އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރުގެ ކޮލަށް، އިންޑިއަން އައިޑޮލް ސީޒަން 11 ގެ ބައިވެރިއެއް ދޮނެއް ދިނުމުން އޭނާ ހިތްހަމަ ނުޖެހިއްޖެއެވެ.

ނެހާ އަކީ އެ ޝޯވގެ ޖަޖެކެވެ.

އެ މުބާރާތުގެ ބައިވެރިއެއް އޮޑިޝަން ތެރޭގައި ނެހާގެ ކޮލަށް ދޮނެއް ދިނުމުން, އެ ޝޯވގެ ޖަޖުންގެ ގޮތުގައި ދެން ތިބި އަނޫ މާލިކް އާއި ވިޝާލް ހުރީ ހައިރާން ވެފަ އެވެ.

މިހާރު މީސް މީޑިއާގައި އެ ވީޑިއޯ ދަނީ ދައުރުވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި މުބާރާތުގެ ބައިވެރިއާ ސްޓޭޖަށް އައިސް ނެހާ ކައިރީގަައި އޭނާ އަކީ ކާކުކަން އިނގޭތޯ ސުވާލު ކުރެއެވެ. އޭނާ އެ މުބާރާތަށް އައީ ނެހާ އަށް ހަދިޔާތަކެއްވެސް ހިފައިގެންނެވެ. ނެހާއަށް އެއީ ކާކުން ނޭގުނު ނަމަވެސް، ބައިވެރިޔާ ދިން ހަދިޔާ ނަގައެވެ.

އަދި އެ ބައިވެރިޔާގެ ގައިގާ ބައްދާލަން އުޅުނު ގަޑިގައި، އޭނާ ނެހާގެ ކޮލަށް ދޮނެއް ދިނީކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމާ ނެހާ ވަރަށް ހިތްހަމަ ނުޖެހުން ކަން އޭނާގެ މޫނުމަތިން އިނގެއެވެ.

އަދި ފަހުން އެ ބައިވެރިޔާ ހުއްޓުވީ ޝޯވގެ ހޯސްޓެވެ.

ނެހާއަކީވެސް އެ ޝޯވ އިން އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބި، އިންޑިއަން އައިޑޮލް ކާމިޔާބުކޮށްގެން މިހާރު ކުރިއަރަމުން އަންނަ މަޝްހޫރު ލަވަކިޔުންތެރިއެކެވެެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލް

    އުފާވިވަރުން އެރޮވުނީ އެހާކަމެއްތަ އަދާއިގެ ދޮނެއް ހެހެހެހެ........

    16
    11
    • ހޫ

      ކަލޭ އެ ވީޑިއޯ ބެލިންތަ އާދައިގެ ދޮނެއް ނޫންދިނީ ރޭޕިސްތާނު ގޮތްކުޑަ ފިރިހެނެއްކަން ބަލާލާފަވެސް އިނގޭ.

      13
      3
  2. ނާމާ

    ބަލަ މިއީބޮޑުޒަލްސާއެއް ކަހަލަތަނެއް ހާދަލަދުކުޑަފިރިހެނެކޭ ދޯ ހަ ހަ ހަ ހަ ދެންލަލަ

    9
    5