ސްޓާ ޕްލަސް ޗެނަލް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި ކީރްތީގެ ރޯލުން މަގްބޫލުކަން ހޯދާފައިވާ، މޮހެނާ ކުމާރީ ކައިވެނި ކޮށްފި އެވެ.

ކީރްތީ ކައިވެނި ކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާއާ ކައިވެނި ކުރީ ފިލްމީ ދާއިރާއަށް ނިސްބަތް ނުވާ އަދި އަދި އާމުންނައް ވަރަށް އާ މޫނެއް ކަމައްވާ ސުޔޭޝް ރާވަތު ކިޔާ މިހަކާ އެވެ. އިންޑިއާގެ ސަގާފަތާ އެއްގޮތަށް ކުރި ކައިވެނީގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ކީރްތީ ފެނިގެންދަނީ ރަތް ކުލައިގެ ލެހެންގާއެއް ލައިގެން ހުއްޓާއެވެ. އަދި ގިނަ އަދަދެއްގެ ގަހަނާ ވެސް އަޅާފައި ޒީނަތްތެރިވެފައި ހުއްޓެވެ.

ކްރިތީގެ ފިރިމީހާ ފެނިގެންދިޔައީ އާންމު ގޮތެއްގައި އިންޑިއާ މިހުން ލާއުޅޭ ކަހަލަ ހުދު ކުލައިގެ ކުރުތާއެއްގަ އެވެ.

ކީރްތީއަކީ މަދްޔާ ޕްރަދޭޝްގެ ރޭވާއަށް އުފަން ޝާހީ އާއިލާއަކަށް ނިސްބަތްވާ ތަރިއެކެވެ. ކްރިތީ ކައިވެނި ކޮށްފައިވަނީ އޭނާ އިޚްތިޔާރު ކުރި މީހަކާ ނޫނެވެ. އޭނާ ކައިވެނިކޮށްފައި އެ ވަނީ އާއިލާ މީހުން ދެއްކި މީހަކާ އެވެ. ކައިވެނި ކުރީ ކޮން ދާއިރާއަކަށް ނިސްބަތްވާ މީހަކާ ކަމެއް އޭނާ ހާމައެއް ނުކުރެއެވެ.

ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ އަކީ ދިވެހިންގެ މެދުގައި ވެސް މަގުބޫލު ޑްރާމާއެކެވެ. އޭގައި ކީރްތީ ފެނިގެންދަނީ ނަކްޝްގެ އަނބިމީހާގެ ރޯލުންނެވެ. އެގޮތުން އަސްލު ދިރިއުޅުމުގައި ވެސް ނަކްޝް (ރިޝީ ދޭވް) އާއި ކީރްތީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތަކެއް ސޯޝިއަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު