އެމެރިކާ އަށް ނިސްބަތްވާ ސުޕާ މޮޑެލް އެއް ކަމުގައިވާ ބެލާ ހަޑީޑް އަކީ ދުނިޔޭގެ އެންމެ ރީތި އަންހެނާ ކަމަށް ސައިންސްގެ އަލީގައި ނިންމައިފިއެވެ.

2016ވަނަ އަހަރު އެމެރިކާގެ މޮޑެލް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން "މޮޑެލް އޮފް ދަ އިޔާ"ގެ އެވޯޑަށްވެސް ހޮވާފައިވާ ބެލާ ހަޑީޑް އަކީ އާއްމުންގެ މެދުގައި ވަރަށް މަގުބޫލު ފަރާތަކަށް ވާއިރު، އޭނާ އަކީ ދުނިޔޭގެ އެންމެ ރީތި އަންހެން މީހާ ކަމަށް ނިންމާފައި ވަނީ ބެލާގެ ބުރުސޫރަ އަށާއި ހަށިގަނޑުގެ ބައްޓަމަށް ބަލައިފައެވެ.

މިކަން ނިންމާފައި ވަނީ ދުނިޔެ އަށް މަޝްހޫރު ފޭޝަލް ކޮސްމެޓިކް ސާޖަން އެއް ކަމުގައިވާ ޑރ. ހޫލިއަން ޑި ސިލްވާއެވެ. ޑރ. ހޫލިއަން މިކަން ކުރުމަށް ބޭނުން ކޮށްފައި ވަނީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލެޖީ ކަމުގައި ވާއިރު، އޭނާގެ ލިސްޓުގެ ނަތީޖާތައް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ބެލާ ހަޑީޑް

އިހު ޒަމާނުގެ ގްރީސް މީހުން "ޕާފެކްޓް" ނުވަތަ ފުރިހަމަ އަންހެނެއްގެ ގޮތުގައި ގަބޫލު ކުރާ ސިފަތައް އެންމެ ބޮޑަށް ފެނުނީ ބެލާ ފަރާތުންނެވެ. މިގޮތުން އޭނާ އަށް ވަނީ 94.35% ލިބިފައެވެ. މި ލިސްޓުގެ ދެވަނަ ލިބިފައި ވަނީ ލަވަކިޔުންތެރިޔާ ބެޔޯންސޭ އަށް ކަމުގައި ވާއިރު އޭނާ އަށް ލިބިފައި ވަނީ 92.44%އެވެ. އަދި 3ވަނަ ލިބުނު އެކްޓަރު އެމްބާ ހާޑް އަށް ލިބުނީ 91.8%އެވެ.

އުމުރުން 23 އަހަރުގެ ބެލާ އަކީ ދުނިޔޭގެ އެންމެ ރީތި އަންހެން މީހާ ކަމަށް ސައިންސްވެރިން ވެސް ގަބޫލު ކުރާ ކޮމްޕިއުޓާ ޕްރޮގްރާމެއްގެ އެހީގައި ކަނޑއަޅާފައި ވާއިރު، ރާއްޖޭގައިވެސް ބެލާ އަށް ހިތް ކިޔައިގެން އުޅޭ ފިރިހެނުން މަދު ނޫންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ލަންޑަނުގައި އަހަރެމެންގެ ތެރެއިން އާވާރާއަކު ނުވިހާ އޮޕަރޭޝަން ކުރިއްޔާ ސައިންސްގެ އަލީގައި އެންމެ ރީތި މީހަކު ހޯދިދާނެ! ގޯހެއްނޫން ތިގޮތެއް!

    11
    1