"މިއީ މި ހާދިސާ ހިނގި ފަރާތުން "ވަގުތު"އާ ހިއްސާކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގެ މަޤުސަދަކީ ވާހަކައިގައި ބަޔާން ކޮށްފައިވާ ކަންކަމަށް މީހުން އަހުލުވެރިކުރުވުމެވެ. މަސްލަހަތައްޓަކައި މިވާހަކާގައި ބޭނުންކޮށްފައިވާ އަސްލު ހާދިސާގެ ނަންނަމެއް ނޫނެވެ"

ނަބީލް އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ސްކޫލު ދައުރުން ފެށިގެންވެސް ނަބީލް ވެފައިވަނީ އަހަރެންގެ ހުރިހާ ކަމެއްގައި އަހަންނަށް އެންމެ އެއްބާރުލުން ދޭ ރަހުމަތްތެރިޔާއަށެވެ. ނަސީބުކަން ދިމާކުރި ގޮތުން ރަށުން ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔެވުމަށް ފަހު އަހަރެމެން މާލެ ބަދަލުވެ، އުޅެން ޖެހުނީވެސް އެއް ގެއެއްގައެވެ. އެހެންކަމުން ދެމީހުންގެ މެދުގައި އޮތް އެކުވެރިކަން އިތުރަށް އާލާވިއެވެ.

ނަބީލަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމުން އަހަރެންގެ ގިނަ ވާހަކަތައް އޭނާއަށް ހިއްސާ ކުރަމެވެ. އެއްވެސް މީހަކަށް ހިއްސާ ނުކުރާ ފަދަ ވާހަކަތައްވެސް މެއެވެ. އެއީ އަހަރެން ނަބީލަށް ކުރާ އިތުބާރެއްގެ ބޮޑު ކަމުންނެވެ. އަދި ކޮންމެ ކަމެއްގައިވސް ނަބީލް އަހަންނާއެކު ވާނެ ކަން ޔަޤީން ކުރެވޭތީއެވެ.

މާލެ އައިސް، ވަޒީފާއަކަށް ގޮސް، އަހަރެންވެސް އަހަރެންގެ ދިރިއުޅުމާއިގެން ކުރިއަށްދާން ފެށީމެވެ. މާތް ﷲގެ އިރާދަފުޅުން އަހަންނަށް ލިބޭ މުސާރައިން ކުލި ދައްކައިފައިވެސް ހަމަޖެހިލައިގެން އުޅެވޭ ވަރުވެއެވެ. އަހަރެން މާލެ ބަދަލުވި މައިގަނޑު މަޤުސަދަކީ ރަނގަޅު ވަޒީފާއަކަށް ގޮސް، ޖަވާޒީ ހަޔާތެއް ފެށުމެވެ. އެހެންކަމުން ވަޒީފާއަށްދާން ފެށިތާ މާ ގިނަ ދުވަހެއް ނުވެ އަހަރެން ލޯބީގެ ގޮތުން ކުއްޖަކާ ގުޅުނީމެވެ. އެއީ ނަޝާއެވެ. ނަޝާއާ އަހަރެން ބައްދަލުވީ، އޮފިސް ދަތުރެއްގެ ތެރެއިންނެވެ. ނަޝާއަކީ ހިތްހެޔޮ މިޒާޖެއްގެ މަޑުމައިތިރި ކުއްޖެކެވެ. ރީތި ބައްޓަމެއްގެ އިތުރުން ފިރިހެނެއް ގަޔާވާ ކަހަލަ ގިނަ ސިފަތަކެއް ނަޝާގެ ގައިގައި އެކުލެވިގެންވެއެވެ.

ނަޝާއާއި އަހަރެމެން ދެމީހުންގެ ގުޅުން ނަބީލަށް ކިޔާދިނީމެވެ. އަދި ނަބީލަށް އޭނާ ތަޢާރަފްކޮށްދިނީމެވެ. އެއިރު ފަހުން ވެދާނެ ގޮތަކާ މެދު އަހަރެން ކުޑަކޮށްވެސް ވިސްނާ ނުލަމެވެ.

