ރާއްޖޭގެ 40 އަހަރާއި 49 އަހަރާ ދެމެދުގެ އުމުރުފުރައިގެ އާބާދީގެ މީހުންގެ ތެރެއިން ގިނައީ ފަލަ މީހުން ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

ޑަބްލިއު އެޗްއޯގެ ރާއްޖޭގެ ގޮފިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގެ އާބާދީގެ އުމުރުން 40 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ 69 ޕަސެންޓަކީ ފަލަ މީހުން ކަމަށާއި 53 ޕަސެންޓު ފިރިހެނުންނަކީ ފަލަ މީހުން ކަމަށެވެ. އަދި އެކަމަކީ ގައިން ގަޔަށް ނާރާ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމެއް ކަން ފާހަގަކޮށްފައިވެއެވެ.

އަދި ފަލަވުމުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ކަސްރަތު ކުރުމަކީ މުހިއްމު ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އެޖަމިއްޔާއިން މިހެން ބުނީ "މިޝަން ފިޓް މޯލްޑިވްސް" އަކީ ރާއްޖެއަށް ފައިދާކުރާނެ ހަރަކާތެއްކަން ފާހަގަކުރަމުންނެވެ.

ޔޫތް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ރާއްޖޭގައި ފަށާފައިވާ "މިޝަން ފިޓް މޯލްޑިވްސް" ސިއްހަތު ޖަމިއްޔާއިން އެންޑޯޒް ކުރުމާ ގުޅިގެން މިނިސްޓަރ އަހުމަދު މަހުލޫފްވަނީ ސިއްހަތު ޖަމިއްޔާއަށް ޝުކުރު ދަންނަވާފައެވެ.

މަހުލޫފް ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތައް ޖެހޭ މިންވަރު މަދު ކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި އެ ކެމްޕެއިން މެދުވެރިކޮށް ރަނގަޅު ބަދަލެއް ދިވެހި މުޖުތަމައަށް އައިސްގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެ ކެމްޕޭނު ފެށުމަށް ޔޫތް މިނިސްޓްރީން ވަނީ މަޝްހޫރު ބޮލީވުޑްގެ ތަރި، ސުނިލް ޝެއްޓީ އެ ކެމްޕޭނުގެ އެމްބެސެޑަރަކަށް އައްޔަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދޮންބެ

  އެއީ ފަލަވަނީއެެއްނޫން 40އަހަރާ 49 އަހަރާ ދެމެދުގެ ހުރިހާ އެންމެން މާބަނޑުވީ އ ފ ވެސް

  3
  2
  • ކިޔާ

   ހައްހާ.....އަސްލުވެސް.

 2. ޚކ

  ނުވަމަސް ފަހުން ވިހާނެތާ!

 3. ހުސޭނުބޭ

  މަށަކީ މީގެ މަސްދުވަސްކުރިން މަގޫ ދަނޑިގަނޑެއްހެން ހުރި މީހެއް! މަހްލޫފް ސުނިލްޝެޓީ ގެންނަ ވާހަކަދެއްކިފަހުން ކުއްލިއަކަށް ފަލަވަންފެށީ! މިހާރު ގައިގާ 95 ކިލޯ އެބަހުރި! ދެން ކިހިނެއްހަދާނީ! ސުނިލްޝެޓީ އަންނަންދެން މަޑުކުރާނީތަ؟ ނޫނީ މްހުލޫފް ކައިރިއަށް ކަސްތަރު ޕްރޮގްރާމަކަށް ދާނީތަ؟

 4. ރިޔާސާ

  ގއ.ކޮލަމާފުށީގަވެސް ފަލަ މީހުންތިބޭ.މަހުލޫފު ޕުލީޒް ކޮލަމާފުށީގައި އައުޓްޑޯ ޖިމެއް ހަދައިދީބަލަ...