ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށް، އޭގެ ޝޫޓިން ފަށައިފި އެވެ.

ފަހަކައް އައިސް ވަރައް މަދުން ފިލްމުތަކުން ފެންނަ އެކްޓަރު ސުނިލް ޝެޓީ ސޮއިކޮށްފައި ވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ޖެފްރީ ޗިން ޑައިރެކްޓްކުރާ "ކޯލް ސެންޓާ" އަށެވެ. މިހާރުވަނީ އިންޑިއާގެ ހައިދަރުއާބާދުގައި ފިލްމުގެ ޝޫޓިން ވެސް ފަށާފަ ކަމަށް ނޫސްތަކުން ބުނެއެވެ. މިފިލްމުގައި ސުނިލް ޝެޓީ ކުޅޭނީ ފަގުޑި އެޅި ސިކް ފުލުހެއްގެ ރޯލު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މުމްބައި ގެ ނޫހެއް ކަމައްވާ މިރާއިން ބުނި ގޮތުގައި "ކޯލް ސެންޓާ" އަކީ އެމެރިކާއާއި އިންޑިއާގެ އެކްޓަރުން ގުޅިގެން ހަދާ ފިލްމެކެވެ. އަދި މި ޕްރޮޖެކްޓް ގައި މައިގަނޑު ޕްލޮޓް އެނބުރެނީ އިންޑިއާގައި ވަރުގަދަ ކޯލް ސެންޓަރެއް ހިންގާ ހަތަރު މީހަކު، އެ ގައުމުގައި ހުންނަ އެމެރިކާގެ ކުންފުންޏަކުން ކުރާ ބޮޑު ވައްކަމެއް ތަހުގީގުކުރަން ކުރާ މަސައްކަތުގެ މައްޗަށް ކަމައް އެ ނޫހުން ބުނެފައިވެ އެވެ. މި ފިލްމަކީ ތަފާތު ފިލްމަކައް ވާނެ ކަމައް ގިނަބަޔަކު ބުނަމުން ދާއިރު މި ފިލްމުގައި ސުނިލް ޝެޓީ ބޮޑު ރޯލެއް ކުޅެމުން ދިއުމަކީ އިތުރައް ތަފާތު ވާނެ ކަމެއް ކަމައް ގިނަބަޔަކު ބުނެއެވެ.

މިފިލްމުގެ ޝޫޓިން މިހާރު ފަށާފައި ވާއިރު އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޝޫޓިން ނިންމައިލާނެ ކަމަށްވެ އެވެ.

"ދަޅުކަން" ފަދަ މައްޝޫރު ފިލްމުތައް ކުޅެފައިވާ ސުނިލް ޝެޓީއަށް 58 އަހަރު ފުރިފައިވާއިރު ، އެންމެ ފަހުން ފެނިފައި ވަނީ ދާދި ފަހުން ރިލީޒްކުރި ކަންނާޑާ ފިލްމު "ޕެއިލްވާން" އިންނެވެ. އަދި ކުރިއައްވެސް ސުނިލް ގެ ފިލްމުތަކެއް ހުރިކަމައް ބުނެއެވެ. އެގޮތުން އޭނާގެ ކުރިއަށް ހުރި ފިލްމުތަކައް ބަލާއިރު ރަޖްނީކާންތުގެ ތަމަޅަ ފިލްމު "ދަރުބާރު" އާއި "މުމްބާއީ ސާގާ" އަދި "ހީރާ ޕޭރީ 3" ހިމެނެ އެވެ.