ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ގާނޫނީ ވަކީލް އަމާލް ކްލޫނީގެ ދައްތަ ތަލާ އަމާލުއްދީން ލެ ޓެލެކް ތިން ހަފްތާއަށް ޖަލަށް ލާން ސިންގަޕޫރު ކޯޓަކުން ހުކުމްކޮށްފި އެވެ.

އޭނާ ޖަލަށް ލާފައި މި ވަނީ، މަސްތުހާލުގައި ހުރެ ކާރު ދުއްވި މައްސަލައެއްގައެވެ.

އޭނާގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ މަސްތުވެގެން ހުރާ ކާރު ދުއްވުމާއި، ސިންގަޕޫރުގައި ކާރު ދުއްވުުމުގެ ލައިސަންސް ނެތުމާއި، ޑްރައިވަރ އިންސުރެންސް ނެތި ކާރު ދުއްވުން ހިމެނެއެވެ.

ތަލާ ތިން ހަފްތާ އަށް ޖަލަށްލިއިރު، 6400 ޑޮލަރަށް އޭނާ ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. އަދި ހަތަރު އަހަރު ވަންދެން އޭނާއަށް އެއްގަމު އެއްވެސް އުޅަނދެއް ނުދުއްވޭނެއެވެ.

އޭނާ ދުއްވަމުންދިޔައީ ފިރިމީހާގެ ބީއެމްޑަބްލިވް އެކްސް 5 އެވެ. އެ މައްސަލާގައި ފިރިމީހާގެ މައްޗަށްވެސް ހުކުމެއް އައިސްދާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ތަލާ ހައްޔަރުކުރުމުގެ ކުރިން އޭނާ، ވަނީ ރެސްޓޯރެންޓަކަަށް އަރާ ރަހުމަތްތެރިއަކާއެކު، ބަނގުރާ ދެ ތަށި ބޮއެފައި ކަމަށް ކޯޓުގައި އޮތް އަޑު އެހުމުގައި ބުނެފައި ވެއެވެ. އަދި އޭނާ ދުއްވަމުން ދިޔަ ކާރު ހުއްޓުވާފައި ވަނީ އެރޭ ދަންވަރު 2:30 ހާއިރު އެވެ. އެއިރު އޭނާގެ ރަހުމަތްތެރިޔާވެސް ކާރުގައި އިން ކަމަށް ވެއެވެ.

އޭނާ ހުއްޓުވާ، ފުލުހުން ބެލިބެލުމުން އެނގުނުގޮތުގައި، އޭނާގެ ހަށިގަނޑުގައި ބަނގުރާ ވަސް ވަރަށް ބޮޑަށް ދުވިއެވެ. އަދި އޭނާގެ އަތުގައި ލައިސަންސް އާއި އިންސުރެންސްވެސް ނެތް ކަން އެނގުނެވެ. އެހެންވެ އޭނާ ހައްޔަރު ކުރީ ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

ތަލާއަކީ އަމިއްލަ ފެޝަން ލައިންއެއް ހިންގަމުން އަންނަ މީހެކެވެ. އަދި ވިޔަފާރިވެރިއަކާއި ކައިވެނިކޮށް، އޭނާ ވަނީ ނިއުޔޯކުން ސިންގަޕޫރަށް ބަދަލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކާފަ

  މޯދީއަކަށް، ބުއްޅަބޭއަކަށް، ޝަހީދަކަށްވެސް އަދި ކުލުނީއަކަށްވެސް ސިންގަޕޯރ އިން ކުރާއެއްވެސް ކަމަކަށް ޗުއްޕުވެސް ނުބުނެވޭނެ!

  20
  1
  • ބުއްޅަބޭ

   ބައިދަވޭ، ހޫ އިޒް ބުއްޅަބޭ؟

   5
   3
   • ހުދުހުދު

    ލާދީނީ އަންނި