ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގައި މަސައްކަތް ކުރުމަކީ ދިވެހިން އެހައި ބަލައިގެންފައިވާ މަސައްކަތެއް ނޫނެވެ. ކުނިއުކުމަކީ ހަޑި މަސައްކަތެއް ނޫންކަމަށް އެންމެން ފޭސްބުކްގައި ކޮމެންޓް ކުރަމުން ގެންދިޔަ ނަމަވެސް އަމަލީ ގޮތުން އެއީ ހަޑި މަސައްކަތެއް ނޫންކަން ގަބޫލުކުރަނީ ވަރަށް މަދުބައެކެވެ. ފެންނަ މަންޒަރުތަކަށް ބަލާފައި ބުނެވެން އޮތީ މިހެންނެވެ. ހާއްސަކޮށް ކުނި ގެތަކުން ނެރެ ކުނިލޮރީތަކަށް ކުނި ބަރުކުރުމުގެ މަސައްކަތުން ޒުވާނަކު ނުފެނާނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެން ނަމަވެސް މަޖުބޫރުކަމެއް ނެތި ކުރާހިތުން އެކުންފުނީގައި ކަލެކްޓާއެއްގެ މަގާމް އަދާކުރަމުންދާ އިސްމާއިލް އަޔާޒް މުޅިން ތަފާތެވެ.

އަޔާޒަކީ ހދ. ކުޅުދުއްފުއްޓަށް އުފަން އުމުރުން 18 އަހަރުގެ ޒުވާން ފިރިހެން ކުއްޖެކެވެ. ރަށުން އޯލެވެލް އާހަމަޔަށް ކިޔަވައިފައި ވާކަމަށް އޭނާ ކިޔައިދިނެވެ. އަޔާޒް ބުނިގޮތުގައި ވެމްކޯއިން ވަޒީފާ ހޯދީ މަސައްކަތެއް ކުރަން ބޭނުންވާތީއެވެ. އެހެން ޒުވާނުން ފަދައިން މައިންބަފައިންނާއި އާއިލާއަށް ބުރަވެ މަސައްކަތް ނުކޮށް ހުންނާކަން އޭނާ ބޭނުމެއް ނޫނެވެ. އޭނާ ވަޒީފާއެއް ހޯދުމަށް މާލެ އައުމަށް ތައްޔާރުވެ މާލޭގައި ދިރިއުޅެމުންދާ އޭނާގެ ބޭބެއަކަށް ގުޅައި ވެމްކޯއިން ވަޒީފާއެއް ހޯދައިދިނުމަށް އިސްވެ އަހާފައިވާނޭ ކަމަށް އޭނާ ބުންޏެވެ.

އަޔާޒް މަންމައާއެކު

"ދެން މާލެ ދާން ވެގެން ބޭބެއަކަށް ގުޅާފައި ބުނިން ވެމްކޯ އިން ވަޒީފާއެއް ހޯދައިދޭން. ބުނީމަ ބޭބެ ހޯދައިދިނީ މިވަޒީފާ. ހަމަ ވަރަށް ސަޅި މިކަން" އޭނާ ކިޔައިދިނެވެ.

އަޔާޒް އިތުރަށް ކިޔައިދިން ގޮތުގައި އޭނާ އަދި ކައިވެންޏެއް ކޮށްފައެއް ނުވެއެވެ. އެހެން ކަމުން ލިބޭ އާމްދަނީ އިން ހަމަޖެހިލައިގެން އުޅެވޭ ކަމަށް އޭނާ ބުންޏެވެ. އަޔާޒް ބުނިގޮތުގައި ކުޑައިރު އެންމެ ބޭނުންވީ ބޯޓު ދަތުރު ކުރާ މީހަކަށް ވާށެވެ. އެއީ އޭނާގެ ބައްޕަވެސް ކުރި މަސައްކަތް ކަމުން އެމަސައްކަތަކީ ކުޑައިރުންސުރެ މިހާ ހިސާބަށްވެސް އެންމެ ކުރާ ހިތްވާ މަސައްކަތެވެ. އަދި މިހާރުވެސް އެފަދަ ވަޒީފާއަކުން ފުރުސަތެއް ލިބިއްޖެ ނަމަ އުފަލުން ބަލައިގަންނާނެ ކަމަށް އޭނާ ބުނެއެވެ.

އަޔާޒް ބުނިގޮތުގައި އޭނާގެ ގާތް ރަހުމަތްތެރިންނާއި އާއިލާއިން އޭނާ ކުރަމުންދާ މަސައްކަތް ބަލައިގަނެއެވެ. އަދި އެންމެންގެ ފަރާތުންވެސް އެއްބާރުލުން ލިބެމުންދާކަމަށާއި ކުރިޔަށް އޮތް މުސްތަގުބަލުގައި ވެމްކޯއިން ކުރިއެރުން ބޭނުންވާކަމަށް އޭނާ ބުންޏެވެ.

އަޔާޒް އަށް މިހާރު ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ. ދިވެހިންތަކެއް ފޭސްބުކުގައި ހިންގާ ޕޭޖަކުން އޭނާގެ ވާހަކަ އާންމުކުރުމާއެކު ގިނަ ބަޔަކު އަންނަނީ ތައުރީފުގެ ކޮމެންޓުތައް ބަންޑުން ކުރަމުންނެވެ. އެމީހުން ބުނަމުން އަންނަނީ އަޔާޒްފަދަ ޒުވާން ކުއްޖަކު ކުރަމުން ގެންދާ މަސައްކަތާ މެދު ފަހުރުވެރިވާކަމަށެވެ. އަދި ކުރިޔަށް އޮތް މުސަތަގުބަލުގައި އޭނާއަށް ކުއިއެރުން ދެއްވުމަށް އެމީހުން ވަނީ ދުއާކޮށްފައެވެ.

"ވެމްކޯގެ މަސައްކަތަކީ ހަޑިކަމެއް ނޫން. އެއީ ދިވެހި ރާއްޖޭގައި އެންމެ ރީތި މަސައްކަތް. މިހެން މިބުނީ ވެމްކޯގެ މުވައްޒަފުންނަކީ މުޅި ރާއްޖެ ސާފުކޮށް އަދި އެހެން މީހުންގެ ގެދޮރު ސާފުކޮށް ބޭއްވުމަށް އެހީތެރިވާ ބައެއް ކަމަށް ވާތީ" ކޮމެއްޓު ކުރި މީހުންގެ ތެރެއިން އެކަކު ބުނެފައިވެއެވެ.

އަޔާޒް

އަޔާޒްފަދަ އެތައް މަސައްކަތްތެރި ކެރޭ އަދި ހީވާގި ޒުވާނުން މިގައުމުގައި އެބަތިއްބެވެ. އެގޮތުން ފާހަގަކޮށްލެވޭ ޒުވާން މަސްވެރިންނާއި އަދި އެހެނިހެން ދާއިރާތަކުގައިވެސް ޒުވާން މަސައްކަތްތެރިން ހިމެނެއެެވެ.

އެފަދަ ކޮންމެ ޒުވާނަކުވެސް ބުނަމުންދަނީ އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫން ކަމަށާއި ބޭނުުންވަނީ ހަލާލް ފައިސާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ހިތްވަރު

    ތިބުނީ ކުޅުދުއްފުއްޓޭނު! ކުޅުދުއްފުށީ ލޭގައި ހުންނަ ހިތްވަރަކީ، އާދަޔާ ޚިލާފު ހިތްވަރެކެވެ. އެއީ ފިސާރި ޖެހިލުން ކުޑަ، މުރާލި އަދި ހިތްވަރުގަދަ ބައެކެވެ.

    168
    6
  2. ާއަހުމަދު

    ސާބަސް އަޔާޒް އަށް ތީދިވެހިން ފަހުރުވެރިވާ ޒުވާނެއް.

    155
    2
  3. ޒުވާނާ

    ސާބަހޭ ދަރިޔާ

    130
  4. މައިކް

    ސާބަހޭ ވަރަށް ރަގަޅު ތިޔައީ ދިވެހި ދަރިންނަކީ

    125
  5. ޔުމް

    އައިއޭމް ޕްރައުޑް އޮފް ޔޫ، ގްރޭޓް ވޯކް، ކީޕް އިޓް އަޕް ޑިއާ..

    126
    1
  6. ދޮންބެ

    އަސްލު ޒުވާނުންނަކީ ތީ އެކަމަކު ރާއްޖޭގައި މާނަ އޮޅިފަ ހުރި ބައެއް ބަސްތައް..
    1، ޒުވާނުން... ތެދައްހިނަގަން ނޭންގޭ ޅަފުރާގެ ފިރިހެނުންނާއި އަންހެނުން.
    2، މިނިވަން ފިކުރު... ދީނަށް ފުރައްސާރަ ކުރާ މީހުން.
    3، ހައްދުފަހަނައެޅި މީހުން. ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް އަޑުއުފުލާ މީނުން.
    4، ބަތޮލުން.... ބައިތުލްމާލު ފެނާނުލާ ދިރުވާލާ މީހުން.
    5، ބަދަލު ދިނުން.. އަލަށް ތާޢާރަފްވަމުން އަންނަ ގައުމު ދަވާލުމުގެ ވައްތަރެއް.

    123
    2
  7. މަރީ

    އަޔާޒް ހުސް ވަގުތު ހޯދަ އިގެން ކިޔަ ވާނެކަމަށް އުއްމީދު ކުރަން. މާތް ﷲ ހެޔޮ ރަހްމަތް އަޔާޒަށް ލައް ވާށި. އާމީން

    142
    1
  8. އައްޔު

    އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއްނޫންކަން މިޒުވާނާ މިއަދު މިދަނީ ސާބިތުކޮށްދެމުން މާތްﷲ އަޔާޒްގެ މަސައްޖަތުގައި ބަރަކާތް މިންވަރުކުރައްވައި ބާއްޖަވެރިކަން މިންވަރު ކުރައްވައިފާންދޭވެ އާމީން

    134
  9. އަހަންމަދޭ

    ސާބަހޭ ދަރިފުޅާ. ހާދަ އުފާ ވެއްޖައީމޭ ނަމޫނާ ދިވެހި ދަރިއެއް. ހެޔޮ ގޮތްތައް މިންވަރު ކުރައްވާށި. އާމީން.

    74
  10. ޙުއްބުލް ވަތަން

    ޢަޔާޒައް އަށްސަރިބަހާސާބަސް މިފަދަ ޒުވާނުންނަށް ހިތްވަރު ދިނުމަކީ ވަރަށް މުހިންމު ކަމެއް..އަހަރެންގެ ރައްޓެއްސަކު ބުންޏެވެ. ޢޭނާ އޮފީހަށް ދިޔަ މަގުމަތިން ވެމްކޯގެ ޒުވާން މުވަށްޒަފަކު ވަރަށް ޖޯޝުގަޥެމްކޯ ޙެޑްއޮފީހާ ދިމާ އަށް ދާތަން ދުށީމެވެ.ޙީވާގޮތުން އެޒުވާނާ އެދަނީ ޑިއުޓީ އަށް ގަޑި ނުޖެހި ދެވޭތޯއެވެ.ރަހުމަތް ތެރިޔާ އެޒުވާނާއަށް ލިފްޓެއްދީ ވެމްކޯ ކައިރިއަށް މަޑުކޮށް. ޢެޒުވާނާއަށް މުހާތަބް ކުރިއެވް.ޢޭނަ އެޒުވާނާއަަށް ލިފްޓް ދިނީ އެޒުވާނާ ކުރާ މަސައްކަތަށް އެޕްރިޝިއޭޓް ކުރުމުގެ ގޮތުން ކަމަށް ބުނެ ޢެޒުވާނާގެ މަސައްކަތަށް ތައުރީފް ކުރިއެވެ. ނަމަވެސް ދެރަކަމަކީ ބައެްއް ފަރާތަކުގެ ފުރަށްސާރަކުރުން ތަކާއެކު،އުްއްމީދު ގެއްލި މި މަސައްކަތާ ދުރަށް ދިއުމެވެ.ނަތީޖާ އަކީ މިމަސައްކަތުގައި ބިދޭސީންގެ ހިއްސާ ބޮަޑުވެ ގައުމުގެއިގްސާދުގެ ތެރެއިން ފައިސާތަކެއް ބޭރުވުމެވެ.

    60
  11. ބޯގަން

    ދިވެހިން ކުނިއުކަން ތިބީމާ އެއީ އައުކަމަކަށްވެގެން ނޫހުގައި ޖަހަންޖެހޭ ސަބަބެއްނެތް.
    އިނގިރޭސިވިލާް، އެމެރިކާ، ޖަޕާން މިހެންގޮސް ކިޔާނެކަމެއްނެތް ހުރިހާ ގައުމެއްގައިވެސް ތިވަޒީފާ ތަކުގައި އުޅެނީ އެގައުމުގެ މީހުން.

    27
    33
    • މައި

      މި ހަބަރު ހާއްސަ ވަނީ ކުނި އުކަން ދިވެއްސަކު ހުރުމަކުން ނޫނެވެ. ނަމަވެސް 18 އަހަރުގެެ ޒުވާން ދިވެހި ފިރިހެން ދަރިޔަކު، ގައުމުގެ މިފުރާގެ އެހެން ގިނަ ޒުވާނުން ތަކެއް ފަދައިން ބިއްޖެހެމުން، މައިންބަފައިން ދިނީމަ ލައިގެން، ކައިގެން އުޅެން ބޭނުންނުވެ، އަމިއްލަ ފައިމައްޗައް ތެދުވުމަށް މަސައްކަތް ކުރުމަކީ ފާހަގަ ކޮށް، އެކަމަށް ހިތްވަރުދީ އަދި އެއީ މިސާލެއް ކަމަށް މި ދެންނެވި އެއުމުރުގެ އެހެން ކުދިންނަށް ދެއްކުމެވެ. އަދި މައިންބަފައިންނާއި ދަންނަ މީހުން މިފަދަ ކުދިންނަށް ހިތްވަރުދިނުމަށް ދެވޭ ހިތްވަރެކެވެ.

      78
  12. އަމީޒާ

    މާޝާﷲ.

    36
  13. ހައްވަ

    ޝުކުރިއްޔާ ނިއުޝާ.. މިކަހަލަ ކުދިންގެ ވާހަކަ ގިނައިން ގެންސް ގައުމުގަ ހަލާކުވަމުންދާ ކުދިންނަށް ވިސްނަދީ.. ??

    44
  14. ހމމ

    އަޔާޒް އެއީ މޭން އެކޭ.. ދުވަހަކުވެސް ހަނދައިން ނުނެތޭނެ އަޔާޒް އަޅުގަނޑަށް ކޮށްދިން ކަންތައް. އަޅުގަނޑު ފުރާނަ ސަލާމަތް ކޮށްދިނީ އަޔާޒް. ފަހަރެއްގަ އަޔާޒް ހަނދައިން ނުހުރެދާނެ އެކަމަކު އަޅުގަނޑު ދުވަހަކުވެސް ހަނދައިނެއް ނުނެތޭނެ.. އަޔާޒް އަށް ކާމިޔާބީ މިންވަރު ކުރައްވާށި. އާމީން

    29
  15. އިންސާނާ

    ސާބަސް އަޔާޒް ބޭނުންވަނީ ރުފިޔާ އެޔަކުނޮއޮންނާނެ މީކީ ކުނިއުފުލައިގެންލިބުނުފާއިސާއެކޭ މީ ރައީސުކަން ކޮށްގެންލިބުނު ފާއިސާއެކޭ އަމިއްލަ މަސައްކަތަކުން އާމްދަނީއެއްލިބުމައްވުރެން ވަކިއުފެކަމެއްނެތޭވެސް ބުނެވިދާނެ ދުއާއަކީ ދުއާއަކީ ހަލާލުގޮތުގަ ތިމާގެ މަސައްކަތުން އާމްދަނީހޯދައިގެން ދިރިއުޅުންބިނާކުރުމުގެ ހެޔޮތައުފީގު ﷲ މިންވަރުކުރެއްވުން އާމީން

    16
  16. ފަރޭ

    އެހެން ގައުމު ތަކުގައި އެގައުމުގެ މީހުން މިކަހަލަ ވަޒީފާ ތަކުގައި އުޅެނީވެސް ހަޑި ކަމަކައް ވާތީކީ ނޫން. ގިނަ ދިވެހިންނައް ވާގޮތަކީ ގޮނޑިއެއް ގައި މޭޒެއް ކައިރީގައި ނީންދެވެނީ ނަމަ އެއީ ވަޒީފާއެއް ނޫން. ކުނިއުކުން ގިނަ ދިވެހިންނައް ވަނީ ހަޑި ކަމަކައް. އެހެންވެގެން ދޯ މި ކުންފުނި އައުމުގެ ކުރިން ގެއިން ކުނި އުކަން ބިދޭސީންނައް ލާރި ދީފަ ހުންނަނީ. ކުނި ކޮތަޅު ހިފައިގެން ޑަސްޕިނާ ހިސާބައް ދާން ލަދުން. ޑަސްޕިނާ ހިސާބައް ދެވޭ މީހާވެސް ބަލަނީ އަވަހައް އަތުގެ ކޮޅައް ކުނި ކޮތަޅު ހޫރާލެވޭތޯ. އެ ހެޔޮ ކޮމްމެތާކައް ވެއްޓުނަސް. ގިނަ ދިވެހިންނައް މަސްވެރިކަންވެސް ވަނީ ހަޑި ކަމަކައް އެކަމް އެއައް ވުރެއް ގިނައިން ރުފިޔާ ލިބޭނެ ވަޒީފާއެއް ނެތް. ހަމަ އެއްކަލަ ގޮނޑިއާ މޭޒާ ނެތީމަ ހަޑިވީ

  17. މުހައްމަދު

    ކޮންމެ ގޮތެއްވިޔަސް ކަލޭމެން ކޮންމެ އެއްޗެކޭ ކީނަމަވެސް ކުނިއުކުމަކީ ހަޑި މަސައްކަތެއް. މާ ރީތިކަމެއް ނަމަ ކަލޭ ގެގެއިން ޖަމާވާ ކުނިކޮތަޅު ގަނޑު ކަލޭ އަމިއްލައައް ގޮސް އުކާލަން ވީ އެއްނު.

    22
    • ފާތުން

      އެއްވެސް ހަޑިކަމެއްނޫން އޭއީ. އެހެން ވިއްޔާ ލިބޭ ރުފީޔާވެސް ހަޑިވާންވީ އެންނު.

      12
  18. އަލި

    ވެމްކޯ އުފައްދާ ގިނަ ދިވެހިންނަށް ކުނި ކެހުމާއި ކުނި ނެގުމުގެ ވަޒީފާ ހަމަޖެހިގެން ދިޔަކަމީ ކުރީގެ ސަރުކާރުން އެޅި ވަރަށް ޚަރުދަނާ ނިންމުމެއް މުޅިމާލެ ގޮނޑުވުން ކެނޑިގެން ދިޔަ ކުރިން ބިދޭސިން މުޅިން ކުނި ކެހުމާއި ބައިސިކަލްގައި ކުނިއުކަމުން ދިޔައީ މިކަން ބަދަލްކުރެވުނީ ޚަރުދަނާ ކަމާއި އެކު ކުރެވުނު މަސައްކަތުން މިހާރު ދަންވަރު ޒުވާން އަންހެން ކުދިންވެސް މާލޭ މަގުތައް ކުނިކަހަން އުޅޭ ވަަރަށް ފައްކާ އަޔާޒަށް ޝުކުރިއްޔާ ކުރީގެ ސަރުކާރުގެ ހިންގުން ތެރެވެރިންނަށް ޝުކުރިއްޔާ

    16
    2
  19. .・。.・゜✭・.・✫・゜・。.

    ވަރަށް ސަޅި ? އަޔާޒް އަށް ފާގަތި މުސްތަގުބަލަކަށް އެދެން. ދިވެހިންގެ ތެރޭގައިވެސް ތިފަދަ މުރާލި ކުދިން ތިބޭތަން ފެނުމުން މިހާރުގެ ޒުވާން ޖީލަކީ އުންމީދީ ބައެއްކަމަށް ގަބޫލުކުރެވޭ. ތިއީ ފަހުރުވެރި ދިވެހި ދަރިއެއް.