މަޝްހޫރު ފިލްމު ޑައިރެކްޓަރު މަނީ ރަތުނަމްގެ "ޕޮންނިޔިން ސެލްވަން" ނަމަކަށް ކިޔާ ތަމަޅަ ފިލްމެއް ކުޅެން އައިޝްވަރިޔާ ރާއީ އެއްބަސްވެ ސޮއި ކޮށްފި އެވެ.

އެކަން ޔަގީން ކޮށްދެމުން އައިޝްވަރިޔާ ބުނީ މަނީ ރަތުނަމް އަކީ އޭނާއަށް މަގު ދައްކައި ދިން އެދުރެއް ކަމަށެވެ. އަދި އަބަދުވެސް އޭނާއާއެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބުމަކީ އަމިއްލަ ނަފްސައް ލިބޭ ފަހުރެއް ކަމުގައެވެ.

މި ފިލްމު ބިނާ ކޮށްފައިވަނީ ކަލްކީ ކްރިޝްނާމުރްތީ ކިޔަ ފޮތެއްގައި ބަޔާން ކޮށްފައިވާ ކަންކަމުގެ މައްޗަަށެވެ. ގިނަ ދުވަސް ތަކަކަށް ފަހު ފިލްމެއް ކުޅެން އެއްބަސް ނުވެ އަދި ސޮއި ވެސް ނުކޮށް ހުރުމަށްފަހު ސޮއި ކުރީ އައިޝްވަރިޔާ ގެ ފޭނުންނަށް ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އަދި އައިޝްވަރިޔާ އާ ފިލްމެއް ފަށާކަން އެނގުމުން އޭނާގެ ފޭނުން ވަނީ ވަރަށް އުފާވެފަ އެވެ. ޚާއްސަކޮށް މަނީ ރަތުނަމް ޑައިރެކްޓްކުރާ ފިލްމެއް އައިޝްވަރިޔާ ކުޅުމަކީ ގިނަ ބަޔަކު އަބަދުވެސް ވަރަށް އެދޭ ކަމަކަށް ވެފައި ވާއިރު މިފަހަރު އައިޝްވަރިޔާ މި ފިލްމްއިން ފެނުމަކީގިނަބަޔަކު ދެކެން ބޭނުންވި ކަމެކެވެ.
"ޕޮންނިޔިން ސެލްވަން" ގައި އައިޝްވަރިޔާ ކުޅެނީ އޭގެ ޑަބަލް ރޯލު ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ. އަދި މިއީ އައިޝްވެރިޔާ މަނީ ރަތުނަމްގެ ފިލްމެއްގައި މަސައްކަތްކުރާ ހަތަރު ވަނަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެ އެވެ.

އައިޝްވަރިޔާ މިދާއިރާއައް ތައާރަފްވީ ވެސް މަނީ ރަތުނަމްގެ ފިލްމަކުންނެވެ. އެއީ ތަމަޅަ ފިލްމެއް ކަމަށްވާ "އިރުވަރް" އެވެ. އޭގެ ފަހުން މަނީ އުފެއްދި ހިންދީ ފިލްމު "ގުރޫ" އާއި "ރާވަން" ގެ މެއިން ރޯލު އައިޝްވަރިޔާ ވަނީ ކުޅެފައިކަންވެސް ފާހަގަ ކޮއްލެވެއެވެ.