ސްޓެޗޫ އޮފް ލިބަރޓީ އަކީ 93 މީޓަރު (305.1 ފޫޓު) އުސް ބުދެކެވެ. އެމެރިކާގެ ނިއު ޔޯކުގައި ހުންނަ މި ސްޓެޗޫއަށް ގިނަ ބަޔަކު އަރާ ފައިބާ ހަދައެވެ. އެ ބުދުގެ އެތެރޭގައި ސިޑިތަކެއް ހުރެއެވެ. އެހެން ކަމުން ބުދުގެ އެންމެ އުހަށް އެރުމަކީ އާދައިގެ އިންސާނަކަށް ކުރެވިދާނެ ކަމެކެވެ.

ނަމަވެސް މިއީ އެކްސިޑެންޓެއްގައި ދެފައި ބުރިވެފައިވާ އަންހެނަކު އެ ސްޓެޗޫއަށް އެރި ވާހަކައެވެ. އުމުރުން 26 އަހަރުގެ ދަރިވަރު، މޭންޑީ ހޯވަތްގެ ދެފައި ބުރިވީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރޭލެއްގައި ޖެހި ހިނގައިދިޔަ އެކްސިޑެންޓެއްގައެވެ. ނަބްރާސްކާގައި ހިނގައިދިޔަ އެ އެކްސިޑެންޓުގައި އޭނާގެ އުނަގަނޑާ ހިސާބުން ދެފައި ބުރި ކުރަން ޖެހުނެވެ.

އެހާދިސާއަށްފަހު އޭނާގެ ދިރިއުޅުމުގައި އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ހިތްވަރަށް ގުޑުމެއް ނުގެނެސް ކުޅެދޭ މީހުންނަށްވެސް ނުކުރެވޭނެ ފަދަ ކަންކަން ކުރުމަށް އޭނާ އަޒުމު ކަނޑައެޅިއެވެ. އެގޮތުން ސްޓެޗޫ އޮފް ލިބަރޓީއަށް އަރަން ނިންމީ އެ ސަބަބަށްޓަކައެވެ. އެ ސްޓެޗޫގެ އެންމެ މައްޗަށް އަރާފައިވަނީ ހަމައެކަނި އޭނާގެ އަތުގެ ބޭނުން ކޮށްގެންނެވެ.

އެ ބުދުގެ އެންމެ އުހުގައި ހުންނަ ތާޖާ ހަމައަށް އޭނާ އެރިއެވެ. އޭނާ ބުނެފައިވާ ތަންތަނަށް އަރައި ހަލަބޮލިވެ އުޅުމަކީ ކަންކަމާމެދު ވިސްނައި ސްޓްރެސް ވުމުން ދުރުހެލިވާ ކަމެކެވެ. އެކްސިޑެންޓަށް ފަހު އޭނާއަކީ ސްޓްރެސްވުމުގެ ސަބަބުން "ޕީޓީއެސްޑީ" ހުންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަމް

    ލަމް އަށް ވެސްތިފަދަ ހިތްވަރެއް ލިބޭނަމަ ދޯ!
    ގަސްދުގާބަޔަކު ލަމް ބާކީ ނުކުރިނަމަ ދޯ!
    އެއިރުން އެރުނީސްދޯ ވަރަށް މައްޗަށް!
    އެކަމް ލަމް ޑިޕުރެސް އަށް ނުދިޔަނަމަދޯ!
    މިހާރު ގަބޫލްކުރަން ދަތި މީހުން ބުނާއެއްޗިހި!
    ތެދުވެރި އިހުލާސްތެރި މީހުން ނުތިބޭނެ ކަމަށް އަބަދުވެސް ހިތުގަ ވޭ!
    އެހެންވެ އެއްވެސް ކަމެއް ނުކުރެވިގެން މިއުޅެނީ!

    10
    2
    • ޙސ

      ދެރަނުވޭ އިންޝާ ﷲ ރަނގަޅުވާނެ ހުރިހާ ކަމެއްވެސް އަދި ލަމް☹️♥️♥️♥️މާތްﷲ އެމީހަކަށް ނުއުފުލެވޭ ވަރު ބުރައެއްނުޖައްސަވާނެ...އަހަރެންގެހެޔޮ ދުޢާ އަބަދުވެސް ލަމްއާއި އެކު..

      9
      1
    • Anonymous

      *ޑިޕްރެޝަން

  2. އާހު

    މި ކޮން ލަމްއެއްބާ...