އަބްދުﷲ މުއާޒުގެ ފުރަތަމަ ފީޗާ ފިލްމު "ލީނާ" ޔޫޓިއުބްގައި ލީކް ކޮށްލާފައިވަނިކޮށް މިއަދު ނަގައިފިއެވެ.
ރާއްޖޭގައި ހިނގި ހަގީގި ހާދިސާއެއްގެ މައްޗަށް ބިނާކޮއް ހަދާފައިވާ ފިލްމް "ލީނާ" ވަނީ ޔޫޓިއުބަށް ލީކް ވެފައެވެ. އެ ފިލްމު ލީކުވެފައިވާއިރު ޔޫޓިއުބް އިން ވަރައް ގިނަ އަދަދެއްގެ މީހުން ބަލައިފި އެވެ. 18،000 އަށްވުރެ ގިނަ މީހުން މި ފިލްމު ޔޫޓިއުބް މެދުވެރިކޮށް ބަލާފައިވެއެވެ.
ފިލްމު "ލީނާ" ޕްރިމިއާކުރި އިރު، މި ފިލްމު ނެރުމަށް އަޒްލީނާގެ އާއިލާއިން ވަރަށް ބޮޑަށް ދެކޮޅު ހަދާފައިވެއެވެ. އަދި ފިލްމު ބޯއިކޮޓްކުރުމަށްވެސް އެ އާއިލާއިންވަނީ ގޮވާލާފައެވެ. އަދި އެ އާއިލާއިން ބުނީ މިފިލްމު ހެދުމައް މި އާއިލާގެ އެއްވެސް މީހަކު އެއްބަސް ނުވާކަމަށެވެ. އަދި އެކަމުގެ އިޝާރާތެއްވެސް ނުވާނެކަން އެއާއިލާއިން ބުނެއެވެ. މި ފިލްމު ކުޅެފައިވަނީ ހުއްދަ ނުލިބި ކަމަށްވެސް އެއާއިލާއިން ބުނެފައިވެ އެވެ. އަދި އެއާއިލާއިން ބުނީ އަބަދުވެސް އެ ފިލްމު ހެދުމާ ދެކޮޅުކަމަށެވެ.
"ލީނާ" އުފައްދާފައި ވަނީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށެވެ. މިފިލްމުގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒައެވެ. އައްޒަގެ ލޯބިވެރިޔާގެ ރޯލު އަލީ އާޒިމް (ދޮން އައްޔަ) ކުޅެފައިވާއިރު ގާތިލުގެ ރޯލު ކުޅުނީ މުއާއެވެ. އެހެން މުހިއްމު ބައިތަކުގައި ނުޒުހަތު (ނުޒޫ) ޝުއައިބު، ޒީނަތު އައްބާސާއި އަހުމަދު ނިމާލް އަދި އަހުމަދު އީސަ (އާނަންދު) ވެސް ހިމެނެއެވެ.
ފިލްމު "ލީނާ" ރިލީޒްކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ. އެ ފިލްމު ވަނީ ބައެއް އަތޮޅުތެރޭގައިވެސް ދައްކާފައެވެ.
ޑިލީޓުނުކުރިއަސް ނުބަލާނަން ތިޔެއް.
ލޮލް..?? ހެޔޮ ޑިލީޓް ކުރިޔަސް. ބަލައިފިން އޯލްރެޑީ????♀️
އަނެއްކާ ލާފަ އެބައިން ގަޑިއިރެއްކުރިން ދޭ އެންމެން ބަލަން ހެހެހެހެހެހެ
ސިނަމާއަށް ގޮސް ބަލާހާ މޮޅެއްނޫން ލީނާއެއް. ޔޫޓިއުބްގަ ބައިންދަން ފެނޭ
ނެތް?
އަހަރެންގެ ފޯނުގަ އެބައިން އާދޭބަލަން.