ދުނިޔޭގައި ކޮންމެ މީހަކާ ވައްތަރު 4 މީހުން ތިބޭނެކަމަށް ސައިންސްވެރިންގެ ހޯދުންތަކުން ދައްކައެވެ. އެހެންނަމަވެސް، އެއިން އެކަކާވެސް، ހަޔާތުން ދުވަހަކުވެސް ދިމާވުމަކީ ނާދިރު ކަމެކެވެ. މިފަހަރު މިއޮތީ ބޮލީވުޑް ތަރިންނާއި ވައްތަރު 5 މީހެއްގެ ވާހަކައެވެ.

އަމަންޑާ ކާނީ

އަމަންޑަ ވައްތަރުވަނީ ބޮލީވުޑް ތަރިންގެ ތެރެއިން ޖެކްލީން އާއެވެ. އަނަންޑާ އާއި ޖެކްލީން ފުރަތަމަ ފަހަރަށް ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައ ލޮސް އޭންޖަލްސް އިންނެވެ. އަމަންޑާއަށް ޖެކްލީން ފެނުމާއެކު ލިބުނީ ހައިރާންކަމެކެވެ. އޭނާއާއި ވައްތަރު މީހަކު، ބޮލީވުޑްގައި އެހާ މަޝްހޫރު ތަރިއަކަށް ވީމައެވެ. ޖެކްލީން ވަނީ މި ދެމީހުންގެ ފޮޓޯއެއް އިންސްޓަގްރާމް ގައި ޝެއަރކޮށް، "ދުނިޔެއަށް އުފަންވީ ތަނުން އަހަރެމެން ދެމީހުން ވަކިވީ" ކަމަށް ޖަހާފައެވެ. އަމަންޑާ އަކީވެސް އެމެރިކާގެ މަޝްއޫރު ފިލްމީ ތަރިއެކެވެ.

ޖޫލިއާ

އެމެރިކާގެ މަޝްހޫރު އާޓިސްޓް، ޖޫލިއާ ވައްތަރީ، ބޮލީވުޑް ތަރި އަނުޝްކާ ޝަރްމާ އާއެވެ. ޖޫލިއާއާއި އަނުޝްކާ ވައްތަރުކަން އެނގުނާއެކު، ދެމީހުންގެ ފޮޓޯއާއެކު ޖޫލިޔާ ޓްވީޓެއް ކުރިއެވެ. އަނުޝްކާއަށް ޖޫލިޔާ ފެނުނީ އެހާ ހިސާބުންނެވެ.

ނަވްޕްރީތް ބަންގާ

ނަވްޕްރީތް ބަންގާ ވައްތަރީ މަޝްހޫރު ފިލްމީ ތަރި، ޕްރިޔަންކާ ޗޯޕްރާ އާއިއެވެ. ޕްރިޔަންކާއަށް ނަވްޕްރީތެ ގެ ފޮޓޯއެއް ފެނުމާއެކު އެ ފޮޓޯ، ޕްރިޔަންކާގެ މަންމައަށް ދެއްކިއެވެ. އެހެންނަމަވެސް އޭނާގެ މަންމައަށް އެއީ އެހެން މީހެއްކަން އެނގުނެއެވެ.

ޑޭވިޑް ސަހާރީ

ޑޭވިޑް ސަހާރީ ވައްތަރީ ބްލީވުޑްގެ މަޝްހޫރު ތަރި، ޓައިގާ ޝްރޮފާ އާއެވެ. ޑޭވިޑް އަކީ އިންޑިޔާގެ މޮޑެލްއެކެވެ. ޑޭވިޑް އާއި، ޓައިގާ ވައްތަރު ކަމުން ގިނަ ބަޔަކު ވަނީ މީސްމީޑިޔާގެ ތެރެއިން އޭނާއަށް ނަޒަރު ހުއްޓިފައެވެ. އަދި އެތައް އަންހެނުންނެއް ވަނީ ޑެވީޑް ގެ ގާތުގައި "އިންނަންވެސް" އަހާފައެވެ.

މަޒްދާކް ޚާން

މަޒްދާކް ޚާން އަކީ އިންޑިޔާގެ ޕިޝަވާރް އަށް ނިސްބަތްވާ މީހެކެވެ. އޭނާ ވައްތަރީ ބޮލީވުޑް ތަރި، އިމްރާމް ހާޝްމީ އާއެވެ. މަޒްދާކް އަށް އެކަން އެނގުނީ މީގެ 2 އަހަރު ކުރިންނެވެ. އެއަށްފަހު، އެތައް ފަހަރެއްގެ މަތިން، އޭނާގެ ވާހަކަ ހަބަރުތަކުގައި ގެނެސްދީިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވައްތަރު

    އަނުޝްކާ އާ ވައްތަރު އޭންދަ މަންޖެ ވަރައް.. އެންމެ ވައްތަރު ނޫނީ ޖެކްލީން އާ ވައްތަރު ކަމައް ތިބުނާ މަންޖެ.. އެއްވެސް ވައްތަރެއް ނޫން.. ދެން ތިބި މީހުންވެސް އަނެއްހެން ވައްތަރު އެއްނޫން...