އެމެރިކާގެ ލޮސް އެންޖެލަސް އަށް ނިސްބަތްވާ އަންހެނަކު ހަފްތާ ބަންދެއްގެ ތެރޭގައި 30 ފިރިހެނުންނާއި ޑޭޓް ކޮށްފިއެވެ.

ގެބީ ކޮންޓި ކިޔާ މި އަންހެން މީހާ އަކީ ކޮމީޑީއަން، ޓީވީ ޕްރޮގްރާމާ އަދި ނޫސްވެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާ މިގޮތަށް ހަފްތާ ބަންދެއްގެ ތެރޭގައި މިހައި ގިނަ އަދަދެއްގެ ފިރިހެނުންނާއި ޑޭޓު ކޮށްފައި މިވަނީ މުނިފޫހިފިލުވުމުގެ ދާއިރާ އާއި ބެހޭ މެގަޒިން އެއް ކަމުގައިވާ "ކޮސްމޯޕޮލިޓަން" އަށް އޭނާ ހަދާ ވީޑިއޯ ސީރީޒް އަކަށެވެ.

"ކޮސްމޯ ވީޑިއޯ ޑައިރީސް"ގެ ނަމުގައި ގެނެސްދޭ މި ސީރީސް އަށް އޭނާ ޑޭޓު ކުރި އެންމެންނާއި ވެސް ގެބީ ދިމާކޮށްފައި ވަނީ އޮންލައިން ކޮށެވެ. މިގޮތަށް އެމީހުންނާއި އޮންލައިންކޮށް ވާހަކަ ދެއްކުމަށް ފަހު ދިމާ ކުރެއެވެ.

މިކަން ކުރުމަށް ފަހު ގެބީ ބުނެފައި ވަނީ ޑޭޓު ކުރި މީހުންގެ ތެރެއިން އެންމެ ކަމުނުދާ މީހަކަށް ފެނުނީ 3 ވަނަ އަށް ޑޭޓު ކުރި މީހާ ކަމަށެވެ. އެއީ އެމީހާ އޮންލައިންކޮށް ފޮނުވި ފޮޓޯ އާއި އަސްލު ހުރިގޮތް މާބޮޑަށް ތަފާތު ވުމުންނެވެ.

މި ސީރީޒް އަށް މީހުންނާއި ޑޭޓު ކުރިގޮތް ދައްކުވައިދޭ ވީޑިއޯ އެއްވެސް މީސް މީޑިއާގައި ހިއްސާ ކޮށްފައި ވާއިރު، އާއްމުންގެ ފަރާތުން އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. މިކަން ކުރުމަށް ފަހު ގެބީ ބުނެފައި ވަނީ މިގޮތަށް ޑޭޓު ކުރުމަކީ ވަރަށް މޮޔަ ކަމެއް ކަމަށާއި މިފަދަ ކަމެއް ކުރުމަށް އެއްވެސް މީހަކަށް ނަސޭހަތް ނުދޭ ކަމަށެވެ.