އޮފީހުގައި ބިޒީވާ ބައެއް ދުވަސް ދުވަހު ނަޝާ ތަނަކަށް ދާން ބޭނުންވެއްޖެ ނަމަ އެކަން އަހަރެންގެ ފަރާތުން ކޮށްދެނީ ނަބީލެވެ. އެއީ ނަބީލަކީ އަހަރެން އިތުބާރު ކުރާ ރައްޓެއްސަކަށްވެފައި، ނަޝާވެސް ނަބީލާއި އެކު ތަންތަނަށް ދިޔުމަށް ރުހޭތީއެވެ. އެއިރު ނަބީލާއި ނަޝާގެ މެދުގައި ރަހުމަތްތެރިކަމުގެ ގުޅުން ނޫން އިތުރު ގުޅުމެއް ހިނގާފާނެ ކަމުގައި އަހަރެން ކުޑަކޮށްވެސް ހީނުކުރަމެވެ. ނަމަވެސް ކަންވެ ނިމި ދިޔައީ އަހަރެންގެ ހީއާ މުޅިން ހިލާފަށެވެ. އަހަންނަށް ވަގަށް ނަބީލް ނަޝާއާއި ސިއްރު ގުޅުމެއް ބަދަހި ކުރީއެވެ.

އެކަން އަހަންނަށް ފަޅާ އެރީ އެއް ދުވަހަކު އޮފިސް ނިންމާފައި ދިޔަ ވަގުތެއްގައި ކުލީ ކޮޓަރިއަށް ނަބީލް އާއި ނަޝާ ވަންނަ ތަން އަހަންނަށް ފެނުމުންނެވެ. އެތަނަށް އެމީހުން ވަނީ އަތާއަތް ޖޯޑުކޮށްގެނެވެ. ބަލާ ބެލުމަށް ހީވާނީ ދެމެފިރިންހެންނެވެ. އަހަންނަށް އެމީހުންގެ ގުޅުން އެނގުން ހިސާބުންވެސް އަހަރެން ނިންމީ އެކަން ސިއްރުކުރުމަށެވެ. މަޑު މަޑުން ނަޝާއާ ދުރުވުމުގެ ނިޔަތުގައެވެ. އެހެންކަމުން ނަޝާ އާއި ދުރުވާން އަހަންނަށް ދެއްކޭނެ އެންމެ މޮޅު ބަހަނާ ނަބީލް ކައިރިން އަހާލީމެވެ. ހިނިގަނޑެއް ޖަހާލުމަށް ފަހު ތިއީ މާ ބޮޑު ކަމެއް ނޫނޭ ބުނަމުން ނަބީލް ބުންޏެވެ.

"އެހެން ބިޓެއް ގޮވައިގެން ޑޭޓަކަށް ދޭ"... ނަބީލްގެ އެ ބުނުމަށް އަހަރެންވެސް ރަށްޓެހި ކުއްޖަކާއެކު ދުއްވާލަން ދިޔައީމެވެ. މަޤުސަދަކަށްވީ ނަޝާ އަހަރެން ދޫކޮށް ދިއުމެވެ. ކޮންމެއަކަސް އަހަރެން ބޭނުންވި ފަދައިން ނަޝާއަށް އެ އަންހެން ކުއްޖާއާއެކު އަހަރެން ދުއްވަން ދިޔަކަން އެނގިއްޖެއެވެ. އަދި އެރޭ އަހަންނަށް ގުޅައި އަހަރެމެންގެ ގުޅުން ނިންމާލަން ބޭނުންކަމަށް ބުންޏެވެ. ނަޝާގެ އެ ބުނުމާ އެކު އަހަރެންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ނަމަވެސް ކެތްކުރީމެވެ. އަދި ނަޝާގެ އެ ނިންމުމަށް އިހްތިރާމްކޮށް، ނަޝާގެ ދިރިއުޅުމާއިގެން ނަޝާ ދޫކޮށްލީމެވެ.

ނަޝާ އަހަންނާއި ވަކިވުމަށް ފަހު ފާޅުގައި ނަބީލް އާއި އެކުގައި އުޅެން ފެށިއެވެ. އަހަންނަށްވެސް އެނގިގެނެވެ. ނަބީލްވެސް އަހަންނާ ވަރަށް ދުރުވެއްޖެއެވެ. ކުރިން އޮތް އެކުވެރިކަމެއް މިހާރު އަހަރެމެންގެ މެދުގައި ނެތެވެ. އަހަރެން އިންނަން އުޅުން ކުއްޖާ މިފަހަރު މި ޖަހައިގަތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެންގެ ހިތައް އެރިއެވެ. ކިތަންމެ ރީތި ސިފައެއްގައިވެސް ހަރުފައެއް އޮވެދާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލަމް

    މިވާހަކާގަ އުޅޭ ތަރިން ކައިވެެނިި ނުކުރޭދޯ.....
    އެހެންވީމާ ނެގިގާގަނޑަށް އަދި ބޮލިވެސް އަރާފާނެންނުދޯ......
    ހެހެހެހެ............

