މިއުޒިކް ޑައިރެކްޓަރު އަމާލް މަލިކު ދެކޭ ގޮތުގައި ބަތަލާ ސޮނާކްޝީ ސިންހާ ކިޔާފައިވާ "އާޖް މޫޑް އިޝްގްހޯލިކް ހޭ" އަކީ މިހާތަނަށް އޮޓޯ-ޓިއުން ކޮށްގެން އެކްޓަރަކު ކިޔާފައިވާ އެންމެ ހުތުރު ލަވަ އެވެ.

އަމާލް އޭނާގެ ޚިޔާލު ފާޅުކޮށްފައި ވަނީ ކޮއްކޮ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަރްމާން މަލިކު އާއެކު ބައިވެރިވި ޝޯއެއްގަ އެވެ.
އަމާލްގެ ކޮއްކޮ އަރްމާން އާއި ސޮނާކްޝީގެ މެދުގައި 2017 ގައި ޓުވިޓާގައި ވެސް ދެ ބަސްވުންތަކެއް ހިނގި އެވެ. އެފަހަރު އަރާރުން ފެށުނީ އަރްމާން ކުރި ޓުވީޓަކާ ގުޅިގެންނެވެ. ފިލްމީ ތަރިން ލަވަކިޔާތީ ފާޑުކިޔާފައި އަރްމާން ކުރި ޓުވީޓުން ސޮނާކްޝީ ހިތްހަމަ ނުޖެހިގެން އެއައް ރައްދު ދީފައިވެއެވެ.

މިކަން ހިނގި ދުވަސްވަރަކީ ޖަސްޓިން ބީބާ ގެ ޝޯއެއް އިންޑިއާގައި ދޭން ރާވާފައިވާ ދުވަސްވަރެކެވެ. އޭރު އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ޖަސްޓިން އާއެކު ސޮނާކްޝީ ލަވަ ހުށަހަޅާ ދޭނެ ކަމަށެވެ. އަރްމާންގެ ފާޑުކިޔުންތައް އެންމެ ބޮޑަށް ސޮނަކްޝީ އާ އަމާޒުވީ އެހެންވެ އެވެ. އަރްމާން މިކަމާ ގުޅޭ ގޮތުން ކުރި ޓުވީޓްގައި ބުނީ އިންޓަނޭޝަނަލް ސްޓާރުން އިންޑިއާގައި ބާއްވާ ޝޯތަކުގައި ލަވަކިޔުމުގެ ފުރުސަތު އިންޑިއާގެ ލަވަކިޔުންތެރިންނަށް ލިބުން މާ ހައްގު ކަމަށެވެ.

ސޮނާކްޝީ އަށް އެފަދަ ރަނުގެ ފުރުސަތެއް ލިބޭތީ އަރްމާން ހިތްހަމަނުޖެހިގެން ޓުވީޓް ކުރުމުން ސޮނާކްޝީ އެއަށް ޖަވާބު ދީ ޓުވީޓް ކޮއްފައިވެ އެވެ. އަދި މިގޮތުން ޓުވިޓާގައި ދެ މީހުންގެ ބޮޑު އަރާރުމެއް ހިނގާ ބޮޑު މައްސަލަ އަކައް އެކަން ވެގެން ދިޔަ އެވެ.

އަރްމާން ބުނީ ސޮނާކްޝީ އާއި އޭނާ އާ ވީ އަރާރުމުގައި އޭނާގެ ފޭނުން ސޮނާކްޝީ އަށް ވަރަށް ރަނގަޅަށް ޖަވާބު ދިން ކަމަށެވެ.
މިފަހަރު އަމާލް ވެސް ސޮނާކްޝީގެ ލަވަ ހުތުރުކަމަށް ބުނީ އެމީހުންނާއި ސޮނާކްޝީ އާ މީގެ ދެ އަހަރު ކުރިން ޖެހުނު މައްސަލަ އަދިވެސް ފިނި ނުވާތީ ކަމަށް ބެލެވެ އެވެ.

އަމާލް ދެކޭ ގޮތުގައި ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަރިޖީތު ސިންގް، ޖޫބިން ނައުޓިއާލް، ބާދްޝާހް އަދި ހަނީ ސިންގްގެ ތެރެއިން އެންމެ މޮޅު ލަވަ ކިޔުންތެރިޔަކީ އަރިޖީތެވެ. ދެ ވަނަ އަށް ޖޫބިން އެވެ. ބާދްޝާހް އާއި ހަނީ ލަވަކިއުމަށް ވުރެ ބޮޑަށް ކުރަނީ ރެޕް ކަމަށް އަމާލް ބުންޏެވެ. އަމާލް އިތުރަށް ބުނީ މިހާތަނަށް ނުކުމެފައިވާ ރިމިކްސް ތަކުގެ ތެރެއިން އެންމެ ހުތުރު ލަވައަކީ "ޗައްމާ ޗައްމާ"ގެ ރިމިކްސް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚާ

    ޞަރަ

  2. ށެހަ

    ގއަމާލް ގެ ލަވަ ތައް ރީޗެއް ނޫން