އުމުރުން 93 އަހަރު މިހާރު ފުރިފައިވާ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތައް އެކަމަނާގެ މަގާމުގެ ޒިންމާތައް އަދާކުރުމަށް އުމުރު ހުރަސްއަޅަމުން ގެންދާތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ދިގު ދަތުރުތައް ކުރުމާއި ގިނަ ވަގުތު ހޭދަވާ ރަސްމީ ބައްދަލުވުންތަކުގައި ވެސް އެލިޒަބަތު މިހާރު ބައިވެރިއެއް ނުވެއެވެ.

އެންމެފަހުން މިިދިޔަ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިސް ރަސްމީކޮށް ހުޅުވިއިރު މީގެ ކުރިން އެރަސްމިއްޔާތުގައި ބޭނުންކުރާ ތާޖު ވެސް ރާނީ ބޭނުމެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެކަމަނާ އަޅައިގެން އިނީ ބަރުދަންލުއި، ކުޑަކުޑަ ތާޖެކެވެ.

ރާނީ އެލިޒަބަތު ރަސްމީ ބޮޑެތި ހަފްލާތަކުގައި މީގެ ކުރިން ބޭނުންކުރާ ތާޖުގެ ބަރުދަނުގައި ގާތްގަނޑަކަށް ދޮޅުކިލޯ ހުރެއެވެ. އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ރާނީ އެލިޒަބަތުގެ އުމުރާއި، ސިއްހީ ހާލަތު މިހާރު ހުރިގޮތުން އެފަދަ ބަރު ތާޖެއް އެޅުން އެކަމަނާ އަށް ވަނީ ވަރަށް ބޮޑު ބުރައަކަށް ވެފައެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ މީޑިއާތަކުން ދައްކާ ވާހަކައާއި ގުޅޭ ގޮތުން ޝާހީ އާއިލާ އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ހޯމަ ދުވަހު ރާނީ އެލިޒަބަތު ބޭނުންކުރި ތާޖު މީގެ ކުރިން ބޭނުންކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 1952 ވަނަ އަހަރު ޤާނޫނު ހަދާ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ރާނީ އެލިޒަބަތު އުމުރުން ދުވަސްވެފައި ވާތީ ރަސްކަން ދޫކޮށްލަން ވެސް ގިނަ ބަޔަކު ގޮވާލަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް ރަސްކަން ދޫކޮށްލުމުގެ ވިސްނުމެއް އެލިޒަބަތު ނުގެންގުޅެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސަޒަން

  ވ ގޮތްކުޑަ ދައިތަގަނޑެއް މިވަރުވާއިރުވެސް ބޮޑާކަންވަނީ އިތުރު އަނެއްކޮޅުން ޕްރިންސް ޗާރލްސް ވެސް އެދަނީ ހަމައެހާލަތައް މީ ދެންރަސްކަމައްަރަންހުރިމީހާ ސުވާލަކީ މިނާވެސް ނޫޅެވޭވަރުވަންދެންވެސް މިދައިތަ ހަމަ ހުންނަންވީއެވެ....

  16
  1
 2. މުހައްމަދު

  ޑިމޮކުރަސީގައި ރާނީން ތިބޭތަ. ކައިގެން ނިދުންނޫން އެހެން ޒިންމާއެއް މީނައަށް އޮވޭބާ.

  21
 3. ހޖޖ

  މިދައިތަ މަރުވާ ދުވަހަކުން މީޑިޔާގަ ފޯރި ހުންނާނެ...

  23
  1
 4. ބޯކިބާ

  ކެނެޑާގަ ރައްޔިތަކު ގޯއްޗެއްހޯދައިގެން ގޯތީގަ ގެދޮރު އަޅާއިރު ގޭގެ ރަޖިސްޓްރީ އޮންނަނީ އޭނައަށް، ގޯތީގެ ބިމުގެ ރަޖިސްޓްރީ އޮންނަނީ މިދައިތައަށް. އެކަމަކު ރާއްޖޭގެ ކަންކަމާއި ގޮތްކިޔާދޭ އެބަ ކެނެޑާ މީހުން.

  19
  1
 5. ހައްހާ

  ރަނިކަން އިނގޭތޯ!

  11