ރައްޓެހިވެގެން އުޅޭ އިރު ގިނަ ފަހަރު ލޯބިވެރިޔާއާ އެންމެ ގިނައިން މައްސަލަ ޖެހޭނީ އެހެން އަންހެނުންގެ ނުވަތަ ފިރިހެނުންގެ މައްސަލައެވެ. ވަކި ޚާއްސަކޮށް ކުރީގެ ލޯބިވެރިންނާ ގުޅުން އޮންނަ ނަމަ ބޮޑު މައްސަލައަކަށް ވެއެވެ. މިފަހަރުވެސް ކަން ދިމާ މިވީ މިކަހަލަ ގޮތަކަށެވެ.

މި އަންހެން މީހާ ވަނީ އޭނާގެ ވާހަކަ ކިޔައިދީފައެވެ. ޖޮއި ރައުންސްފީލްޑް ނަމަކަށް ކިޔާ އެ އަންހެން މީހާ ޓްވިޓާގައި ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ލޯބިވެރިޔާއާއެކު ގުޅުން ކަނޑާލީ އޮޅުމެއްގެ ތެރެއިންނެވެ. އޭނާގެ ލޯބިވެރިޔާއާ ރުޅިވީ ބާލިސް ދަށުގައި އެކްސް ބިޓުގެ ފޮޓޯ ގެންގުޅޭ ކަމަށް ބުނެއެވެ. އެ ފޮޓޯއަކީ އެކްސް ބިޓުގެ ފޮޓޯއެއް ނޫންކަން އެނގުނީ އެކަމާ ރުޅި ގަދަވެ، ބިޓާ ގުޅުން ކަނޑާލިތާ މާ ފަހުންނެވެ.

އެކަން އޭނާއަށް އެނގުނީ އޭނާގެ ބިޓު އެ ފޮޓޯގެ ހަގީގަތް ކިޔައިދިނުމުންނެވެ. އެއީ ފިރިހެން މީހާ ނިދާ ގޮދަޑީގައި ހުރި ލޭބަލުގައި ހުރި ފޮޓޯއެކެވެ. އެކަން އެނގުމުން އޭނާ ގާތަށް ހިނި އައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ޖޮއި ޓްވިޓާގައި ކުރި އެ ޕޯސްޓަށް 29،000 މީހުން ލައިކް ކޮށްފައިވެއެވެ. އެ ޕޯސްޓު ވައިރަލް ވެފައިވާއިރު އޭނާ ވަނީ އޭނާގެ ބިޓުގެ ބާލިސް ދަށުން ފެނުނު ކަމަށް ބުނާ ފޮޓޯވެސް އެ ޓްވީޓުގައި ހިއްސާކޮށްފައެވެ. އެ ފޮޓޯއިން ފެންނަނީ ލޯ އިސްތަށިގަނޑެއް ހުރި އަންހެނަކެވެ.

ބިޓާ ރުޅިވާ އިރު މިކަހަލަ ކޫސަނި ކަންކަމާ ހުރެ ގުޅުން ކަނޑާލުމަކީ އާންމު ކަމެކެވެ. ކޮންމެ ކަމެއްގައިވެސް އެންމެ ރަނގަޅު ގޮތަކީ ކަމުގެ ދެކޮޅު ބަލައި ހަގީގަތް އޮޅުން ފިލުވުމެވެ.

ކިޔުންތެރިންގެ ހިޔާލު