ވައްކަން ކުރާ މީހުންނަށް ވަރަށް ގިނައިން ލަނޑު ލިބެއެވެ. މިފަހަކުންވެސް މި ވަނީ އެފަަދަ ހާދިސާއެއް ހިނގާފައެވެ.

ޕިއްޒާ ވިއްކާތަނަކުން މީސް މީޑިއާއަށްލި ވީޑިޔޯއަކުން ފެންނަނީ ފިރިހެނަކު އެ ތަނުގެ ބޮޑު ޓީވީ ވަގަށް ގެންދާ މަންޒަރެވެ. އެތަން ބަންދުކޮށްފައި ހުރި ގަޑިއެއްގައި ކާކުކަން ނޭގޭ އެ މީހާ ބަރު ބޮޑު އެ ޓީވީ ގެންދާއިރު، އޭނާއަށް އެ އުފުއްލެނީވެސް ހަމަ ކިރިޔާއެވެ.

އެ މީހުން ފޭސްބުކްގައި ލިޔުނު ގޮތުގައި، އެ މީހުން މި މީހާ ހައްޔަރުކުރަންެވެސް ބޭނުންވެއެވެ.

https://www.facebook.com/RedZeppelinPizza/videos/1909131199121004/

އެ ވީޑިޔޯއިން ފެންނަނީ މެދު އުމުރުގެ މީހެކެވެ. އެ މީހާ އެ ޕިއްޒާ ވިއްކާތަނަށް ވަދެ ޓިވީއާ ގުޅާފައި ހުރި ހުރިޙާ އެއްޗެއް ނައްޓާލުމަށްފަހު ޓީވީ ހިފައިގެން ނުކުންނަން ދިޔައިރު، އޭނާއަށް އެ އުފުއްލެނީ ހަމަ ކިރިޔާކަން އިނގެއެވެ. އޭނާ އެ ހިފައިގެން ދިޔަ މަގުމަތީ ބައެއް ފަހަރެ އޭނާ ފާރާލާ ޗިސްވެދާނެހެން ހީވެއެވެ. އަދި އޭނާއާއެކު ބިންމައްޗަށްވެސް އެ ޓިވީ ވެއްޓިދާނެހެން ހީވެއެވެ.

ވަރަށް ހާލުގައި އެ މީހާ ޓީވީ އެތަނުން ނެރެގެން ގެންދިޔައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ކާކުބުނީ އެޓީވީއެތަނުން ވަރަށްހާލުން ގެންދިޔަވާހަކަ؟ ގައިމު ވީޑިއޯއަކުން ނުފެނޭ..