ޑޭޓަކަށް ދާންވެގެން އަމިއްލަ ދަރިއަށް އަނިޔާކޮށް ސީރިއަސް ޒަޚަމްތަކެއް ދިނުމަށްފަހު އެއްލާލައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ޔޫކްރޭންގައެވެ. މިހާދިސާގައި އަނިޔާކޮށްފައިވާ ކުއްޖާގެ އުމުރުން އަދި މަހެއްވެސް ނުވެއެވެ. އެއީ 19 އަހަރުގެ އަންހެނަކަށް ލިބިފައިވާ ދަރިއެކެވެ. އެކުއްޖާއަށް އަނިޔާކުރީ ކުއްޖާގެ މަންމަ ޑޭޓަކަށް ދާން ވެގެން ނުދެވުނީމައެވެ.

ތުއްތު ކުއްޖާއަށް އަނިޔާކޮށް މަރުވާން އެއްލާލާފައި ކުއްޖާގެ މަންމަ ދިޔައީ ޑޭޓަކަށެވެ. ކުއްޖާ ފެނުނީ އަވަށްޓެރިންތަކަކަށެވެ. އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުއްޖާގެ ހާލަތު ފެނުމުން އެކަކު ވަނީ ހޭނެތިގެން ވެއްޓިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކުއްޖާއަށް ދިން އަނިޔާގެ ސަބަބުން ކުއްޖާ މަރުނުވެ އޮތީ ކިރިޔާއެވެ. އަދި އަވަށްޓެރިންނަށް ކުއްޖާ ފެނުނު އިރު ކުއްޖާގެ ދެލޯ ދުޅަވެ ކަޅުވެފައިވާ ކަމަށާއި ނޭފަތުގެ ތެރޭގައި ލޭ ގަނޑުގެ ނޭވާލާން ކުއްޖާއަށް ދަތިވެފައިވާ ކަމަށް ވެއެވެ.

މިމައްސަލަ އެގައުމުގެ ފުލުހުން ބަލަމުންދާއިރު ކުއްޖާގެ މަންމަ ވަނީ މިހާރު ތަހުގީގަށް ހާޒިރު ކޮށްފައެވެ.

އެކުއްޖާއަށް ފަރުވާ ދޭ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ކުއްޖާގެ ބޮލުގެ ނާށިގަނޑުގައި ވަނީ ރެނދުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    ތީ އަސްލު ހައްދުފަހަނައެޅި މީހުންނަކީ....އިސްލާމްދީނާ އެއްގޮތަށް އުޅޭމީހުންނެއްނޫން.......ހައްދުފަހަނަ އެޅިމީހުންނަކީ އިނގިއްޖެ ލާދީނީ ނަސީދު.....

    31
    9
    • ލައިލާ...

      ކަލޭ ކަމެއްވާ އިރައް ނަސީދު އާ ބެހެން ޖެހޭތަ..ވަގުތު މީހުން މި ކޮމެންޓު ނުޖަހާނެ ކަން މަށަށް އިގޭ....ޔާމިނުގެ ޕަޕެޓުން...

      12
      18
      • މޯދީ

        ނަޝީދަކީ ލާދީނީ ޓެރަރިސްޓެއް

        19
        8
  2. ބާބޫ

    ރަޙްމްކުޑަމައެއްދޯ އެކަމަކުވާ އެ ދަރިފުޅަށް އެނގޭނީ ކޮންއެއްޗެއްދޯ ބައެއް މައިންގެ ލަގޮނޑިއަށް ކެއްކުރެވޭދޯ
    މާތްﷲ އެ ތުއްތު ތުއްތު ކުއްޖާފުޅަށް ހެޔޮރަޙްމަތް ލައްވާށި އާމީން

    47
    • އަޅުގަނޑު

      ޔާﷲ އާމީން