންބަރުންނާއި ރަހުމަތްތެރިންނާއި މުހާތަބުކޮށް ވާހަކަދައްކާފައެވެ.

އުމުރުން 67 އަހަރުގެ ބްރެޑްލީ މަރުވުމުގެ ކުރިން ވަނީ އޭނާ މަރުވުމުން ޖަނާޒާގައި އޭނާގެ އޯޑިއޯއެއް އިއްވުމަށް ވަސިއްޔަތްކޮށް އެއޯޑިއޯ ރެކޯޑްކޮށްފައެވެ. ސަންދޯކުގެ އެތެރެއިން އަޑުއިވޭ ގޮތައް އެރެކޯޑިން ވަނީ ބްރެޑްލީގެ ޖަނާޒާގައި އިއްވާފައެވެ.

ކުރިން ސިފައިންގޭގައި މަސައްކަތް ކުރި ބްރެޑްލީގެ އޯޑިއޯގައި ވަރަށް މަޖާވެފައި އޭނާ ބުނަނީ މިއީ ވަރަށް އަނދިރިތަނެއް ކަމަށެވެ. އަދި މިއީ އެންމެ ފަހުފަހަރަށް ވަދާއީ ސަލާމް ކުރުމަށް ދައްކާ ވާހަކައެއް ކަމަށް އޭނާ ބުނެ، އެންމެނަށް ހެޔޮއެދުންތައް ރައްދުކޮށްފައިވެއެވެ.

ބްރެޑްލީގެ ދަރިއަކު ބުނީ އޭނާގެ ބައްޕަ މަރުވީ ތިން އަހަރެއްހާ ދުވަސް ވަންދެން ބަލިވެ އުޅުމަށް ފަހު ކަމަށާއި، ބައްޕަ މަރުވީ ޖަނާޒާގައި މިފަދަ އޯޑިއޯއެއް ސަންދޯކުގެ ތެރެއިން އިއްވުމުގެ ޚިޔާލު ބައްޕަ ގެންގުޅެމުން އަންނަތާ އަހަރެއްހާ ދުވަސް ފަހުންކަމަށެވެ.

ޖަނާޒާގައި އެފަދަ އޯޑިއޯއެއް އިއްވަން ނިންމާފައި އޮތްކަން އެނގުނީ އެންމެ ދަރިއަކަށް ކަމަށާއި އެހެންކަމުން އެފަދަ އަޑެއް ސަންދޯކުގެ ތެރެއިން އިވުމުން ޖަނާޒާގައި ތިބި މީހުންނަށް ފުރަތަމަ ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް ޖަނާޒާގައި ބައިވެރިވި މީހަކު ބުންޏެވެ.

މި ޖަނާޒާގެ ވީޑިއޯ އާއްމުވުމުން އެވީޑިއޯ މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބިރު

    މަރުވުމުން ކައްވަޅުގަ އޮވެ މީހަކު ވާހަކަ ދައްކައިފި.. ތި ހެޑް ލައިން ނުގުޅެ އެއްނު.. ރިކޯޑިން އެއްނު އެއީ... މަގޭ ބިރުން އަދި ވަދެ މި ބަލާލީ... ???

    143
    1
  2. އައިސް

    ހެޑްލަިން އެއްގޮތަކަށްވެސް ނުގުޅޭ...ބިރުންހުރެ ހަބަރުކީ ނިމުންއިރު ބޮޑު ޖޯކެއް. ކީކޭ ބުނާނީ؟؟؟

    122
    1
    • އެމްޑީޕީ

      ރައީސް ނަޝީދު ގޮތަށްދޯ. މާމޮޅުމީހެއްކަމަށް އަހަރެމެން ދެކުނިީމު، ނަމަވެސް އަމިއްލަ އީގޯ މަތިރިނުވާ ބޮޑު ޖޯކަކަށް މިވީ. އިބޫއާވެސް ޖައްސާލީ. ރަސޫލާ (ސ.އ.ވ) އަށް އަހަރެމެން ދޭލޯތްބާ ގަދަރުވެސް މީނަޝީދަށް ދޭށޯ! މަ. މަ. މަ. މަވެފަ އަބަދު ހުންނާނީ. މައްސަލައަކީ އަދިވެސް 25000 އެއްހާރައްޔިތުން މިކަލޭގެ ދަލުގަ ޖެހިފަތިބީމަ

      95
      6
      • Anonymous

        ކޮއްކޯ ކީއްކުރާނީ. ނަޝީދުއަށް އެނގޭ ދިވެހިންނަކީ ގަޅި ބައެއްކަން. ވަގުތީ މަންފާ ހޯދާ ބައެއްކަން. އެއްދުވަހުން ހުރިހާ ކަމެއް ހަނދާން ނެތޭ ބައެއްކަން. އެހެންވެ ނަނާ ހުވަފެން ދެއްކީމަ ހެއްލޭނެ ވަރަށް ފަސޭހައިން. ނަޝީދުއަށްވުރެ ދިވެހިންގެ ގަޅިކަން ބޮޑުކަމާއެވެ.

        102
        4
  3. ހހހހ

    މަރުވުމުން ކައްވަޅުގައި އޮވެ މީހަކު "ވާހަކަދައްކައިފި"
    "......." މިގޮތަށް ލިޔުނީމަ އެ އަންނަނީ ތަފާތު މާނައެއްގަ. ގެޓްވެބަލަ!