ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގ އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ލޯބި ދެމަފިރިންނެވެ. މި ދެމަފިރިންގެ ކައިވެންޏަށް އަހަރެއްހާ ވާން ކައިރިވެފައިވާއިރު، މި ދެމަފިރިން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާކަން މީސް މީޑިއާއަށް ދޫކޮށްލާ ޕޯސްޓުތަކުން އިނދެއެވެ.

ދާދި ފަހުން ދިން އިންޓަވިއެއްގައި ދިޕިކާ ވަނީ ރަންވީރު އާއެކު ދަރިން ހޯދަައި އާއިލާއެއް ބިނާ ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

ދިޕިކާ ބުނީ، އޭނާ އާ ކޮއްކޮއަށް ބަލާބޮޑުކޮށްފައި ވަނީ މަސައްކަތުގައި މަޝްއޫލުވެގެން އުޅުނު މައިންބަފައިން ކަމަށެެވެ. އަދި ދިޕިކާ ބުނީ، އޭނާގެ މައިންބަފައިން އެ މީހުން ބަލާބޮޑުކޮށްފައި ވަނީ ވަރަށް ލޯބިން ކަމަށާއި، މައިންބަފައިން އެ މީހުންނަށް ވަގުތުވެސް ދިން ކަމަށެވެ.

ދިޕިކާ ބޭނުންވަނީ, އޭނާ ދަރިން އެގޮތަށް ގެންގުޅޭށެވެ.

އޭނާ ބުނީ، އުއްމީދު ކުރަނީ ރަންްވީރުއާއެކު އާއިލާއެއް ބިނާ ކުރުން ކަމަށާއި، ބޭނުންވާ ގޮތަށް އެކަންކަން ދާނެ ކަމަށެވެ.

އޭނާ ބޭނުންވަނީ ކިތައް ދަރިން ކަން ހާމަކޮށްފައެއް ނުވެއެވެ. ބައެއް ފިލްމީ ތަރިން ކައިވެންޏަށްފަހު އެ މީހުން ބޭނުންވަނީ ކިތައް ދަރިންކަން ހާމަކުރެއެވެ.

ދިޕިކާ މިހާރުވެސް ދަނީ ބައެއް ފިލްމްތަކުގައި މަސައްކަތް ކުރަމުންނެވެ. އަދި ރަންވީރުވެސް ބައެއް ފިލްމްތައް ކުރިއަށް އެބަހުއްޓެވެ.