އަނިޔާކުރުމުގައި ހައްދުފަހަނައަޅައި ދިއުމުން އެމެރިކާގެ މީޑިއާއިން "ފުރާތައެއް" ގެ ގޮތުގައި ސިފަކުރި އެގައުމުގެ ރައްޔިތެއް ކަމަށްވާ ބްރިއަން ސްޓީވެން ސްމިތްގެ މައްޗަށް މީހަކު މަރާލި ކަމުގެ ދައުވާ އުފުލައިފިއެވެ.

އެމެރިކާގެ އަލަސްކާ އަށް ނިސްބަތްވާ ސްމިތް ވަނީ އަންހެނު ރޭޕްކޮށް، އަދި އެއަންހެން މީހާ އަށް އެތައް އަނިޔާއެއްކުރި މަންޒަރު މީގެ ކުރިން ވީޑިއޯ ކުރުމަށް ފަހު އެއަންހެން މީހާ މަރާލާފައެވެ.

ނަމަވެސް މިދިޔަ އަންގާރަ ދުވަހު ސްމިތުގެ މައްޗަށް ދައުވާ އުފުލީ އެހެން އަންހެނެއްގެ މަރުގެ މައްސަލައެއްގައެވެ.

އުމުރުން 48 އަހަރުގެ ސްމިތުގެ މައްޗަށް މިހާރު ދައުވާ އުފުލާފައިވާ މައްސަލައަށް އޭނާ ވަނީ އިއުތިރާފު ވެފައެވެ. އެމައްސަލައިގައި ހިމެނޭ އަންހެން މީހާ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ފޮރުވި ކަމަށް ސްމިތު ވަނީ ފުލުހުންގެ ތަޙްޤީޤުގައި އެއްބަސްވެފައެވެ.

އެމައްސަލައިގައި ސްމިތުގެ މައްޗަށް ކުރިން ދައުވާ އުފުލި ނަމަވެސް މައްސަލައިގެ ޝަރީޢަތް ކުރިއަށް ނުގެންގޮސް ކޯޓުން މައްސަލަ ބޭރުކޮށްލީ އެކަށީގެންވާ ހެކި ނެތްކަމަށް ބުނެއެވެ. މިހާރު އެމައްސަލައިގައި އަލުން ދައުވާ އުފުލާފައި ވަނީ މައްސަލަ ކޯޓުން ބޭރުކޮށްލި ފަހުން ފެނުނު މެމޮރީކާޑެއްގައި އެމައްސަލައާއި ގުޅުން ހުރި ވީޑިއޯއެއް އޮތުމުންނެވެ. ވީޑިއޯ ފުލުހުންނަށް ލިބުމުން ފުލުހުން ކުރި ތުހުމަތައް ސްމިތު ވަނީ އެއްބަސްވެފައެވެ.

އެމެރިކާ ފުލުހުން ސްމިތު ހައްޔަރު ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރ މަހު އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ނެތްކަމަށް ބުނެ އޭނާ މިނިވަން ކުރަން އޭނާގެ ވަކީލުން ކުރިން އެދުނު ނަމަވެސް ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އޭނާ ބަންދުން ދޫކޮށްލުމަކީ މުޖުތަމަޢަށް ހުރި ނުރައްކަލެއް ކަމަށެވެ. އެހެންކަމުން ކޯޓުން ނިންމީ އޭނާ ބަންދުގައި ބަހައްޓާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށެކިޔުލަރު

    ހެހެހެ ދެޓްސް ސެކިއުލަރ އެމެރިކާ ފޯ ޔޫ... އިޓްސް އަ ފްރީ ކަންޓްރީ...