ބޮލީވުޑްގެ މަޝްހޫރު މެގަ ސްޓަރ އަމީތާބް ބަޗަންއަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަތާ ތިން ވަރަކަށް ދުވަސްވެފައިވާކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އޭނާއަށް ފަރުވާދެމުން ދަނީ މުމްބާއި ސިޓީ ހޮސްޕިޓަލުގައެވެ. ފުރަމޭގައި މައްސަލަތަކެއް ޖެހި، އޭނާގެ ހާލު ގޯސްވެގެން ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ އަންގާރަ ދުވަހުގެ ދަންވަރު ދޭއް ޖެހި އިރުއެެވެ.

އޭނާއަށް ފަރުވާދެމުން ދަނީ ފުރަމޭގެ މައްސަލަޖެހިގެން ކަމަށް ހޮސްޕިޓަލުން ބުނެފައިވާކަަމަށް ރިޕޯޓްތައް ބުނެއެވެ.

އަމީތާބް މީގެ ކުރިންވެސް އޭނާގެ ފުރަމޭގައި މައްސަލަތަކެއް ޖެހިގެން ފަރުވާހޯދާފައި ވެއެވެ. 1982 ވަނަ އަހަރު ހިނގާދިޔަ އެކްސިޑެންޓަކަށްފަހު، އަބީމާތް އަށް ހެޕަޓައިޓިސް ބީ ޖެހުނެެވެ. އޭނާއަށް އެ ބަލި ޖެހުނީ ލޭ ބޭނުންވެގެން އުޅުމުން، އޭނާއަށް ލޭ ހެޕަޓިޓިސް ބީ އަށް ޕޮޒިޓިވް ވެފައި ހުރި މީހެއްގެ ލޭ އޭނާއަށް ހަދިޔާ ކުރުމުންނެވެ.

އެކަން ހިނގާދިޔަ ފަހުން، އޭނާގެ ފުރަމޭގެ 75 އިންސައްތަ ވަނީ މަސައްކަތް ހުއްޓިފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އަމީބާތްގެ އާއިލާއިން އޭނާގެ ގާތަށް ގިނަގިނައިން މިހާރު ޒިޔާރަތް ކުރެއެވެ. އޭނާއަށް ފަރުވާދެމުން ދަނީ އައިސީޔޫއާ ކައިރި ކޮޓަރިއަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާ ހޮސްޕިޓަލްގައި އެޑްމީޓް ކުރި ފަހުން އަދި މިހާތަނަށް އެއްވެސް އެކްޓަރެއް އޭނާގެ ގާތަށް ޒިޔާރަތްކޮށްފައިނުވާކަމަށް ވެއެވެ. އެއީ އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމުގެ މައުލޫމާތު ނުލިބޭތީ ކަމަށް ހަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފާއިޒު

  ކޮބާ ޔޫތު މިނިސްޓަރ މަހުލޫފު. ކޮން އިރަކުން ބާ ދަނީ

 2. ޖާޒީރާ ބޯއީ

  ބަލަގަ ދިވެހިރާއްޖެ މިފަހުގެ ތާރީހުގައި ދުއް އެންމެމޮޅު އެކަޓާރ އަދި ޕްލޭބެކް ސިގަރ މަހުލޫފު ވެސް ޒިޔާރަތް ކުރި.

 3. ސައްދާމް

  މަހުލޫފު ދާތަނެއް ވެއްޖެއްޔާ އޮންނާނި ފަނިވެފައި. މިފަހަރު ބިގްބީ ފަނިކޮށްލާފައި އެއައީ.

  1
  1