ކޮންމެ މީހަކީ ވެސް ގިނަ ފައިސާ ބޭނުންވާނެ މީހެކެވެ. އެހެންކަމުން ފަސޭހައިން ބޮޑު މުސާރައެއް ލިބޭނެ ވަޒީފާއެއް ކޮންމެ މީހަކުވެސް ބޭނުން ވެއެވެ. މިއޮތީ އެފަދަ ފުރުސަތެވެ.

ހަޝްހަޝްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ދުނިޔޭގައި ތިބި އެންމެ މުއްސަނދި މީހުން ޗުއްޓީ ހޭދަކުރަން ބޭނުންވާ ތަންތަނުގެ ފެންވަރު ބެލުމަށް މުވައްޒަފުން ބޭނުންވާ ކަމަށެވެ. ޓްރެވަލް ކުންފުނީގެ އިއުލާނުގައި ބުނެފައި ވަނީ އެކުންފުނިން ބޭނުންވަނީ ލަގްޒަރީ އިމާރާތްތަކުގެ ފެންވަރު ބެލުމަށް ފަސް މީހަކު ހޯދާށެވެ.

މި ފަސް މީހުންނަށް އޮތް އަނެއް ހިތްހަމަޖެހުމަކީ އެމީހުންނާއި އެކު އިމާރާތްތަކުގެ ފެންވަރު ބެލުމަށް ދުނިޔޭގެ އެކި ތަަންތަނަށް ދަތުރުކުރާނެ އިތުރު ބައިވެރިޔަކު އެމީހުންނަށް ގެންދެވޭނެއެވެ. އެންމެ ސަޅި ކަމަކީ މުސާރައިގެ ގޮތުގައި 2500 ޕައުންޑް (ގާތްގަނޑަކަށް 40000 ދިވެހި ރުފިޔާ) ލިބުމެވެ.

މިވަޒީފާގައި ކޮންމެ އަހަރަކު ވެސް މަސައްކަތް ކުރަން ޖެހޭނީ އަހަރަކު 10 ދުވަހާއި 15 ދުވަހާއި ދެމެދުގެ މުއްދަތެއްގައެވެ.

ވަޒީފާ އަދާކުރާ މީހުން ޖެހޭނީ އެންމެ ލަގްޒަރީ އިމާރާތްތައް ހުރި ފްރާންސްގެ ޕެރިހާއި ސްޕޭން އަދި އެމެރިކާގައި ހުރި ބައެއް އިމާރާތްތަކުގެ ފެންވަރު ބަލާށެވެ. އެމީހުން އަމިއްލައަށް އެތަންތަނުގައި ޗުއްޓީ ހޭދަކޮށް އެތްނަތަނުގައި ދެން އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަން ކިޔައިދޭން ޖެހޭނެއެވެ.

އިއުލާނުގައި ބުނެފައި ވަނީ މިވަޒީފާ އަށް ކުރިމަތިލާ މީހުންނަކީ ކޮންމެހެން ގިނަ ތަންތަނަށް ދަތުރު ކުރުމުގެ ތަޖުރިބާއެއް ލިބިފައިވާ މީހަކަށް ވާކަށް ނުޖެހެއެވެ. ނަމަވެސް އަވަހަށް ދަތުރުކުރަން ލިބޭ ކުރު ނޯޓިސްއެއްގައި ވެސް ދަތުރުކުރެވޭ މީހަކަށް ވާން ޖެހޭނެއެވެ.

މިވަޒީފާގެ އިތުރު މައުލޫމާތު އޮންލައިންކޮށް ސާފުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަހހހަހ

    ސަހިންދާ އުޅެނީ ތިއަށް ވުރެންވެސް އަރާމު ވަޒީފާ އެށް ގަ...

    22
    2
  2. ސަހިންދާ

    ކޮބާތަ އޮއްލައިން ލިންކު....