އުމުރުން އެންމެ 12 އަހަރުގެ ނޫސްވެރިއަކު އޭނާގެ 100 ވަނަ އިންޓާވިއު ކޮއްފި އެވެ.

ގޮޔަތް ނަމަކަށް ކިޔާ މި ނޫސްވެރިޔާ އަކީ ސިޔާސީ ފަރާތްތައް ކައިރިއައް ގޮސް އިންޓަވިއު ކުރާ ޅަ ނޫސްވެރިއެކެވެ. ގޮޔަތް ވަނީ އަމިއްލަ ޔޫޓިއުބް ޗެނަލް އެއް އުފައްދާފަ އެވެ. އަދި އެޗެނަލް މެދުވެރިކޮށް އޭނާ ކުރާ އިންޓަވިއުތައް އަޕްލޯޑް ކުރަމުން ދެއެވެ.

ގޮޔަތްގެ އިންޓަވިއުތައް އޭނާގެ ޔޫޓިއުބު ޗެނަލް މެދުވެރިކޮށް ގިނަ ބަޔަކު ބަލަމުންދެއެވެ. އެގޮތުން އޭނާ އިންޓަވިއު ކުރި އިންޓަވިއުތަކައް ބަލާއިރު އެންމެ ގިނަ މީހުން ބަލާފައިވަނީ ދުޝިޔަންތް ޗައުޓަލާ ގެ އިންޓަވިއު އެވެ. މި އިންޓަވިއު ދެ ލައްކަ އާއި ގާތްކުރާ އަދަަދަކަށް މީހުން ބަލާފައި ވެއެވެ.

ގޮޔަތް އަކީ ހުނަރުވެރި ޅަ ނޫސްވެރިއެކެވެ. އޭނާ އިންޓަވިއު ކުރުމުގައި ސުވާލު ކުރުމައް ފަސް ނުޖެހި ލަދު ނުގަނެ ކުރަން ބޭނުންވާ ސުވާލު ވަރަށް ހަމަޖެހިލައިގެން ކުރެ އެވެ. ގޮޔަތް އަކީ ކްލާސް 9 ގައި ކިޔަވާ ދަރިވަރެކެވެ.

"މީ އަހަރެން ކާފަ ގެ ވަރަށް ބޮޑު ހުވަފެނެއް އަހަރެންނަކީ މުޖްތަމައުގައި ބަލައިގަންނަ މީހަކައް ވުން، އެކަމަކު މިހާރު އަހަރެންގެ ކާފަ ނިޔާވެއްޖެ ، އަހަރެން ވަރަށް ދެރަވޭ ކާފަ އަށް އަހަރެން މިކުރާ މަސައްކަތް ނުފެންނާނެތީ ، އަހަރެން މިކަން 2034 އާ ހަމައް ކުރިއައް ގެންދާނަން އެއައަށްފަހު އިލެކްޝަން ގައި ބައިވެރިވާނި" ގޮޔަތް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު