އެ ކްލިނިކް ދޮރު ހުރީ ހުޅުވާފައެވެ. އެއްވެސް މީހަކު އޭނާއަށް އެހީތެރިވާން ބޭނުން ނުވާ ކަހަލައެވެ. އެންމެ ފަހުން ޓްރީޓްމެންޓެއް ނުލިބި އެތަނުގައި އޮވެ އެ ނިކަމެތި މީހާ މި ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. އިންޑިއާގެ ޓިޓްވާލާގައި ހުންނަ މި ކްނިކް ކުރިމަތީ އޮއްވާ މި މީހާ މަރުވީ އެއްވެސް މީހެއްގެ އަޅާލުން ނުލިބި އޮވެ މިދިޔަ ހުކުރު ދުވަހުއެވެ.

އެ ފަގީރު މީހާ ފެނިފައި ވަނީ އަބަދުވެސް އޭނާއަށް އެހީތެރިވަމުން އަންނަ މީހަކަށެވެ.

މިކަމާއި ގުޅިގެން އެ ކްނިކުން ބުނީ، އޭނާ އެއްވެސް ވަރަކަށް އެހީތެެރިކަމަށް އެދިފައިނުވާ ކަމަށެވެ. އޭނާ އެހީތެރިކަމަށް އެދުނު ނަމަ އެކަންކޮށްދޭނެކަމަށް އެ ކްލިނިކުން ވަނީ ބުނެފައެވެ. އެ މީހާ އެ ކްލިނިކް ކައިރީ އިންނަތާ ދެ ދުވަސްވީއެވެ. އޭނާއަށް ކާއެއްޗެއް ފޯރުވެސްކޮށްދީފައި ވަނީ އެ މަގުން ލާފައި ދިޔަ އޭނާގެ ރަހުމަތްތެރިއެކެވެ.

"އަހަރެން މިދިޔަ ހުކުރު ދުވަހު އޭނާ އުޅޭގޮތް ބަލަން ދިޔައިރު، އޮތީ ހަރަކާތް ނެތިފައި. އަހަރެން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ އެހީގައި". އެ މީހާ ބުންޏެވެ.

އެ މީހާ ބުނިގޮތުގައި، އެ ނިކަމެތި ހާލުގައި އުޅޭ މީހާއަށް އެދުވަހުވެސް ކާން ދިނެވެ. މަސައްކަތަށް ދިޔުމުގެ ކުރިން އޭނާއަށް ކާންދީފައި ދިޔައިރު، އެނބުރި އައި މަގުމަތީ އޭނާ އޮތީ ވަރަށް ވަރުދެރަކޮށް ކަމަށް އޭނާ ބުންޏެވެ.

ފުލުހުންވެސް ބުނީ، ކްލިނިކުން އެ މީހާއަށް އެހީތެރިކަން ފޯރުކޮށްނުދިނުމުން ހިތާމަ ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަށްދު

    ރޭޕް އިންޑިޔާ

  2. Anonymous

    ފަހުޒަމާން

  3. ސަައިދު

    ވަރަށް ދެރަ

  4. ހިތާމަ

    މިކަހަލަ ކަންކަމަށް ސަމާލުކަން ދިނުން މާ މުހިއްމު، އަވަށްޓެރި ބައެއް ގައުމުަ ތަކަށް ހެލިކޮޕްޓަރާއި، މަތިންދާ ބޯޓު ދޭން އުޅުމަށް ވުރެ.

  5. މަތިންދާ

    ވަރަށް ދެރަ

  6. ޢަހްމަދް

    ގެރި އިނޑިއާގެ، ގެރި ޤާނޫނު ތީ އިންސާނަކު ވީމަ ވީގޮތް!
    ގެރިއެއަ ނަމަ ވަގުތުނަ ފަރުވާ ދިނިސް.

  7. ޙާމްު

    ނޫސްތަކުގައި އާއި ސޯޝަލް މީޑިއާގައި އިންޑިޔާ މީހުންގެ ރަހުމެއް ނުހުންނަ ވާހަކަ، ކޮންމެވެސް މީހަކަށް އަޅާނުލި ވާހަކަ، ބަލިމީހާ މަރުވި އިރުވެސް ހޮސްލިޓަލުން އެންބިއުލާންސް އެއް ނުލިބުނު ވާހަކަ، ކުޑަ ކުއްޖެެއް، ބޮޑުމީހެއް، އަންހެނެެއް، ފިރިހެނެއް ރޭޕް ކޮށްފައި އަތްފައި ކަނޑާފަ އަންދާލި ވާހަކަ، މުސްލިމަކު ލަވް ޖިހާދުގައި މަރާލި ވާހަކަ، މިނޫން ވާހަކައެއް، ޚަބަރެއް ނޯވޭ.... އެކަމަކުވެސް މިއަމިއްލަ އެދުން ބޮޑު ދިވެހީން އެދެނީ އެބައި މީހުންގެ މަދަދަށް