"ދިވެހި ފިލްމު އެވޯޑް 9" އަކަށް ހުށަހަޅައިފައި ވަނީ 13 ފިލްމެއް ކަމަށް ނޭޝަނަލް ސެންޓަރ ފޯދި އާޓްސް (އެންސީއޭ) ހާމަކޮށްފިއެވެ.

ދިވެހި ފިލްމް އެވޯޑަށް ފިލްމް ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. އެންސީއޭ އިން ބުނީ، އެ އެވޯޑަށް ފިލްމް ހުށަހެޅުމުގެ މުއްދަތު ހަމަވިއިއިރު ހުށަހަޅާފައި ވަނީ ޖުމްލަ 12 ފީޗާ ފިލްމަކާއި 1 ކުރު ފިލްމުކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މުހައްމަދު އަބޫބަކުރު (މާއެނބޫ) ގެ ފިލްމު ނޭދެން ވަކިވާކަށް، މަގުބޫލު ބަތަލާ އަދި ޑައިރެކްޓަރ ރިޝްމީގެ ވިޝްކާ، އަމްޖަދު އިބްރާހިމް (އަމްޖޭ) ގެ ރޭވުމުން، މުހައްމަދު އަލީ (މޮގާ) އަދި އާއިޝަތު ފުއާދު ތައުފީގުގެ މީލޯތްބަކީ އާއި ވަކިން ލޯބިން، މަޝްހޫރު ޑައިރެކްޓަރ ފާތިމަތު ނަހުލާގެ ބޮސް، އަހްމަދު ޝާހް އަލީ އަދި އަލީ ޝާޒްލީންގެ ދެވަންސޫރަ، އިސްމާއިލް ޝަފީގްގެ ނޯޓީފޯޓީ، ޓެކްނޯ މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ ތިލޯތްބާ ދުރަށް، މުހައްމަދު މުންތަސިރުގެ އިލް ނޮއިސް، އަބްދުލް ފައްތަހު އަދި ނިއުމާ މުހައްމަދުގެ ހައްދު، އަހުމަދު ޒިޔާ އަދި އިސްމާއިލް ރަޝީދު (ކޮޕީއިއްސެ)ގެ ކަނޑު އިނބިލީސްގެ އިތުރުން އަހުމަދު ނާސިރު އަދި އިބްރާހިމް ރަޝީދުގެ މަލިކާއެެވެ.

ދިވެހިި ފިލްމު އެވޯޑަކީ ދިވެހި ފިލްމުތަކުގެ އަގު ވަޒަންކުރުމާއި، ފިލްމު އިންޑަސްޓްރީގެ ވާދަވެރިކަަން އިތުރު ކުރުމަށާއި ފަަންނުވެރިކަން ކުރިއެރުވުމަށް ދެމުން އަންނަ އެވޯޑެކެވެ. އެގޮތުން ބޭއްވޭ އެވޯޑު ދިނުމުގެ ހަފްލަ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައެވެ. އެ ހަފްލާ ބާއްވާ ވަކި ތާރީހެއް އެންސީއޭ އިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާމީން އިރުފުށި ރިސޯޓް ސްޓޯރު

    މަ ކުޅުން ފިލްމު ނުވޭ ދޯ ނޮމިނޭޓް.

  2. ޔާމީން އިރުފުށި ރިސޯޓް ސްޓޯރު

    ދެން ފަހަރަކުން ދޯ.