ނަތާޝާ ބަރަދްވާޖާއި އަމަން ގަންޑްތޮރާ މަޝްހޫރް ޓީވީ ޝޯ "އިންޑިއާ ނެކްސްޓް ސްޕާ ސްޓާ" ކާމިޔާބުކޮށްފިއެވެ.
ސްޓާ ޕްލަސްއިން ގެނެސްދޭ މި ޝޯ އަކީ ފިލްމީ އާއިލާއަކަށް ނިސްބަތް ނުވާ އެހެންނަމަވެސް ފިލްމު ކުޅުމުގެ ހުނަރާއި ޝައުގުވެރިކަން އަދި މޮޑެލްކުރަން ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ޝޯއެކެވެ. އަދި ޝޯ ކާމިޔާބު ކުރާ ފަރާތްތަކަށް މަޝްހޫރް ޑައިރެކްޓަރު ކަރަން ޖޯހަރާއި ރޯހިތް ޝެޓީގެ ކުރިއަށް ހުރި ފިލްމުތަކުން ފުރުސަތު ލިބިގެން ދާނެ ކަމަށްވެސް ޝޯ އިންތިޒާމް ކުރެއްވި ފަރާތުން ވަނީ ބުނެފައެވެ.
ނަތާޝާއާއި އަމަން މި ޝޯ ކާމިޔާބުކޮށްފައިވަނީ ހަމައެކަނި ފައިނަލްގައި އެ ދެ ބައިވެރިން ދެއްކި ހުށަހެޅުމަށް ބަލާފައި ނޫންކަމަށާއި ޖުމްލަކޮށް ޝޯގެ ހުރިހާ ފަހަރެއްގެ ހުށަހެޅުންތަކަށްވެސް ބަލައިފައިވާނޭ ކަމަށް ޖަޖުންގެ ޕެނަލްއިން ބުނެއެވެ.
ޝޯ ކުރިއަށްދާ ވަރަކަށް ޓްރެއިނިންވެސް ފޯރުކޮށްދޭ, މި ޝޯގައި ނަތާޝާއަށާއި އަމަން އަށް އެކްޓް ކުރުމާއި ނެށުމުގެ ހުނަރު ދަސްކޮށްދީފައިވަނީ ކުޅަދާނަ ޕްރޮޑިއުސަރު މަހޭޝް ބަޓްއެވެ.
ކުޑައިރުއްސުރެވެސް އެކްޓްކުރަމުން އަންނަ ނަތާޝާ ވަނީ 2015 ވަނަ އަހަރުވެސް "ބީޓީ ފްރެޝް ފޭސް" ކާމިޔާބުކޮށްފައެވެ. އެފަދައިން އަމަން ވެސް ދަނީ އެކްޓްކުރުމުގެ ދާއިރާއިން ތަފާތު ކާމިޔާބީތައް ހޯދަމުންނެވެ.
ވަރަށް ބޮޑަށް ޝުކުރިއްޔާ!!
ތިޔައީ ރާއްޖެއަށް ވަރަށް ގުޅޭއަދި ކުރިމަގު އޮތް ވިޔަފާރިެއްކަމަށް ފެނެ .