ކައިވެނީގެ ކުރިން އެއްތަނެއްގައި ރަންވީރު ސިންގްއާއެކު ލިވިންގ ރިލޭޝަންޝިޕެއްގައި އުޅެން ބޭނުންނުވި ސަބަބު ބޮލީވުޑްގެ އެންމެ އަގުބޮޑު އެއް ފިލްމީ ތަރި، ދިޕިކާ ޕާޑުކޯން ހާމަކޮށްފިއެވެ.

އެންމެ ފަހުން ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގެ ތެރެއިން އެ ދެމީހުން އިނުމުގެ ކުރިން ދިޕިކާ އަދި ރަންވީރު އެއްތަނެއްގައި އުޅެން ބޭނުން ނުވި ސަބަބު އެހުމުން އޭނާ ބުނެފައި ވަނީ އެކުގައި އުޅެން ބޭނުން ނުވީ، އިނުމުގެ ކުރިން އެކުގައި އުޅުންނަމަ އޭގެ ފަހުން ދެމީހުން އެކަކު އަނެކެއް ދަސްކުރާނެ ފުރުސަތެއް ނުލިބޭނެތީ ކަމަށެވެ. އަދި މިހާރު ކުރިން ރަންވީރުގެ ކިބައިން ނުފެންނަ ބައެއް ކަންކަން ފެންނަ ކަމަށާއި އެއީ ރަންވީރު ދަސްކުރުމަށް އޭނާ އަށް ލިބޭނެ ރަނގަޅު ފުރުސަތުތަކެއް ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ ދެމީހުން އިނުމުގެ ކުރިން އެކަކު އަނެކަކު ދަސްކުރަން ޖެހޭނެ ކަމަށް އޭނާ ނުދެކޭ ކަމަށެވެ. އަދި ކައިވެނީގެ ފަހުން ފެންނަ ކަންކަމުގެ ސަބަބުން އުފާވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ދީޕިކާ އަކީ އިންޑިއާގެ ވެރިކަން ކުރާ އަވަށް، މުންބާއީ އަދި ބޭރުގެ ގައުމުތަކުގައިވެސް ގެދޮރު ހުންނަ މުއްސަނދި ތަރިއެކެވެ. ދީޕިކާ އަދި ރަންބީރު ޒަވާޖީ ހަޔާތެއް ފަށިތާ މިއަންނަ މަހު 14 ވަނަ ދުވަހަށް އަހަރު ފުރޭނެއެވެ. ދެމަފިރިން އެކުގައި އެދުވަސް ކުލަގަދަކޮށް ފާހަގަ ކުރާނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.