އަހަރުމެންގެ ތެރޭގައި ތިބި، ނިޔަފަތި ކިރިޔާ ދިގުވާއިރަށް ކާލާ ކުދިންނަކީ ކޮބާ ހެއްޔެވެ؟

ނިޔަފަތި ކެއުމަކީ އަހަރުމެންގެ ތެރޭ ގިނަމީހުން މިހާރުވެސް ކުރަމުން އަންނަ، ނުހުއްޓިފައިވާ ސިފައެކެވެ. އަޅުގަނޑުމެން އެބަޖެހޭ މިކަމުގެ ސަބަބުން އޮތީ ކޮންފައިދާ އެއްތޯ ނުވަތަ ގެއްލުމެއްތޯވެސް ބަލަން އެހެން ނޫންތޯ؟

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ނިޔަފަތި ކެއުމުން ސިއްހަތަށް ފައިދާވެސް ކުރެއެވެ. އެގޮތުން ނިޔަފަތި ކެއުމުގެ ސަބަބުން ބައެއް ކަހަލަ އާދައިގެ ބެކްޓީރިއާ ހަށިގަނޑުގެ އެތެރެއަށް ވަނުމާއި އެކު ދިފާއީ ނިޒާމަށް އެއެއްޗިއްސާއި ހަނގުރާމަކޮށް ގަދަވެގަތުމަށް ދަސްވެގެން ދާނެއެވެ. އަދި އެގޮތަށް އާދަވަމުން ދާވަރަކަށް ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަވެ އެފަދަ ބެކްޓީރިއާ ނައްތާލުމަށްވެސް އާދަވެ ފަސޭހަވެގެންދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.

އެހެން ނަމަވެސް އަޅުގަނޑުމެން މިކުރަމުން އަންނަ ނިޔަފަތި ކެއުމުގެ ސިފައަކީ ތަހުޒީބުވެފައިވާ ޒަމާނެއްގައި ބޮޑެތި މީހުންގެ ފަރާތުން ނުފެނި ކުޑަކުދިންގެ ފަރާތުން ފެންނަން ޖެހޭ ކަމަށެވެ. އެކަމަކު މިއަދު ފެނިގެން މިދަނީ މިޔާ އިދިކޮޅެވެ. ހުރިހާ އުމުރެއްގެ މީހުންވެސް ނިޔަފަތި ކަމުން އަންނަ މަންޒަރެވެ.

ނިޔަފަތި ކެއުމުން އިންސާނާގެ ދިފާއީ ނިޒާމް ވަރުގަދަ ވެގެންދާނެ ކަމަށް ދައްކާފައި އޮތް ނަަމަވެސް ގިނަ ޑޮކްޓަރުން ބުނާ ގޮތުގައި ނިޔަފަތި ކެއުމަކީ ބަލިތައް ފެތުރެން މެދުވެރި ކުރުވާ ކަމެކެވެ.

ބައެއް ފަރާތްތަކުން ކައިރިން ކީއްވެގެންތޯ ނިޔަފަތި ކަނީ އަހާލީމާ އެންމެންވެސް ބުނަމުން އަންނަނީ މީރު ކަމުން ކަމަށެވެ. އެހެންނަމަވެސް ނިޔަފަތި ކެއުމަކީ އަދިވެސް ކުރުން ރަނގަޅު ކަމެއް ނޫނެވެ، ތިމާގެ ރައްޓެއްސަކު މިކަން ކުރާނަމަ ހުއްޓާލުމަށް ނަސޭހަތްތެރިވާށެވެ.