    39
    2
  2. ސސސ

    މިއީ އާކަމެއް ނޫން

    44
    2
  3. ނަވާ

    ދެން ނުވާނެ އެއްނު ކިތަންމެ އިތުބާރު ރައްޓެހި ސޮރައް ކުރިޔަސް ބިޓާ އެކު ބުރު ޖަހަން ފޮނުވާކައް.. އަހަރުން ނަމަ ކިތަންމެ އިތުބާރު ކުރެވޭ ރައްޓިއްސެއް ހުއްޓަސް ބިޓު އެހެން ނުފޮނުވާނަން.. ތި ވާހަކައިގަ ތިއުޅެނީ މޮޔަ ސޮރެއް...

    67
    4
    • ޏނނނނ

      ނޫން ފޮނުވީ މައެއްނު ބިޓުގެ ހުރި ތެދުވެރި ކަމެއް އެނގޭނީ..އެހެންނޫނީ އިންނަފަހުން ވެސް ދޯކާދީފާނެ..ދެން ދަރިން ތިބިއްޔާ އަނެއްކާ ދަރިން ނައް ޙަރަދު ދޭން ޖެހޭނެ އެޔައްވުރެ ރަނގްޅެއްނު ނީންނަ ދެން ހަގީގަތް އެނގިއްޖެއްޔާ..

      68
      4
  4. ސަލީމު

    މިއީ ރައްޓެހިވެގެން އުޅުނުކުއްޖާ ، ރަޙުމަތްތެރިޔާ ދަމައިގަތް ވާހަކައެވެ. އިނދެގެން ދެ ދަރިން ތިބި ޢަލީގެ އަނބިމީހާ ޢަލީގެ އެންމެ ގާތް ރަޙުމަތްތެރި ނަޢީމު ދަމާގަނެ ކައިވެނިކޮށްގެން އުޅޭތާވެސް މިހާރު 25 އަހަރުވެއްޖެއެވެ. ޢަލީ ދަތުރުކުރަން ގޮސް އުޅެނިކޮށް ޢަލީގެ އަންހެނުން ނަޢީމުގެ ދަރިޔަކަށް ބަނޑުބޮޑުވިއެވެ. އެ ދަރިވެސް ދުނިޔޭގައި އެބަ ހުއްޓެވެ.

    33
    1
  5. ވީވަރު

    ދޯސްތް ދޯސްތް ނާ ރަހާ ޕްޔާރް ޕްޔާރް ނާ ރަހާ. ޒިންްދަގީ ހަމޭ ތެރާ އޭތްބާރް ނާ ރަހާ

    41
    6
  6. ޭއެހެން

    މީ އާންމު ކަމެއް.. އަހަރެންނަށްވެސް އެންމެ ފުރަތަމަ ލޯބިވެވުނު ކުއްޖާ ޖަހައިގަތީ ގާތް އެކުވެރިޔާ. އަދި މަޖާ ކަމަކީ އަަހަންނާ ދިމާލަށް ފަހުން އެއްޗެހި ކީކަން... ?

  7. ޢައިޝާ

    އަހަރެންގެ ފިރިމީހާ ދެކެ ލޯބިވެގެން ކަމެއް އެހެން ކަމެއް ވެގެން ކަމެއް ނޭގެ. ފިރިމީހާ ލައްވާ ގޭގެ އަދި ދަރިންގެ ހުރިހާ ޚަރަދެއް ކުރުވަމުން ދިޔައީ. 1އަހަރު ވީ ފަހުން އަންހެން މީހާގެ ދަރިއަކަށް މިކަން އެގުނު ހިސާބުން އަންހެން މީހާ އެއްވެސް ކުށެއް ކުރި ކަމަކަށް ނުވި. 1އަހަރު ވާހަކަ ދައްކާ ޚަރަދު ކުރުވީ ކާކުކަން ނޭގިއޭ ބުނުމުން އޭނަގެ ދަރިވެސް އެކަނ ޤަބޫލް ކޮށްފި. އަޅެ ފަހެ މީހަކު ހައިރާނެއް ނުވާނެތަ. ކާކުކަން ނޭގި ވާހަކަ ދެއްކީ ހިލޭ ފިރިހެނަކާ ޚަރަދު ކުރުވީ ހިލޭ ފިރިހެނެއް ލައްވާކަން އެބަ އެނގޭ . ކިހާ ރީތި ކުޅިވަރެއް. ފިރިހެން މީހާ މިކަމުގައި ކުށްވެރިވީ. އަންހެން މީހާއަކީ ޞާލިޙު ދަރިއެއް އޭނަގެ ދަރިފުޅުގެ ނަޒަރުގައި. ތިބޭފުޅުންގެ ޚިޔާލަކީ ކޮބާ؟

    1
    3