ރަޝިއާގެ އަންހެނަކު ވިހަން ދިއުމުން، ވިހެއުމުގެ ތެރޭގައި ޑޮކްޓަރަށް އޮޅިގެން އޭނާގެ ރަހިމު ނަގައިފިއެވެ.

މިކަން ލައިގަތީ ރަޝިއާއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އަލީސާ ޓެޕިކީނާ ނަމަަކަށް ކިޔާ އަންހެނަކާއެވެ. ޚަބަރުތައް ބުނާ ގޮތުގައި ޑޮކްޓަރަށް ނޭނގި ކުރެވުނު ކަމުގެ ސަބަބުން، އެ އަންހެން މީހާ ވަނީ މިހާރު މަރުވެފައެވެ. އޭނާ މަރުވީ، ރަޙިމު އެއްކޮށް ނެގުމުގެ ސަބަބުން ވި ތަދުގައި ކޯމާއަކަށް ގޮސް ހާޓް އެޓޭކެއް ޖެހިގެންނެވެ.

އެ އަންހެން މީހާގެ ރަޙިމު ނަގާފައިވަނީ، ބަނޑުބޮޑު ވުމުން ބަނޑު ތެރޭގައި އުފެދޭ މަސް ނެގުމަށް ޑޮކްޓަރު މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި އޮޅިގެންނެވެ.

ޓެޕިކީނާގެ ރަޙިމު ނެގުމުގެ ކުރިން އޭނާގެ ދަރިފުޅާ ދިމާލަށް ބަލައި ހިނިތުންވެލިއެވެ. އެއީ އޭނާ އަށް އޭނާގެ ދަރިފުޅާއެކު ހޭދަކުރެވުނު ހަމައެކަނި ވަގުތުކޮޅެވެ.

ރަޙިމު އެއްކޮށް ހަށިގަނޑާ ވަކިކޮށް ނެގުމަށްފަހު ޓެޕިކީނާގެ ހާލު ސީރިއަސް ވާން ފެށުމުން ޑޮކްޓަރު ވަނީ އަލުން އަނބުރާ ރަޙިމު އޭނާގެ ހަށިގަނޑުތެރެއަށް ލާން މަސައްކަތްކޮށްފައެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން އޭނާ ވިއްސި ޑޮކްޓަރާ ދެކޮޅަށް ޓެޕިކީނާގެ އާއިލާގެ ފަރާތުން ވަނީ ކޯޓުގައި މައްސަލަ ހުށަހަޅާފައެވެ. ޚަބަރުތައް ބުނާ ގޮތުގައި އެމައްސަލާގައި 27 އަހަރުގެ އެ ޑޮކްޓަރަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އޭނާގެ މައްޗަށް ކުރަނީ ފަރުވާކުޑަވުމާއި އިހުމާލުވުމުގެ ތުހުމަތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޅުގަނޑު

    ޔާﷲ