ފިޔައަކީ މީހުން ރޮއްވާ އެއްޗެކޭ ބުނާތީ އަޑުއަހަމެވެ. މިފަހަރު މީހަކު ރޮއްްވާލީއެއް ނޫނެވެ. ބޮޑު ތަޅާފޮޅުންގަނޑެއް ހިނގާދިޔައީ ފިޔާގެ މައްސަލާގައެވެ. ފިޔާ މާބޮޑަށް އަގުބޮޑުވީއެވެ.

އިންޑިއާގެ އުއްތަރަޕްރަދޭޝްގެ ދެ އަންހެނެއްގެ ދެމެދުގައި ފުރަތަމަ ހިނގާ ދިޔައީ ހޫނު ގަދަ ޒުވާބެކެވެ.

މިދިޔަ ބުދަ ދުވަހު އެ ޒުވާބުގަނޑު ހިނގާދިޔައީ ނެހާ ނަމަކަށް ކިޔާ އަންހެނަކު ފިޔާ ގަންނަން ގޮސް، ފިޔާ އަގުބޮޑުވެގެން އުޅޭ ވާހަކަދެއްކުމުން، އޭނާގެ އަވައްޓެރިއެއްކަމަށްވާ ދީޕްތީ، ނެހާ އާ ދިމާލަށް އެއްޗެހި ކިއުމުންނެވެ.

ދީޕްތީ ބުނީ، ނެހާ އަށް ފިޔާ ގަންނަ ވަރަށް ފައިސާ ނުލިބޭ ކަމަަށެވެ. އެހެންވެ. އޭނާ ފިޔާގަންނާނެ ކަމަށް ހީކޮށް ވަގުތު ބޭކާރުކޮށްނުލުމަށް އޭނާ ސޭޓު ގާތުގައި ބުންޏެވެ.

އެެންމެ ފަހުން އެކަމާއި މި ދެ އަންހެނުން ޒުވާބު ކުރަން ފެށިިއެވެ. އަދި ދެ މީހުން ގަޔަށް އަތްލާން ފަށައި، މާރާމާރީއަކަށް އެކަން ބަދަލުވިއެވެ.

މި ތަޅާފޮޅުންގަނޑު އިތުރަށް ހޫނުވީ އިތުރު އަންހެނުންތަކެއް އެ ތަޅާފޮޅުންގަނޑު ތެރެއަށް ވަނުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާގައި ފަސް އަންހެނަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދީފައި ވެއެވެ.

މި މައްސަލާގައި ހަ އަންހެނަކު ފުލުހަށް ގެންދިޔައެވެ. އަދި އެ މީހުން ކޯޓަށް ގެންދިއުމުން، ކޯޓުން ވަނީ އެ މީހުން ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު