މީގެ މަސްތަކެއް ކުރިން ކާރްލާ އޭނާގެ ކާރު ތެރޭގައި ދެ މީދާ ގެންގުޅުނެވެ. އެޖަނަވާރަށް ހުރި ލޯތްބެއްގެ ބޮޑުކަމުންނެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ ކަންތައް ބޮއްސުންލާ ހިސާބަށް ދިޔައީއެވެ.

މިއީ ގެއެއް ގެދޮރެއް ނެތް އަންހެނެއްގެ ވާހަކައެވެ. އޭނާގެ އަތުގައި އޮތީ ހަމަ އެކަނި ކާރެކެވެ. މީދާ ޖޯޑެއް ކާރު ތެރޭގައި ގެންގުޅުނީ އެހެންވެއެވެ. ނަމަވެސް އެތަކެތި އާލާ ވެ އުނދަގުލަކަށް ވެދާނެ ކަމެއް އޭނާއަކަށް ނޭނގެއެވެ.

ކާރްލާ ބުނެފައިވާ ގޮތުގައި ކޮންމެ މަހަކު އެއް ފަހަރު މީދާތައް ވިހައެވެ. އެގޮތަށް ގޮސް އޭނާގެ ކާރު ތެރޭގައި މިހާރު ތިބީ ހުސް މީދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެމައްސަލަ ހައްލުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކުގެ އެހީއަށް އެދުމުން، ގޮސް ބެލި އިރު ކާރުގެ އެތެރޭގެ ސީޓުތަކާއި އިންޖީނުގެ ބައެއް މުހިއްމު ބައި ބައިވެސް މީދާތައް ވަނީ ކައި ހަލާކުކޮށްފައެވެ. އެ މީދާތައް މިހާރު ވަނީ ކާރުން ބޭރު ކުރުމަށްފަހު އެޑޮޕްޓު ކުރާނެ މީހުން ހޯދަން ބައިތިއްބާފައެވެ.

މިހާދިސާގައި އެ އަންހެން މީހާގެ ކާރު ހަލާކުވެފައިވުމާ ގުޅިގެން ގެދޮރު ނެތް މީހުންނަށް އެހީވާ ޖަމިއްޔާއަކުން ވަނީ އޭނާއަށް ކާރެއް ގަނެދިއުމަށް 5000އަށްވުރެ ގިނަ ޑޮލަރު އެއްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު