ހިތް ފަޅައިގެން ގޮސްފައިވާ ބައްޕައަކު އޭނާގެ އަންހެން ދަރިފުޅު ކުއްލި ގޮތަކަށް އޭނާގެ ކުރިމަތީގައި މަރުވެގެން ދިޔަ ވާހަކަ މި ވަނީ ހިއްސާ ކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ ގައުމެއް ކަމަށްވާ ވޭލްސްގައި ދިރިއުޅުމުން ދިޔަ އަބީ ރީސް މަރުވެފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ދެ ވަނަ ދުވަހުއެވެ. އޭނާ މަރުވީ، ކާން އިނދެފައި ކުއްލިއަކަށް ކެއްސަ ކެއްސާފައި، ކުއްލިއަކަށް ހޭހުއްޓި ބިންމައްޗަށް ވެއްޓިގެން ކަމަށް އެ ކުއްޖާގެ ބައްޕަ ޑެރެން ބުންޏެވެ.

މި ހުރިހާ ކަމެއް ހިނގާދިޔައީ އޭނާގެ ކުރިމަތީގައެވެ.

އުމުރުން 15 އަހަރުގެ ދަރިފުޅަކީ ސިއްހަތު ވަރަށް ރަނގަޅު ކުއްޖެއްކަމަށް އޭނާގެ ބައްޕަ ޑެރެން ބުނާއިރު, އެ އާއިލާ އިން އިންތިޒާރު ކުރަމުން ދަނީ ދަރިފުޅު މަރުވި ސީދާ ސަބަބު ހޯދާށެވެ.

މިހާރު އެނގިފައިވާ މައުލޫމާތުތަކަށް ބަލާއިރު އަބީ މަރުވެފައި ވަނީ ކާއެއްޗެއް ކަރު ތެރޭގައި ތާށިވެގެންނެވެ.

ގިނަ ބަޔަކު ސިފަ ކުރާގޮތުގައި އަބީ އަކީ ވަރަށް ރަނގަޅު މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. އަދި ކިޔަވަންވެސް ރަނގަޅު ކުއްޖެއްކަމަށް އޭނާގެ ޓީޗަރުން ބުނެފައި ވެ އެވެ.

އޭނާގެ މަރުގެ ހަގީގަތް ދެނެގަތުމުގެ ކަންކަން އަދިވެސް ދަނީ ކުރަމުންނެވެ. އަދި އޭނާގެ މަރުވި ސީދާ އަންނަ އަހަރު ތެރޭގައި އާއްމު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު